އާދީއްތަ20200531

އާކުރެވުނީ: 08:43:52

މާބަނޑުދުވަސްވަރު

ވިހެއުމުގައި ފިރިމީހާގެ ދައުރު

viheumuga-firimeehage-dhauru-19ޒަމާނުއްސުރެ ފިރިމީހާއަކީ އަނބިމީހަ ބަލިވެއިނީއްސުރެ ވިހަންދެން އަދި ވިހެއުމަށްފަހު ފޫޅުމައި މީހާ އާމިފަހަރު ފިރިހެން ކުއްޖެއް ނުވަތަ އަންހެން ކުއްޖެކޭ ބުނަންދެން އެއްވެސް ދައުރެއް އޮންނަ މީހެއް ނޫނެވެ. ފިރިމީހާ ވިހަ ކޮޓަރީގެ ވަށައިގެން ނުތަނަވަސްކަމާއި ހާސްކަމުގައި އެބުރި އެބުރި ހުންނަނީ އެންމެ ކުޑަމިނުން އަނބިމީހާ އަޅާވޭނުގައި ބައިވެރި ނުވެވޭތާ ވަމުންދާގޮތްވެސް ނޭނގިއެވެ.

ތަފްޞީލު...އޮށާޅައާއި ބިހިނެގުން

oshaalha-aa-bihi-negun-18އާއްމުގޮތެއްގައި އޮށާޅައާއި ބިހި ނެގުމަކީ ފުރާވަރަށް އަރައިގެން އަންނައިރު ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ހަމައެފަދައިން ބަލިވެއިނުމަކީވެސް މިކަން އިތުރުވެގެންދާ ކަމެކެވެ. މިހެންވަނީ ބަލިވެއިދެހެން އަންނަ ދުވަސްވަރު ހަށިގަނޑުގައި އިތުރުވެގެންދާ އެންޑްރޯޖިން ހޯމޯނުގެ ސަބަބުންނެވެ. މިހޯމޯން އިތުރުވުމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ސިބޭކަސް ގުލޭންޑުތައް ބޮޑުވެއެވެ.

ތަފްޞީލު...ބަނޑުގައި ރިއްސުން ނުވަތަ ތަދުވުން

banduga-rissun-nuvatha-thadhuvun-17މާބަނޑު ދުވަސްވަރު ބަނޑުގައި ރިއްސުމަކީ ނުވަތަ ބަނޑަށް އުދަނގޫ ވުމަކީ ވަރަށްގިނައިން ދިމާވާ ކަމެކެވެ. އަދި ވަރަށް ގިނަފަހަރު މިއީ އެއްވެސް ނުރައްކަލެއްނެތް އާދައިގެ ޠަބީޢީ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މިގޮތަށް ރިއްސާ ރިއްސުމަކީ ނުރައްކާތެރި ކަމެއްގެ ސަބަބުން ރިއްސާ ރިއްސުމަކަށް ވުމަކީ ވެދާނެ ކަމެކެވެ. ބަނޑުގައި ރިއްސާ ނުރައްކާތެރި ސަބަބަ ތަކާއި ނުރައްކާތެރި ނޫން ސަބަބުތައް އެވަނީއެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ހަންގަނޑަށް ރައްކާތެރިވުން

hangada-akatherivun-15މާބަނޑު ދުވަސްވަރު ކެއިން ބުއިމުގައި ބޭނުން ކުރާ ނުވަތަ ނުކުރާ އެއްޗެތީގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް އަސަރު ކުރާކަން ގިނަ މާބަނޑު މީހުން ދަނެއެވެ. މިސާލަކަށް ޕްރޮޓީން ގިނަ ކާނާ ބޭނުން ކުރުމަކީ ދަރިފުޅަށް ފައިދާކުރާ ކަމެއް ކަމާއި އަދި ގިނައިން ކެފެއިން ހުންނަ ކާނާ ބޭނުން ކުރުމަކީ ދަރިފުޅަށް ގެއްލުންވާ ކަމެއްކަން ގިނަމީހުން ދަނެއެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު އިސްތަށްޓާއި ނިޔަފައްޗަށް އަންނަ ބަދަލުތައް

niyafachai-anna-badhalu-16މާބަނޑު ދުވަސްވަރު އިސްތަށި ވަރުގަދަވާ ކަމާއި އަދި އިސްތަށި ގިނަވާކަން ވަރަށް ގިނަ އަންހެނުން ފާހަގަ ކުރެއެވެ. ނަމަވެސް ހަގީގަތުގައި އިސްތަށި ފަޅާވަރު ގިނައެއް ނުވާނެއެވެ. އެކަމަކު އިސްތަށި ފައިބާ ވަރު ކުރިއަށްވުރެ މަދުވާނެއެވެ. ވުމާއެކު އިސްތަށި ގިނަވާހެން ހީވަނީއެވެ. ހަށިގަނޑުގައިވާ އިސްތަށިތަކުގެ އުމުރު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ދިގުވަމުންދާ އިސްތަށްޓާއި ދިގުވުން ހުއްޓިފައިވާ އިސްތައްޓެވެ.

ތަފްޞީލު...ވިހެއުމަށްފަހު ހަންގަނޑުގެ ތެއުކަން އިތުރުވަނީ ކީއްވެ؟

theyokan-ithuruvanee-keeve-14ހަގީގަތުގައި ވިހެއުމަށްފަހު ހަންގަޑުގެ ތެއުކަން އިތުރުވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ކުއްލި ބޮޑުބަދަލާއި ދަރިފުޅުގެ ކަންތައްތަކުގައި އަވަދިނެތި އުޅެން ޖެހުމެވެ. އަވަދިނެތި އުޅެން ޖެހުމާއި ވަރުބަލިކމުގެ ސަބަބުން ހަންގަޑަށް ދޭން ޖެހޭ އަހައްމިއްޔަތު ނުދެވުމުގެ ސަބަބުންނެވެ. ހަންގަޑަށް އަޅާލަވޭވަރު ކުޑަވުމުގެ ސަބަބުންނެވެ. މާބަނޑު ދުވަސްވަރު

ތަފްޞީލު...އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގުމަށްފަހު، ބަލިވެނުއިދެ ކިހާދުވަހަކު މަޑުކުރަން ޖެހޭނެތަ؟

operationa-fahu-baliv-nuidhe-kihaa-dhuvahaku-hunnan-jeheytha-12އާއްމުގޮތެއްގައި އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގުމަށްފަހު ދެން ބަލިވެއިންނަންވާނީ 18-23 މަސް ފަހުންނެވެ. މިއީ ޠަބީޢީކޮށް ވިހެއިނަމަވެސް ސިއްހީގޮތުން ބަލާނަމަ މަޑުކުރަން ރަނގަޅު މުއްދަތެވެ. މިއީ ވަރަށް ދިގުމުއްދަތެއްކަމުގައި ހީވެދާނެއެވެ. ނަމަވެސް ވިހެއުމަށްފަހު އަދި ހާއްސަކޮށް ބޮޑު އޮޕަރޭޝަނަކަށްފަހު މިހާދުވަސް މަޑުކުރުން އެއީ ދިގުމުއްދަތެއް ނޫނެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ދިމާވާ އުދަގޫތަކުގެ ތެރެއިން ... ކުރިމަތި ފަރާތުން ދިޔާ އެއްޗެތިފޭބުން

dhiyaa-echehi-feybun-122މިއީ ހަމައެކަނި ހީވާހީވުމެއްނޫނެވެ. މާބަނޑުދުވަސްވަރު ގިނައިން ދިޔާއެއްޗެތި ފެއިބުމަކީ ވަރަށްގިނަ މައިންނަށް ދިމާވާ ކަމެކެވެ. ބަލިވެއިނުމުގެ ކުރިން ޖަނގިޔާބާލާއިރު ޖަނގިޔަލުގައި ބައެއްފަހަރު ކިރުކުލައިގެ ވަހެއްނެތް ނުވަތަ މަޑުވަހެއްހުންނަ އޮލަ ދިޔާއެއްޗެތި ހުންނަތަން ފެންނާނެއެވެ. އެއީ ޠަބީޢީގޮތުން ބައެއްފަހަރު އަންހެނުންގެ ކުރިމަތިފަރާތުން ފައިބާ ދިޔާއެއްޗެކެވެ. ބަލިވެއިނުމުން މިގޮތުން ފައިބާ ދިޔާއެއްޗެތި ފައިބާ މިންވަރު އިތުރުވެގެންދެއެވެ. މިހެންދިމާވަނީ ހަށިގަނޑުގައި އިތުރުވެގެންދާ އަންހެންހޯމޯނުގެ ސަބަބުންނާއި ހަށިގަނޑުގައި ދައުރުވާ ލޭ ގިނަވުމުގެ ސަބަބުންނެވެ.

ތަފްޞީލު...ވިހެއުމަށްފަހު ދުޅަހެއުކޮށް ހުރެ ހަށިގަނޑު ލުއި ކުރުމަށް ކެއުމަށް ގެނެވިދާނެ ބަދަލުތައް

genevidhaane-badhalutha-9ވިހެއުމަށްފަހު ހަށިގަނޑު ހަމައަކަށް އެޅުމަށް ވަގުތު ބޭނުންވެއެވެ. ވުމާއެކު ވިހެއުމަށްފަހު ސާޅީސް ދުވަސް ނުވަނީސް ހަކަތަ މަދު ކާނާ ކާން ފެށުމަށް ނުވިސްނާށެވެ. އަދި ގާތުންދޭނަމަ ދެމަސްދުވަސް ނުވަނީސް މިފަދަ ކާނާ އާއި މެދު ވިސްނަން ނުފަށާށެވެ. ވިހެއުމަށްފަހު މާއަވަހަށް ހަކަތަ މަދު ކާނާ ކާން ފެށުމަކީ ކިރުއުފެދުމަށް ހުރަސް އަޅާ ކަމެކެވެ. އަދި ގައިގެ ވަރުދެރަވެ ބަލިވާ ކަމެކެވެ.

ތަފްޞީލު...ގާތުންދިނުމަށް ތައްޔާރުވުން.

gaathun-dhinumai-thayyaruvun-89ގާތުން ދިނުމަށް ތައްޔާރުވާއިރު ދަރިފުޅު ވިހެއުމުގެ ކުރިން ވިޔަސް މިކަމާއި ގުޅޭ ވީހާވެސް ގިނަ މައުލޫމާތެއް ހޯދާށެވެ. ގާތުންދޭ މީހުންގެ ލަފާ ހޯދާށެވެ. އެމީހުންނަށް ދިމާވާ އުދަގޫތަކާއި ކަންތައް ކުރާގޮތް އޮޅުންފިލުވާށެވެ. ގިމައުލޫމާތާއި ލަފާ ހޯދިވަރަކަށް ގާތުން ދޭން ފަށާއިރު ފަސޭހަވާނެއެވެ. އެއީ މިއީ ގާތުންދޭ އިރު ދިމާވާ ތަފާތު ކަންކަމަށް އަވަސް ހައްލު ހޯދަން ފަސޭހަވާނެ ކަމަކަށްވާތީއެވެ.

ތަފްޞީލު...ބަލިވެއިނުމަށްފަހު ރަނގަޅު ބުރާއެއް ހޯދުން

ragalhu-bra-ei-hoadhun-34އާއްމުގޮތެއްގައި ބަލިވެއިނުމަށްފަހު ފުރަތަމަ ތިންމަހުގެ ތެރޭގައި އުރަމަތި ބޮޑުވާނެއެވެ. ނަމަވެސް ބޮޑުވާ މިންވަރު އެކިމީހުންގެ ތަފާތެވެ. ބައެއް އަންހެނުންގެ އުރަމަތި ވަރަށް އަވަހަށް ބޮޑުވާން ފަށާނެއެވެ. އަދި ބައެއްމީހުންގެ އުރަމަތި ވިހެއުމާއި ވަރަށް ކައިރިވާއިރުވެސް މާބޮޑުތަނެއް ބޮޑެއްނުވާނެއެވެ. ވުމާއެކު ބައެއް މީހުންނަށް ވަރަށް އަވަހަށް އާ ބުރާ ހޯދަން ޖެހޭއިރު އަނެއްބައި މިހުންނަށް ވަރަށް ލަސްވަންދެން އާ ބުރާ ނުހޯދިޔަސް ފުދޭނެއެވެ.

ތަފްޞީލު...ވިހެއުމަށްފަހު ބަނޑު ރީތި ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

badu-reethikuran-kanthai-8ވިހާތަނުން ބަނޑު އެއްކޮށް ހިދި ކުރިން ހުރިގޮތަށް ބަދަލެއް ނުވެއެވެ. އަދި ކިއެއްތަ ވިހެއުމަށްފަހުވެސް އާއްމު ގޮތެއްގައި ބަނޑު ހުންނާނީ ހަމަހުގެ މާބަނޑު މީހެއްގެ ބަނޑު ހުންނަ ގޮތަށް ފުއްޕައިފައެވެ. އަދި ބަލިވެއިނުމުން ބަނޑުގެ މެދުން ގިނަ މީހުންގެ އުފެދިފައި ހުންނަ ކަލު ރޮގުވެސް އަދި ހަންގަޑު ދެމިގެން ހުދުވެފައިވާ ތަންތަންވެސް މަދުނޫން ދުވަސްތަކެއް ވަންދެން ހުންނާނެއެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ވައިގެ މަގުން ދަތުރުކުރުން

vaigemagun-dhathurukurun-10މާބަނޑު ދުވަސްވަރު ވައިގެމަގުން ދަތުރު ކުރުމަކީ އެހެން މީހުންނާ ޚިލާފަށް މައިމީހާއަށާއި ބަނޑުގައިވާ ދަރިފުޅަށް ވަރަށް ބޮޑަށް ނުރައްކާ ވެދާނެ ކަމެކެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަ ކުރެވޭ ބައެއް ކަންތައްތަކެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.