އަންގާރަ20180925

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ކުޑަދަރިފުޅު ހިކި ނުވަތަ ލުއި މީހުން މާބަނޑު ދުވަސްވަރު ބަރުދަން ހެއުވަރެއްގައި ބަހައްޓާނީ ކިހިނެއް؟

ހިކި ނުވަތަ ލުއި މީހުން މާބަނޑު ދުވަސްވަރު ބަރުދަން ހެއުވަރެއްގައި ބަހައްޓާނީ ކިހިނެއް؟

barudhan-kihiney-87

* ހިކި ނުވަތަ ލުއިމީހުން މާބަނޑު ދުވަސްވަރު ބަރުވާން ޖެހޭނީ ކިހާވަރަކަށް؟

* ބަލިވެއިންނައިރު ހަށިގަނޑު ލުއިކޮށް ހުރުމަކީ އެއްވެސް ނުރައްކަލެއް ދިމާވެދާނެ ކަމެއްތަ؟

* މިފަދަ މީހަކު ބަލިވެއިނުމުން ކެއުން ބަހައްޓަން ރަނގަޅި ކޮންގޮތަކަށް؟

އާދައިގެ މީހެއްގެ ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭނި ބަރުދަން ދިގުމިން މީޓާރުން ދިގުމިނާއި ގުނަކޮށް ގެއްލުމުން (ބަރުދަން/ދިގުމިން X ދިގުމިން މީޓަރުން) 18.5-   24.9 އާއި ދޭތެރޭގައެވެ. 25 އާއި 29.9 އާއި ދޭތެރެއަށް އަރައިފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށްވުރެ ބަރުވީއެވެ. އަދި 30 އަށްވުރެ މައްޗަށް ގޮސްފިނަމަ ހުންނަންޖެހޭ ބަރުދަނަށްވުރެ މާބޮޑަށް ބަރުވީއެވެ. 18.5އަށްވުރެ ދަށަށް ގޮސްފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށް ވުރެ ދަށަށް ދިޔައީއެވެ.

ހިކި ނުވަތަ ލުއިމީހުން މާބަނޑު ދުވަސްވަރު ބަރުވާން ޖެހޭނީ ކިހާވަރަކަށް؟

ބަލިވެއިންނައިރު ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭވަރަށް ވުރެ ލުއިކޮށް ހުރިނަމަ މާބަނޑު ދުވަސްވަރު 12.5 ކިލޯއާއި 18 ކިލޯއާއި ދެމެދުގެ މިންވަރަކަށް ބަރުވަން ޖެހޭނެއެވެ. (ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް ހުންނަ މީހުން ބަލިވެއިނުމުން މާބަނޑު ދުވަސްވަރު ބަރުވާން ޖެހެނީ 11 ކިލޯއާއި 16 ކިލޯއާއި ދެމެދުގެ މިންވަރަކަށެވެ.) ނަމަވެސް ހާލަތުގެ މައްޗަށް ބަލައި މިނޫން ގޮތަކަށް ޑޮކުޓަރ މަޝްވަރާ ދިނުމަކީ އެކަށިގެންވާ ކަމެކެވެ. އެއީ ކޮންމެ މީހަކީވެސް ތަފާތުމީހަކަށް ވާއިރު އެންމެން އެއްގަވައިދަކަށް ފެތޭކަށް ނުޖެހެއެވެ. ހާއްސަކޮށް ކާހިތްނުވުމާއި ހޮޑުލެވުންފަދަ ކަންތައް ދިމާވާ މީހުންނަށް ޑޮކުޓަރު ތަފާތު ގޮތަކަށް މަޝްވަރާ ދިނަސް ހައިރާން ނުވާށެވެ.

ބަލިވެއިންނައިރު ހަށިގަނޑު ލުއިކޮށް ހުރުމަކީ އެއްވެސް ނުރައްކަލެއް ދިމާވެދާނެ ކަމެއްތަ؟

ބަލިވެއިންނައިރު ހަށިގަނޑު ލުއި ނުވަތަ ކާނާގެ ބާވަތެއް ނުވަތަ ބާވަތްތަކެއް ހަށިގަނޑުގައި މަދުވުމަކީ ދަރިފުޅު އުފެދުމުގައި ފުރިހަމަ ނުވުމުގެ ނުވަތަ އުނިވުމުގެ ތަފާތު ބަލިތައް ޖެހިދާނެ ސަބަބެކެވެ. މިސާލަކަށް ދަރިފުޅަށް ދުވާލަކަށް 400 މައިކްރޯ ގުރާމު ފޯލިކު އެސިޑު ނުވަތަ ފޮލޭޓު ހޯދައި ނުދެވޭނަމަ ވިހާއިރު ދަރިފުޅުގެ ސިކުޑީގެ އުނިކަމެއް ނުވަތަ މައިބަދައިން ބައެއް އެއްކޮށް ފުރިހަމަ ވެފައި ނުހުރުމަކީ ވެދާނެކަމެކެވެ. މާބަނޑު ދުވަސްވަރު ދުވާލަކަށް 600 - 800 މައިކުރޯގުރާމުގެ ފޯލިކު އެސިޑު ބޭނުންވެއެވެ. އޮށާއި ފެހިކުލަގަދަ ފަތާއި ސްޕެނިޗާއި އޮރެންޖު ޖޫހަކީ ފޯލިކު އެސިޑު ގިނަ ކާނާއެވެ. ފޯލިކު އެސިޑުގެ އިތުރުން ވިޓަމިނާއި މިނެރަންލަސް އަކީވެސް މާބަނޑު ދުވަސްވަރު ހަށިގަނޑަށް ވަރަށް މުހިއްމު ބޭނުންތެރި މާއްދާތަކެކެވެ. މިގޮތުން ވިޓަމިން އޭ، ކޭ، އީ އަދި ބީ2 އާއި މިނެރަލްސްގެތެރެއިން ދަގަޑު، ކޮޕަރ، ކެލްސިއަމް އަދި ޒިންކު ހަށިގަނޑަށް ބޭނުންވާވަރަށް ނުލިބުމަކީ ވަރަށް ގިނަ ސިއްހީ މައްސަލަތައް ދިމާވާ ދިމާވެދާނެ ކަމެކެވެ. މިގޮތުން ދިމާވާ މައްސަލަތަކުގެ ތެރޭގައި މައިމީހާގެ ހަށިގަނޑުގައި ލޭދަށްވުމާއި ދަރިފުޅުގެ ސިކުޑި ފުރިހަމައަށް މަސައްކަތް ނުކުރުން ހިމެނެއެވެ.

ބަލިވެއިނުމަށްފަހުވެސް އެކަށީގެންވާވަރަށް ބަރުވަމުން ނުދިއުމަކީ ދުވަސްނުފުރާ ވިހެއުން ފަދަ ކަންތައް ދިމާވެދާނެކަމެކެވެ. އަދި ދުވަސްފުރައި ވިހެއިކަމިގައިވިޔަސް މިފަދަ ކުދިން ވިހާއިރު ބަނޑުގައި ބޮޑުވަންޖެހޭވަރަށް ބޮޑުވެފައި ނެތުމަކީ ވުން ވަރަށް ގާތް ކަމެކެވެ. އަދި މިއީ ދަރިފުޅަށް ފަހުން އެކަމުގެ ސަބަބުން ވަރަށް ގެއްލުން ވެދާނެ ކަމެކެވެ. ހާއްސކޮށް ކެއުމުގެ ތަފާތު މައްސަލަތައް ބޮޑުވުމަށްފަހުވެސް މިފަދަ ކުދިންނަށް ކުރިމަތި ވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މިފަދަ މީހަކު ބަލިވެއިނުމުން ކެއުން ބަހައްޓަން ރަނގަޅި ކޮންގޮތަކަށް؟

ތިރީގައިއެވަނީ މިފަދަ މީހަކު ކެއުން ރަނގަޅު ބައެއް ކާނާއެވެ.

- ކޮންމެދުވަހަކުވެސް ރަނގަޅަށް ހެދުނު ނާސްތާ ކުރާށެވެ. މިގަޑީގައި ޕީނަޓު ބަޓަރ، ޗީޒް، ޓޯސްޓް އަދި މިނޫނަސް ޕްރޮޓީން ގިނަ ކާނާއިން ބޭނުން ކުރުން ރަނގަޅެވެ.

- ކޮންމެ މައިގަޑިދެކެއުމެއްގެ ދޭތެރޭގައި ދެތިންފަހަރަކު ޔޯގަޓު ނުވަތަ މޭވާ ނުވަތަ މިދެބައި އެއްކޮށް ކާށެވެ. ޔޯގަޓުން ޕްރޮޓިން އާއި ކެލްސިއަމް ލިބޭނެއެވެ. އަދި މޭވާއިން ވިޓަމިނާއި މިނެރަލްސް އަދި ފައިބަރ ގިނައަދަދަކަށް ލިބޭނެއެވެ.

- ވިޓަމިން ސީ އާއި ބީޓާ ކެރޮޓިން އަދި އެންޓިއޮކުސިޑެންޓު ގިނައިން ހުންނަ ޖޫސް އެއްޗެތި ގިނަގިނައިން ބޯށެވެ. ގުރޭޕު ފުރުޓު، އޮރެންޖު އަދި ފަޅޮލަކީ ގިނައަދަދަކަށް ވިޓަމިންސީ ހުންނަ މޭވާތަކެކެވެ. އަދި އެޕްރިކޮޓް އާއި ކެރެޓަކީ ގިނައަދަދަކަށް ބީޓާ ކެރޮޓިން ހުންނަ ދެބާވަތެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.