ބުދަ20170816

އާކުރެވުނީ: 09:46:14

މާބަނޑުދުވަސްވަރު

މާބަނޑު ދުވަސްވަރު - ބުރަކަށީގައި ރިހުން

maabadu burakasheega rissunބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50 އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ބަނޑުގައި ވައިހެދި ބަނޑު ފުއްޕުން

maabadu badu fuppun 2015ބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި، ބަނޑުފުއްޕައި، ވައިބޭރުކުރެވޭ މިންވަރު އިތުރުވުމަކީ ވެދާނެކަމެކެވެ. އާންމުކޮށް މީހަކު ދުވާލެއްގެ މައްޗަށް 4-1 ޕިންޓާއި ދެމެދުގެ މިންވަރަކަށް ގޭސް ބަނޑުގައި އުފައްދާނެ އެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 23- 14 ފަހަރާއި ދެމެދުގެ މިންވަރަކަށް (އެވްރެޖްކޮށް18 ފަހަރު) ވައި ބޭރުކުރާނެ އެވެ. ބައެއް މީހުންނަށް ވައިބޭރުކުރެވޭ ވަގުތު ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދެނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ބަނޑުގައި ރިހުން

maabadu bandugai rihunމާބަނޑު ދުވަސްވަރު ދޭތެރެ ދޭތެރެއިން ދަށްބަނޑުގައި ނުވަތަ ބަނޑުގައި ރިހުމަކީ ވަރަށް ތަބީޢީ، އަދި އާންމު ކަމެކެވެ. މާބަނޑު ދުވަސްވަރު ބައެއް ފަހަރު ބަނޑުގައި ރިހުމަކީ މާބޮޑު ކަމަކަށް ނުވިނަމަވެސް، އަނެއްބައިފަހަރު ބަނޑުގައި ރިހުމަކީ ނުރައްކަލެއް އުޅޭކަމުގެ ނިޝާނަކަށް ވެދާނެ އެވެ. ބަނޑުގައި ރިއްސުމަކީ ނުރައްކާތެރި، އަދި ނުރައްކާތެރި ނޫން ކަމެއްގެ ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ. ބަނޑުގައި ރިއްސާ ސަބަބު، އަމިއްލައަށް ދެނެގަތުމަށް އުޅުމަކީ ރަގަޅު ކަމެއް ނޫނެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު – ބަނޑުހިކުން

maabadu baduhikunމިއީ ބަލިވެއިންނަ %50އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެ އިނުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި މާބަނޑު މީހުންނަށް ބަނޑުހަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަނޑުހިކުމަކީ އޭގެ ސަބަބުން މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް ފުރަގަސް ފަރާތް ފައިބައިފައިވާ މީހުންނަށް ބަނޑުހަރުވުމަކީ އިތުރު އުދަނގޫތައް ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ނޭފަތުން ލޭއައުން

maabadu neyfathun leyaunމާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ނޭފަތުން ފެންއައުން

Stuffy Nose During Pregnancyމާބަނޑު ދުވަސްވަރު ނޭފަތުން ފެންއައުން، ނޭފަތް ބެދި، ނޭފަތުތެރެ ހިރުވައި، ކިނބިހިއެޅި، ރޯގާ ޖެހުން ފަދަ ކަންކަން ކުރިމަތިވުމަކީ ބައެއް ފަހަރު ވެދާނެ ކަމެކެވެ. ބައެއް ފަހަރު ނޭވާލާ ނިޒާމަށް އެލާޖީގެ އުނދަގޫތައް ވެސް ކުރިމަތިވެދާނެ އެވެ. ކުރިން ނޭވާލާ ނިޒާމަށް ދިމާވާ އެލާޖީ (މިސާލަކަށް ހިރަފުހަށް އެލާޖީވުން) ގެ މައްސަލަ ދިމާނުވާ މީހަކަށް ވެސް މާބަނޑުވުމުން މިފަދަ އެލާޖީ ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. މާބަނޑު އަންހެނުންގެ ތެރެއިން %30 މީހުންނަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ނޭވާ ކުރުވުން

maabadu neyvaalan udhagoovunމާބަނޑު ދުވަސްވަރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވާނެއެވެ. މިކަން (އޮކްސިޖަން އިތުރަށް ބޭނުންވާ ބޭނުންވުން) ހަށިގަނޑުން ހަމައަކަށް އަޅުވަނީ ތަފާތު ގޮތްތަކުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި ކުރުވައެވެ. މިއަންނަ ބަދަލާއި ގުޅިގެން، ނޭވާލާއިރު އެތެރެވެ، ބޭރުވާ ވައިގެ ނިސްބަތް އިތުރުވަމުން ދެއެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ނިދިނައުން

maabadu nidhinaunމިއީވެސް ވަރަށް ގިނަ އަންހެނުން މާބަނޑު ދުވަސްވަރު ކުރާ ޝަކުވާއެކެވެ. މިއީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި މާބަނޑު އަންހެނުންނަށް ރޭގަނޑު ނިދޭ މިންވަރު މަދުކަން ފާހަގަކުރެވެއެވެ. އާންމުކޮށް ނިދިނައުމުގެ މައްސަލަ ކުރިމަތިވަނީ ފުރަތަމަ 3މަހާއި، ފަހު 3މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް ފަހު 3 މަހުގެ ތެރޭގައި މާބަނޑު އަންހެނުންގެ ތެރެއިން %50 މީހުންނަށް ނިދިނައުމުގެ މައްސަލަ (ނިދިމަދުވުން) ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބައެއް ހޯދުންތައް ހެކިދޭގޮތުގައި ބަލިވެއިންނަ ކޮންމެ 10 މީހުންގެ ތެރެއިން 8 މީހަކަށް (%78) މާބަނޑު ދުވަސްވަރު ނިދިނައުމުގެ މައްސަލަ ކުރިމަތިވެއެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ފައިގެ ލޭނާރުތައް ފުއްޕުން

maabadu naaru fuppunމާބަނޑު ދުވަސްވަރު ފައިގެ ލޭނާރުތައް ފުއްޕުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ލޭނާރު ފުއްޕުމަކީ ކޮންމެ 3 އަންހެނުންގެ ތެރެއިން އެކަކަށް ދިމާވާ ކަމެކެވެ. ލޭނާރު ފުއްޕުމަކީ ހަމުގެ ދަށުގައި ދަނބު ނޫނީ ނޫކުލައަކަށް ފުއްޕާފައި ހުންނަ ލޭހޮޅިތައް ފެންނަން ހުރުމެވެ. ލޭނާރުތައް އެންމެ އާންމުކޮށް ފުއްޕާފައި ހުންނަނީ ފައިގައެވެ. އެގޮތުން ލޭނާރުތައް އެންމެ އާންމުކޮށް ފުއްޕަނީ ފައިގެ ކުޑަކަޅުވާ ހިމެނޭ ހިސާބުގައެވެ. ނަމަވެސް އުކުޅުވަޅުން ފެށިގެން ތަބިކައްޓާއި، ދޭތެރޭގެ ކޮންމެ ހިސާބެއްގައި ވެސް މިގޮތަށް ލޭނާރުތައް ފުއްޕާފައި ހުރެދާނެއެވެ. ނޫނީ ހަށިގަނޑުގެ އެހެން ހިސާބެއްގައި ވެސް ލޭނާރު ފުއްޕާފައި ހުރެދާނެ އެވެ. މިސާލަކަށް ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ، ފުއްޕާގޮތްވެއެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ހިރުގަނޑުން ލޭއައުން

maabadu dhathuga rissunމާބަނޑުދުވަސްވަރު ހަށިގަނޑުގައި ޕްރޯޖެސްޓަރޯންއާއި، އެސްޓްރަޖަން ހޯރމޯންގެ މިންވަރު އިތުރުވުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ރަތްވެ، ދަތްއުގުޅާއިރު ފަސޭހައިން ލޭއަންނަގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި އެކުލެވޭ ވިޓަމިންސީގެ މިންވަރު ދަށްވުމަކީ ވެސް ހިރުގަނޑުގައި ރިހި، ފަސޭހައިން ލޭއައުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު – ހޫނުވުން

maabadu hoonu

މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ހޫނުވުމަކީ އާންމު ކަމެކެވެ. ބަލިވެއިންނަ ކޮންމެ 3 އަންހެނުންގެ ތެރެއިން އެއް އަންހެނަކަށް ހޫނުވުމުގެ މައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ހޫނުވުން ބޮޑަށް ކުރިމަތިވަނީ ރޭގަނޑުގައި ކަން ފާހަގަ ކުރެވެއެވެ. ހަށިގަނޑަށް ހޫނުކަން އިހުސާސްވުން އާންމުގޮތެއްގައި އިތުރުވަނީ މާބަނޑުވުމަށްފަހު ފަހު 6 މަހުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ. ވިހެއުމަށްފަހު ގާތުންދޭ ދުވަސްވަރު ވެސް ބައެއް މީހުންނަށް މިހޫނުކަން އިހުސާސްކުރެވޭ ގޮތްވެއެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު - ހަމަށް އަންނަ ބަދަލުތައް

maabadu hamah anna badhalu

މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، އަދި ހަށިގަނޑުގެ ލޭދައުރުވުމަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. މިގޮތަށް އަންނަ ގިނަ ބަދަލުތައް ވިހެއުމަށްފަހު މަޑުމަޑުން ފިލައިދާކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބައެއް ބަދަލުތަކަކީ މިސާލަކަށް ސްޓްރެޗް މާކު އުފެދުން، ހަމުގެ ކުލައަށް ބަދަލުއައުން (ހަމުގެ ކުލަ ކަޅުވެ، އަނދިރިވުން) ފަދަ ކަންކަމަކީ އާއިލާގެ ތެރޭގައި ދައުރުވަމުން އަންނާތީ ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.

ތަފްޞީލު...



ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

farjga-ekasheegenvaa-thekkan-64ފަހަރުގައި ބަލިވެއިންނަން ބޭނުންވާމީހަކު ބަލިވެއިނުއިންނަ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. ނަމަވެސް ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުނަސް އެއީ ބަލިވެނުއިންނަ ސަބަބުކަމުގައި ނުވުމަކީ ދުރުކަމެއް ނޫނެވެ. އެންމެފުރަތަމަ އޯވަރީން ބިސްބޭރުކުރޭތޯ ބަލާށެވެ. މިކަން ބަލަން އެންމެ ފަސޭހަގޮތަކީ ހަށިގަނޑުގެ ހޫނުމިން ބެލުމެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.