ބުރާސްފަތި20201015

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ވަކިޖިންސެއްގެ ކުއްޖަކު ހޯދުން... ތަޖުރިބާކާރު މައިން ބުނަނީ ކީކޭ؟

ވަކިޖިންސެއްގެ ކުއްޖަކު ހޯދުން... ތަޖުރިބާކާރު މައިން ބުނަނީ ކީކޭ؟

vaki-jinsege-40ތަޖުރިބާކާރު ބައެއް މައިން ބުނާގޮތުގައި ބަލިވެއިނުމުގެ ކުރިން މައިމީހާ ކާ ކާނާއާއި 9 މަސް ފަހުން ވިހާ ދަރިފުޅުގެ ޖިންސާއި ވަރަށް ބޮޑު ގުޅުމެއްވެއެވެ.

vaki-jinsege-40ދަރިފުޅުގެ ޖިންސާއި ކާ ކާނާއާއި ހުރި ގުޅުން.

ތަޖުރިބާކާރު ބައެއް މައިން ބުނާގޮތުގައި ބަލިވެއިނުމުގެ ކުރިން މައިމީހާ ކާ ކާނާއާއި 9 މަސް ފަހުން ވިހާ ދަރިފުޅުގެ ޖިންސާއި ވަރަށް ބޮޑު ގުޅުމެއްވެއެވެ.

- ފިރިހެން ކުއްޖަކު ބޭނުންނަމަ :-

- ގިނައިން އެއްގަމު މަސް ކާށެވެ. ރަތްކުލަ ގަދަވިވަރަކަށް ބޮޑަށް ރަނގަޅުވާނެއެވެ.

- ލޮނުރަހަލާ ލުއިކާނާ ގިނައިން ކާށެވެ.

- ފިރިމީހާ ގިނައިން ކޯލާއާއި ސޮޑާ ފަދަ ތަކެތި ބޯށެވެ.

- އަންހެން ކުއްޖަކު ބޭނުންނަމަ:-

- ދެމަފިރިންވެސް މަހާއި (ކަނޑުމަހާއި ފަރުމަސް) ތަރުކާރީ ގިނައިން ކާށެވެ.

- ފޮނިކާއެއްޗިއްސާއި ޗޮކުލެޓު ފަދަ ތަކެތި ގިނައިން ކާށެވެ.

ދަރިފުޅުގެ ޖިންސާއި ރޭކުރުމާއި ހުރި ގުޅުން.

- ފިރިހެން ކުއްޖަކު ބޭނުންނަމަ:-

- ރޭކުރުމަށްފަހު އަނދުގައި އިރުކޮޅެއްވަންދެން އޮށޯވެ އޮންނާށެވެ. މިއީ ފިރިހެންދަރިފަނި އަންހެން ދަރިފަންޏާއި ވާދަކޮށް ބިހަށް ވަނުމަށް ފުރުޞަތު ބޮޑުވާ ކަމެކެވެ.

- ކޮޅަށްތިބެ ލޯބިކުރާށެވެ.

- އަނބިމީހާގެ ފަހަތުގައި ހުރެގަން ޒަކަރު ފަރުޖަށް ކޮށްޕާށެވެ.

- ރޭކުރާއިރު ޖިންސީ ލައްޒަތުގެ ކުންނަށް ފުރަތަމަ ދަނީ ފިރިމީހާ ނަމަ ލިބޭނީ ފިރިހެން ކުއްޖެއްކަން ޔަގީނެވެ.

- ފިރިމީހާގެ ވާތްފަރާތުގައި ނިދާށެވެ.

- އަންހެން ކުއްޖަކު ބޭނުންނަމަ:-

- ފިރިމީހާ މަތީގައި އޮވެގެން ރޭކުރާށެވެ.

- އަނބިމީހާ މަތީގައި އޮވެގެން ލޯބިކުރާށެވެ.

- ރޭކުރާއިރު ޖިންސީ ލައްޒަތުގެ ކުންނަށް ފުރަތަމަ ދަނީ އަނބިމީހާނަމަ ލިބޭނީ އަންހެން ކުއްޖެކެވެ.

- ރޭކުރަން އިސްވެ ފަށަނީ އަނބިމީހާ ނަމަ ލިބޭނީ އަންހެން ކުއްޖެކެވެ

ދަރިފުޅުގެ ޖިންސާއި ވަގުތާއި މިސްރާބާއި ހުރި ގުޅުން.

- ފިރިހެން ކުއްޖަކު ބޭނުންނަމަ:-

- ހަނދުމަހުގެ ފުރަތަމަ ތިން ދުވަހު ނުވަތަ ފަހު ތިން ދުވަހު ރޭކުރާށެވެ.

- ރޭގަނޑުގައި ޖިންސީ ގުޅުން ހިންގާށެވެ.

- މީލާދީ މަސްތަކުގެ އިނަހިރި ރޭތަކުގައި ޖިންސީ ގުޅުން ހިންގާށެވެ.

- ރޭކުރާއިރު އަނބިމީހާގެ ބޯ އުތުރު ފަރާތަށް ވާގޮތަށް ބާއްވައިގެން ޖިންސީ ގުޅުން ހިންގާށެވެ.

- އަންހެން ކުއްޖަކު ބޭނުންނަމަ:-

- ހަނދުމަހުގެ 13، 14، 15 ގައި ރޭކުރާށެވެ.

- ހަވީރުގެ ގެ ވަގުތުގައި ޖިންސީ ގުޅުން ހިންގާށެވެ.

- މީލާދީ މަހުގެ ހިރި އަދަދުތަކުގެ(2-4-6...) ދުވަސްތަކުގައި ރޭކުރާށެވެ.

ދަރިފުޅުގެ ޖިންސާއި ފިނިހޫނުމިން އަދި ހިތްހަމަޖެހުމާއި ހުރި ގުޅުން.

- ފިރިހެން ކުއްޖަކު ބޭނުންނަމަ:-

- ރޭކުރާއިރު ނުތަނަވަސްކަން އިހުސާސް ކުރެވޭނަމަ ލިބޭނީ ފިރިހެން ކުއްޖެކެވެ.

- ފިރިހެން ކުއްޖަކު ބޭނުންނަމަ ޖިމާއުވާއިރު އުރަވަޅިއަށް ހޫނު ކުރާށެވެ.

- ފިރިހެން ކުއްޖަކު ބޭނުންނަމަ ގަޔަށް ބާރު ހެދުން ލާށެވެ.

- އަންހެން ކުއްޖަކު ބޭނުންނަމަ:-

- ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ރޭ ކުރާނަމަ ލިބޭނީ އަންހެން ކުއްޖެކެވެ.

- އަންހެން ކުއްޖަކު ބޭނުންނަމަ ޖިމާއުވާއިރު އުރަވަޅިއަށް ފިނި ކުރާށެވެ.

- އަންހެން ކުއްޖަކު ބޭނުންނަމަ ގަޔަށް ދޫ އެއްޗެތި ލާށެވެ.

 

 * މަތީގައިވާ މަޢްލޫމާތުތަކަކީ ޢިލްމީގޮތުން ސާބިތު މަޢްލޫމާތެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.