ބަނޑަށް 6 މަސްވުމަށްފަހު ޖިންސީ ގުޅުން ހިންގުމަކީ ރައްކާތެރި ކަމެއްތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ބަލިވެއިނުމަކީ ޖިންސީ ގުޅުން ހިންގުން މަނާ ކުރާ ކަމެއްނޫނެވެ. އަދި އެއީ އާއްމުގޮތެއްގައި ގެއްލުން ހުރި ކަމެއްވެސް ނޫނެވެ. ނަމަވެސް ބައެއް ހާލަތްތަކަކީ މާބަނޑު މީނުން ޖިންސީ ގުޅުން ހިންގުން މަނާ ނުވަތަ ގައްލުން ހުރި ހާލަތްތަކެކެވެ. މިފަދަ ހާލަތެއްގައި ޖިންސީ ގުޅުން ހިންގައިގެން ނުވާނެއެވެ. މިގޮތުން މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުން މަނާ ކުރާ ކަންތައްތަކަކީ:-
- މަސްއުފެދެން ޖެހޭތަން ނޫން ތަނެއްގައި އުފެދިފައި ހުރުން
- ކުރިންފަހަރެއްގައި ދުވަސްނުފުރައި ވިހެއުން.
- ފެންދުލި ފަޅައިގެން ދިޔުން.
އާއްމުގޮތެއްގައި މިފަދަ ޝަކުވާއެއް ނެތްނަމަ ބަނޑަށް ހަމަސް ވިޔަސް ޖިންސީ ގުޅުން ހިންގުމަކުން ގެއްލުމެއް ނެތެވެ.