އާދީއްތަ20180909

އާކުރެވުނީ: 08:43:52

މާބަނޑުދުވަސްވަރު

މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުމުގައި ރައްކާތެރިވާން ޖެހޭ ކަންތައްތައް

samaaluva-kanthai-90އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު އިތުރު އުދަގޫތަކެއް ނުވާނަމަ ޖިންސީ ގުޅުން ހިންގުމުގައި ނުރައްކަލެއް ނޯވެއެވެ. ޖިންސީ ގުޅުން ހިންގުމަކީ އޭގެ ޒަތުގައި މައިމީހާއަށް އަދި ދަރިފުޅަށްވެސް ގެއްލުމެއް ހުރިކަމެއް ނޫނެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަނީ ފެން ދުއްޔެއްގެ ތެރޭގައި ރައްކާތެރިކޮށެވެ. މީގައިތުރުން ރަހިމުގެ ފަށަލަތަކުންވެސް ދަރިފުޅު ހިމާޔަތް ކުރުމުގެ ރޯލު އަދާ ކުރެއެވެ.

ތަފްޞީލު...



މާބަނޑުދުވަސްވަރު ..... އަރާމުގައި ނިދުމަށް ކުރެވިދާނެ ކަންތައްތައް

nidhumai-kanthai-115ބަލިވެއިނުމުން ވަރަށް ގިނަފަހަރު ވަރަށް ގިނަ މައިންނަށް ނިދުމަށް އުދަގޫވާ ވަރަށް ގިނަ ކަންތައްތައް ކުރިމަތި ވެއެވެ.މިގޮތުން ދިމާވާ ކަންތަކުގެ ތެރޭގައި މޭނުބައިވުމާއި، މެއިންގިނިއެރުމާއި، ފައިގައި ރިއްސުމުގެ އިތުރުން ނިދީގައި ގުގުރިދެމުންވެސް ހިމެނެއެވެ. ވަރަށް ގިނަފަހަރު މިކަންތަކުގެ އުދަގޫ ބޮޑުވެގެންދަނީ ބަލިވެއިނުމުގެ ކުރިން ނިދުމުގެ އާދަކާދަ ގެންގުޅޭ ގޮތުގެ ސަބަބުންނެވެ. ތިރީގައި އެވަނީ ރަނަގަޅަށް އަރާމުގައި ނިދުމަށްޓަކައި ބެލިދާނެ އަދި ކުރވިދާނެ ބައެއް ކަންތަކެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު ފަރުވާ ކުޑަކޮށްގެން ނުވާނެ އަލާމާތްތައް

nuvaane-alaamaithai-84މާބަނޑު ދުވަސްވަރު ރިއްސާ ރިއްސުމެއް ނުވަތަ ތަދެއް އެއީ ނުރައްކާތެރި ކަމެއްގެ ސިގުނަލްކަން ނުވަތަ ނޫންކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ އަދި މިސާލަކަށް ރޭގަނޑު ދަންވަރު ދިމާވާ މިފަދަ ކަމަކުން ވަގުތުން ޑޮކުޓަރަށް ދާން ޖެހޭނެކަން ނުވަތަ ނޫންކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ތިރީގައި އެވަނީ މާބަނޑު ދުވަސްވަރު ދިމާވާ ބައެއް އަލާމާތްތަކުގެ ތެރެއިން ފަރުވާ ކުޑަކޮށްގެން ނުވާނެ ބައެއް އަލާމާތްތަކެވެ. ނުވަތަ ވަގުތުން ޑޮކުޓަރަށް ދައްކަން ޖެހޭ ހާލަތްތަކެވެ.

ތަފްޞީލު...



މާބަނޑުދުވަސްވަރު އަނބިމީހާގެ ވޭނުގައި ބައިވެރިވާނީ ކިހިނެއް؟

veynugai-baiverivanee-kihney-7ފިރިމީހާއަކަށް ބަލިވެއެއް ނުއިދެވޭނެއެވެ. ނަމަވެސް މާބަނޑު އަނބިމީހާއާއި ބައިވެރި ވެވިދާނެއެވެ. އަނބިމީހާ އަށް އަންނަ ބަދަލާއި ބަނޑު ބޮޑުވަމުން އަންނަ ގޮތް ބެލުމަށް ސަމާލުކަން ދޭކަން އަނބަދުވެސް އަނބިމީހާއަށް އިހުސާސް ކޮށްދޭށެވެ. ބަނޑުގައި ދަރިފުޅު ތޮޅެން ފެށުމުން ދަރިފުޅުގެ އަޑު އަހާށެވެ. ދަރިފުޅަށް ޓަކައި އަނބިމީހާއަށް ވާހަކަ ކިޔައިދީ މުނިފޫހި ފިލުވައި ހަދައިދޭށެވެ.

ތަފްޞީލު...



ގާތުންދޭ ދުވަސްވަރު ދުރުވާންޖެހޭ ބައެއް ކާބޯތަކެތި

dhuruvaanjehey-kaathakethi-30ވަރަށް ގިނަ މައިން ހީކުރާގޮތުގައި ގާތުންދޭއިރު ކިރުގެ ގޮތުގައި އަންނަނީ މައިމީހާ ކާ ކާނާއެވެ. މިއީ މުޅިއަކުން ކުށް ހީއެއްނޫނެވެ. މައިމީހާ ކާ ކާނާގެތެރެއިން ކުޑަމިންވަރެއް ނަމަވެސް ކިރުގެ ޒަރީއާއިން ބޭރުވެއެވެ. އަދި ކައިބޮއިހަދާ ބައެއް ކާނާގެ ސަބަބުން ދަރިފުޅަށް އެއިން ނޭދެވޭ އަސަރުވެސް ކުރެއެވެ. އަދި މިފަދަ ބައެއް ކާބޮތަކެތީގެ ސަބަބުން ދަރިފުޅަށް އެއިން ނޭދެވޭ އަސަރު ކުރެއެވެ. ތިރީގައި އެވަނީ މިގޮތުން މައިމީހާ ބޭނުން ކުރުމުން ދަރިފުޅަށް ތަފާތު ނޭދެވޭ އަސަރު ކުރާ ބައެއް ކާބޯތަކެއްޗެވެ.

ތަފްޞީލު...



ދަރިފުޅު އުފެދި ބޮޑުވުމަށް މާބަނޑު މީހާގެ ކެއުމުގައި ހިމަނަން ޖެހޭ މާއްދާތައް

keumuga-himananjehy-36ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ހަތާތަކުގެ އެތެރެއަށް ވަންނާނަ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާއެކެވެ. ވުމާއެކު ސަލާމަތް ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު އުރަމައްޗަށް އަންނަ ބަދަލުތައް

uramachai-anna-badhalu-6މާބަނޑު ދުވަސްވަރު ބޮޑުވަމުންދަނީ ހަމައެކަނި ބަނޑެއް ނޫނެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށްވެސް ބަދަލު އަންނަމުންދެއެވެ. ހާއްސަގޮތެއްގައި އުރަމައްޗަށެވެ. އަދިކިއެއްތަ ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަންތަކަށް ވުރެ ބޮޑަށް އުރަމައްޗަށް ބަދަލު އާދެއެވެ. މިއީ ވަރަށް ގިނަފަހަރު ވަރަށް ގިނަމީހުންނަށް ފާހަގަ ނުކުރެވޭ ހަގީގަތެކެވެ.

ތަފްޞީލު...



މާބަނޑުދުވަސްވަރު ވެކުސިން ޖެހުމަކީ ކޮންކަހަލަ ކަމެއް؟

vaccine-71ނުރައްކާތެރި ބަލިތަކުން މައިމީހާއާއި ދަރިފުޅު ހިމާޔަތް ކުރުމަށްޓަކައި ވެކުސިން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވުމާއެކު ދައްކަވަމުން ގެންދަވާ ޑޮކުޓަރާއި މަޝްވަރާ ކުރުމަށް ފަހު ވެކުސިން ޖެހުން ރަނގަޅުވާނެއެވެ. ނަމަވެސް ވެކުސިން ޖެހުމުގެ ކުރިން އެއިން ލިބޭ ފައިދާ އާއި ގެއްލުމުގެ މައްޗަށް ބެލުން ވަރަށް މުހިއްމެވެ.

ތަފްޞީލު...



ބަލިވެއިނުން ވިހަވުން

balive-inun-vihavunބަލިވެއިނުން ވިހަވުން ނިސްބަތް ކުރެވެނީ ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. ބަލިވެއިނުން ވިހަވުން(Preeclampsia)ކަމުގައި ބެލެވެނީ ބަލިވެއިނުމަށް ފަހު 20 ހަފްތާ ފަހުން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ފެންޖަމާވެ، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަ ވާނެ އެވެ.

ތަފްޞީލު...



ބަލިވެ އިނުމާއި ގުޅިގެން ދިމާވާ ހަކުރު ބަލި

baliveinumaa-hakurubaliހަކުރުބަލީގެ މާނައަކީ ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ގެ މިންވަރު މަތިވުމެވެ. ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ. ގުލްކޯޒުގެ މިންވަރު ލޭގައި މަތިނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވޭނަމަ ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތި ވެއެވެ. ހަކުރު ބަލި ހުރުމަކީ މާބަނޑު ދުވަސްވަރު އެކަމަށް ޚާއްޞަ އިނާޔަތް ބޭނުންވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ހަކުރު ބައްޔަށް ''ޖެސްޓޭޝަނަލް ޑައެބެޓީޒް'' (Gestational diabetes) އޭ ކިޔައެވެ.

ތަފްޞީލު...



ބަލިވެއިނުމާއި ވިދިގެން އަންހެނުންގެ ހަށިގަޑަށް އަންނަ ބަދަލުތައް

maabadu-anna-badhaluމާބަނޑު ދުވަސްވަރު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



މައިމީހާގެ ބަނޑުގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަނީ ކިހިނެއް ؟

maimeehage-baduga-dharifulhu-aފިރިހެނާގެ ދަރިފަނި(Sperm) އަންހެނާގެ ބިހުގައި މުޑުވަށްވުމަށްފަހު 7-5ދުވަހުގެ ތެރޭގައި ރަހިމުގެ އެތެރޭ ކައިރިފަށުގައި މިބިސް ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ ''އިމްޕްލާންޓޭޝަން''(Implantation)އެވެ. މިބިސް އާދައިގެ ގޮތެއްގައި ހަރުލަނީ ރަހިމުގެ ފަހަތު ފާރު(Posterior wall)ގެ މަތީބައިގައި ''ފަންޑަސް'' (Fundus)ގެ ކައިރީގައެވެ. އެއަށްފަހު މުޑުވަށްވެފައިވާ ބިސް މަޑުމަޑުން ބޮޑުވަމުން އާދެއެވެ. މިދުވަސްވަރު ރަހިމުގައި އަށަގަންނަމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ ''އެމްބްރިއޯ''(Embry)އެވެ.

ތަފްޞީލު...



ފޯލިކް އެސިޑް : މާބަނޑު ދުވަސްވަރު ހޯދުން މުހިއްމު ވިޓަމިނެއް

folic-acidމައިމީހާއާއި ބަނޑުގައި އޮންނަ ކުޑަދަރިފުޅުގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، މައިމީހާ ރަނގަޅު ކާނާ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވަކިން ޚާއްޞަގޮތެއްގައި މާބަނޑު ދުވަސްވަރު މިކަމަށް ދޭންޖެހޭ ފަރުވާތެރިކަން އިތުރުކުރަން ޖެހެއެވެ.

ބީ ވިޓަމިންގެ ތެރޭގައި ހިމެނޭ ފޯލިކް އެސިޑަކީ މިގޮތުން، މާބަނޑުއިރު، ކާނާގައި ހިމަނަން ޖެހޭ މުހިއްމު މާއްދާއެކެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.