Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ފަލަ ނުވަތަ ބަރު މީހުން މާބަނޑު ދުވަސްވަރު ބަރުދަން ހެއުވަރެއްގައި ބަހައްޓާނީ ކިހިނެއް؟

ފަލަ ނުވަތަ ބަރު މީހުން މާބަނޑު ދުވަސްވަރު ބަރުދަން ހެއުވަރެއްގައި ބަހައްޓާނީ ކިހިނެއް؟

-heyovaru-kuraanee-kihiney-86އާދައިގެ މީހެއްގެ ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭނި ބަރުދަން ދިގުމިން މީޓާރުން ދިގުމިނާއި ގުނަކޮށް ގެއްލުމުން (ބަރުދަން/ދިގުމިން × ދިގުމިން މީޓަރުން) 18.5 – 24.9 އާއި ދޭތެރޭގައެވެ. 25 އާއި 29.9 އާއި ދޭތެރެއަށް އަރައިފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށްވުރެ ބަރުވީއެވެ. އަދި 30 އަށްވުރެ މައްޗަށް ގޮސްފިނަމަ ހުންނަންޖެހޭ ބަރުދަނަށްވުރެ މާބޮޑަށް ބަރުވީއެވެ. 18.5 އަށްވުރެ ދަށަށް ގޮސްފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށް ވުރެ ދަށަށް ދިޔައީއެވެ.

ފަލަ ނުވަތަ ބަރުމީހުން މާބަނޑު ދުވަސްވަރު ބަރުވާން ޖެހޭނީ ކިހާވަރަކަށް؟

މިފަދަ މީހަކު މާބަނޑު ދުވަސްވަރު ބަރުވަން ޖެހޭނީ ޖުމުލަ 7 ކިލޯއާއި 11 ކިލޯއާއި ދެމެދުގެ މިންވަރަކަށެވެ. އެއީ މަހަކު ގާތްގަޑަކަށް 900 ގުރާމާއި ދޮޅު ކިލޯއާއި ދެމެދުގެ މިންވަރަކަށެވެ. (ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް ހުންނަ މީހުން ބަލިވެއިނުމުން މާބަނޑު ދުވަސްވަރު ބަރުވާން ޖެހެނީ 11 ކިލޯއާއި 16 ކިލޯއާއި ދެމެދުގެ މިންވަރަކަށެވެ.) މަހަކު 900 ގުރާމާއި ދޮޅުކިލޯއާއި ދެމެދުގެ މިންވަރެއް ބަރުވަން ޖެހުނު ކަމުގައިވިޔަސް ފުރަތަމަ 3 މަހު އެއްގޮތަކަށްވެސް ބަރު ނުވިޔަސް އެއީ މައްސަލައެއް ނޫނެވެ. ހާއްސަކޮށް ކުރީކޮޅު މެއިނުބައިކޮށް ހޮޑުލެވޭނަމައެވެ.

މާބަނޑު ދުވަސްވަރު ހިކުމަކީ ނުވަތަ ލުއިވުމަކީ ކޮންކަހަލަ ކަމެއް؟

މާބަނޑު ދުވަސްވަރު ހަށިގަނޑު ލުއިކުރުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. އަދި ހަކަތަ މަދު ނުވަތަ ޑައިތު ކާނާ ކައިގެން ހަށިގަނޑު ބަރުވިޔަނުދިނުމަށް މަސައްކަތް ކުރުމަކީވެސް އެއްގޮތަކަށްވެސް ތަނގަޅު ކަމެއް ނޫނެވެ. އެއީ ބަލިވެއިނުމުން ރަނގަޅު ކާނާ ކާންޖެހެނީ ހަމައެކަނި މައިމީހާއަށްޓަކައި އެކަންޏެއް ނޫނެވެ. ބަނޑުގައިވާ ކުޑަދަރިފުޅު ބޮޑުވެ ފުރިހަމަ ވުމަށްޓަކައިވެސް މައިމީހާ ރަނގަޅު ކާނާކާންޖެހެއެވެ. ނަމަވެސް ބަރުދަން ކޮންޓުރޯލު ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މާނައަކީ މާބޮޑަށް ބަރުވިޔަނުދީ ހަށިގަނޑު ހެއުވަރެއްގައި ބެހެއްޓުމަކީ ރަނގަޅު ކަމެކެވެ.

ފުރަތަމަ ތިންމަހު ކޮންމެވެސްވަރަކަށް ހަށިގަނޑު ލުއި ވުމަކީ މައްސަލައެއް ނޫނެވެ. ހާއްސަކޮށް މޭނުބައިކޮށް ހޮޑުލެވޭނަމައެވެ. މޭނުބައިކުރުމައި ކާހިތް ނުވުމަކީ ފުރަތަމަ ތިންމަހު މިފަދަ ބައެއް މީހުން ލުއިވުމަށް ދިމާވާ އެއްސަބަބެވެ. މިފަދަ ހާލަތުގައި ކަންބޮޑު ނުވާށެވެ. ދަރިފުޅަށް ބޭނުންވާ ހަކަތަ ދަރިފުޅު މައިމީހާގެ ހަށިގަނޑުން ހޯދާނެއެވެ. ހަށިގަނޑު ހުންނަން ޖެހޭވަރަށްވުރެ ބަރު މީހުންގެ ހަށިގަނޑުގައި އިތުރު ހަކަތަ ރައްކާކުރެވިފައި ހުންނާނެއެވެ. ވުމާއެކު ފުރަތަމަ ތިންމަހު ބަރުނުވިޔަސް އަދި ކިއެއްތަ ކޮއްމެވެސްވަރަކަށް ލުއިވިކަމުގައިވިޔަސް އެއީމައްސަލައެއް ނޫނެވެ. އަދި ދަރިފުޅަށް ގެއްލުންވާނެ ކަމެއްވެސް ނޫނެވެ.

Comments