އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ފޯލިކު އެސިޑު .... ކުޑަދަރިފުޅު އުފެދުމުގެ އުނިކަމުން ހިޔާމަތްކޮށްދޭ

ފޯލިކު އެސިޑު .... ކުޑަދަރިފުޅު އުފެދުމުގެ އުނިކަމުން ހިޔާމަތްކޮށްދޭ

folic-acid-58* މާބަނޑު މީހުންނަށް ފޯލިކު އެސިޑު ބޭނުންވަނީ ކީއްވެ؟

* މާބަނޑު މީހުންނަށް ބޭނުންވަނީ ކިހާ ފޯލިކު އެސިޑެއް؟

* ކާނާގެ އިތުރުން ފޯލިކު އެސިޑު ބޭނުން ކުރަން ޖެހޭތަ؟

* ފޯލިކު އެސިޑު އެންމެ ގިނައިން ލިބޭ ކާބޯ ތަކެއްޗަކީ ކޮބާ؟

* ފޯލިކު އެސިޑު ހަށިގަނޑުން މަދުކަން އެނގޭނެ އަލާމާތްތަކަކީ ކޮބާ؟

މާބަނޑު މީހުންނަށް ފޯލިކު އެސިޑު ބޭނުންވަނީ ކީއްވެ؟

ފޯލިކު އެސިޑު ނުވަތަ ވިޓަމިން ބީ9 އަކީ އުފެދުމުގައި ދަރިފުޅަށް ދިމާވާ ބައެއް އުނިކަންތައްތަކުން ދަރިފުޅު ހިމާޔަތް ކޮށްދޭ މާއްދާއެކެވެ. ސްޕައިނާ ބިފިޑާ ފަދަ ބަލިތަކަކީ ފޯލިކު އެސިޑު ބޭނުން ނުކުރާ މައިންގެ ދަރިން އުފަންވާއިރު ޖެހުން ވަރަށް ގާތް ބަލިތަކެކެވެ. ސްޕައިނާ ބިފިޑާ އަކީ މައިބަދަ ފުރިހަމަ އަށް ނުއުފެދުމުގެ ސަބަބުން ނުވަތަ މައިބަދަ އުފެދުމުގައި ދިމާވާ އުނިކަމެއްގެ ސަބަބުން މައިބަދައިގެ އެތެރޭގައި ހުންނަ ސްޕައިނަލް ކޯޑް ނުވަތަ އެތެރޭގެ މަދު ބޭރުވުމަށް ކިޔާނަމެކެވެ. އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން އެއްކުއްޖަކަށް ޖެހޭ މިބައްޔަކީ މައިމީހާ ފޯލިކު އެސިޑު އެކަށީގެންވާވަރަށް ބޭނުން ކުރާނަމަ ދަރިފުޅަށް ޖެހުން ވަރަށް ދުރު ބައްޔެކެވެ. އަދި މައިމީހާ އެކަށީގެންވާވަރަށް ފޯލިކު އެސިޑު ބޭނުން ނުކުރާނަމަ މިބަލި ދަރިފުޅަށް ޖެހުމުގެ %70 އިތުރުވެއެވެ.

ހަމައެކަނި މިސަބަބުތަކުންވެސް ބަލިވެއިނުމުގެ ކުރިން އަދި ބަލިވެ އިނުމަށްފަހު މައިމީހާ ފޯލިކު އެސިޑު ބޭނުން ކުރުމުގެ މުހިންމުކަން އަންގައިދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެކަށީގެންވާވަރަށް ފޯލިކު އެސިޑު ބޭނުން ނުކުރާ މީހުންގެ ތެރޭގައި ބައިގެންދިއުންވެސް އިތުރެވެ. އަދި ތުންފަތާއި ތަލި ރަނގަޅަށް ނުއުފެދުމާއި އިގިއްޔެއް މަދުވުމާއި ނުވަތަ އައިބު ވުމާއި ހިތުގައި ލޯވަޅު އުފެދުމަކީ ފޯލިކު އެސިޑު އެކަށީގަނވާ ވަރަށް ބޭނުން ނުކުރާ މައިންނަށް ލިބޭ ދަރިންގެ މެދުގައި ނިސްބަތުން ގިނަ ބަލިތަކެކެވެ.

ފޯލިކު އެސިޑު ހަށިގަޑަށް ބޭނުންވަނީ ޑީއެންއޭ އުފެއްދުމާއި ރަނގަޅުކުރުމާއި އޭގެ ވަޒީފާ ފުރިހަމަ ކުރުމަށެވެ. އަދި ހަށިގަނޑުގައި އާ ހަތާތައް އުފެއްދުމަށެވެ. ވުމާއެކު ނިސްބަތުން ވަރަށް އަވަހަށް ބޮޑުވަމުން އަންނަ ބަނޑުގައިއުންނަ ދަރިފުޅުގެ ހަތާތައް އުފެއްދުމަށް މިއީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ލޭގައި އުފެދޭ އަމައިނޯ އެސިޑެއްކަމުގައިވާ ހޯމޯސިސްޓީން މިތިއޮނިން ކިޔާ އެހެން އަމައިނޯ އެސިޑަކަށް ބަދަލު ކޮށްދެނީވެސް ފޯލިކު އެސިޑެވެ. ފޯލިކު އެސިޑު މަދުވުމަކީ ލޭގައި ހޯމޯސިސްޓިން އިތުރުވާ ކަމެކެވެ. އަދި ލޭގައި މިމާއްދާ އިތުރު ވުމަކީ ދަރފުޅު އުފެދުމުގައި އުނިކަން އެފެދޭ މައިގަޑު ސަބަބެވެ. އަދި މިމާއްދާ ލޭގައި އިތުރުވުމަކީ ރަހިމުގައިވާ މަހުން ލޭއައުމާއި ބައިގެންދިއުން އަދި ވިހާއިރު ދަރިފުޅު މަރުވުންވެސް އިތުރު ކުރާ ކަމެކެވެ.

މާބަނޑު މީހުންނަށް ބޭނުންވަނީ ކިހާ ފޯލިކު އެސިޑެއް؟

ބަލިވެއިނުމުގެ މަދުވެގެން މަހެއްކުރިން ފޯލިކު އެސިޑު ބޭނުން ކުރަން ފަށަން ޖެހޭނެއެވެ. މިދުވަސްވަރު ދުވާލަކށް ހަށިގަނޑަށް ބޭނުން ވަނީ 400 މައިކުރޯގުރާމެވެ. މިއީ ބަލިވެއިނުމުން އުފެދެމުންދާ ދަރިފުޅުގެ ނިއުރަލް ޓިއުބުގެ އުނިކަމެއް އުފެދުމުން ހިމާޔަތް ކޮށްދޭނެ ކަމެކެވެ. ނިއުރަލް ޓިއުބު އުފެދެން ފަށަނީ ބަލިވެއިދެ ފުރަތަމަ މަހުގެ މެދެއްހާ ހިސާބުގައެވެ.

ބަލިވެއިނުމަށްފަހު ދުވާލަކު މަދުވެގެން 600 މައިކުރޯގުރާމު ފޯލިކު އެސިޑު ބޭނުން ކުރަން ޖެހޭނެއެވެ. ބައެއް ޑޮކުޓަރުނބް ވިދާޅުވަނީ މަދުވެގެން 800 މައިލކުރޯ ގުރާމު ބޭނުން ކުރަން ޖެހޭނެ ކަމުގައެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުން ބޭނުންކުރާ ވިޓަމިންތަކުގައި 1000 މައިކުރޯ ގުރާމު ފޯލިކު އެސިޑު ހުންނާނެއެވެ.

ފޯލިކު އެސިޑު ގިނައިން ބޭނުން ކުރުމަކީ ހަށިގަނޑަށް ގެއްލުންވާ ކަމެއްނޫނެވެ. އެއީ މިއީ ފެނަށް ގިރާ ވިތަމިނަކަށް ވުމުން ހަށިގަނޑަށް ބޭނުންވާވަރަށް ވުރެ އިތުރުވާބައި ފެނާއިއެކު ބޭރުވެގެންދާނެއެވެ. ނަމަވެސް މިއިން އިސްތިސްނާވާ ބައެއް އަންހެނުން ތިބެއެވެ. އެއީ ބައެއް އަންހެނުން ފޯލިކު އެސިޑު ބޭނުންވާވަރަށް ވުރެ ގިނައިން ނެގުމަކީ ހަށިގަނޑުން ވިޓަމިން ބީ 12 މަދުވާ ސަބަބެކެވެ. ނަމަވެސް ވިޓަމިން ބީ 12 ހަށިގަނޑުން މަދުވުމަކީ ވަރަށް ނަދިރުކޮށް ނޫނީ ނުވާނެ ކަމެކެވެ. ހާއްސަކޮށް ޒުވާން އަންހެނުން ނަށެވެ.

ނިއުރަލްޓިއުބުގެ އުނިކަމެއްހުރި ދަރިޔަކު ލިބިފައިވާ މަޔަކު ނުވަތަ އާއިލާގެ މެންބަރަކަށް ވިޔަސް އެފަދަ ކުއްޖަކު ލިބިފައިވާނަމަ އެފަދަ އަންހެންނު 4000 މައިކުރޯ ގުރާމުގެ ފޯލިކު އެސިޑު ދުވާލަކު ބޭނުން ކުރަން ޖެހޭނެއެވެ. އެއީ ބަލިވެއިނުމުގެ މަދުވެގެން އެއްމަސްކުރިން ފަށައިގެންނެވެ. އަދި ބަލިވެއިދެ ފުރަތަމަ ތިންމަސް ނިމެންދެން ބޭނުން ކުރަމުން ގެންދަންވާނެއެވެ.

ކާނާގެ އިތުރުން ފޯލިކު އެސިޑު ބޭނުން ކުރަން ޖެހޭތަ؟

ބަލިވެއިނުމުގެ މަދުވެގެން އެއްމަސް ކުރިން ފެށިގެން ފޯލިކު އެސިޑު ކާނަގެ އިތުރުން ބޭނުން ކުރަން ޖެހޭނެއެވެ. އެއީ އާއްމުކޮށް ކާކާނާއިން ހަށިގަނޑަށް ބޭނުންވާވަރަށް ފޯލިކު އެސިޑެއް ނުލިބޭނެއެވެ. އެއީ ކިތައްމެ ރަނގަޅަށް ކެއުން ބެހެއްޓިނަމަވެސްއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކާބޯތަކެތީގައި ހުންނަ ފޯލިކު އެސިޑަށް ވުރެ ގުޅަބޭހުން ބޭނުން ކުރާ ފޯލިކު އެސިޑުން ހަށިގަނޑަށް މާ ފައިދާ ކުރެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ ހަމައެކަނި ގުޅަބޭހުން ފޯލިކު އެސިޑު ހޯދުމުގެ ބަދަލުގައި ފޯލިކު އެސިޑު ހުންނަ ކާބޯތަކެތި ގިނައިން ބޭނުން ކުރުމާއި އެކު ފޯލިކު އެސިޑު ގުޅަބޭސް ބޭނުން ކުރުމެވެ.

ފޯލިކު އެސިޑު އެންމެ ގިނައިން ލިބޭ ކާބޯ ތަކެއްޗަކީ ކޮބާ؟

ކާބޯތަކެތީގައި ދުވާލަކަށް ބޭނުންވާ ފޯލިކު އެސިޑުގެ މަދުވެގެން %20 ހިމެނެން ޖެހޭނެއެވެ. ފޯލިކު އެސިޑު ގިނަ ކާނާގެ ތެރޭގައި ބަތް ބަނަސް ފެހިކުލަގަދަ ފަތް ހިމެނެއެވެ. ތިރީގައި އެވަނީ ފޯލިކު އެސިޑު ހޯދުމަށް ކެއުން ރަނގަޅު ބައެއް ކާބޯތަކެއްޗެވެ.

- ފަޅޯ (މެދުމިނު ފަޅޮލަކުން 115 މައިކުރޯ ގުރާމު ފޯލިކު އެސިޑު ލިބޭނެއެވެ.)

- ބޮރޮކްލީ (ބައިތަށިން 52 މައިކުރޯ ގުރާމް ލިބޭނެއެވެ.)

- ސްތޯބެރީ ( ސްޓޯބެރީ ތައްޓަކުން 40 މައިކުރޯ ގުރާމު ލިބޭނެއެވެ.)

- އޮރެންޖު (އާދައިގެ އޮރެންޖަކުން 39 މައިކުރޯގުރާމު ލިބޭނެއެވެ.)

ފޯލިކު އެސިޑު ހަށިގަނޑުން މަދުކަން އެނގޭނެ އަލާމާތްތަކަކީ ކޮބާ؟

ފޯލިކު އެސިޑު އާދައިގެވަރަކަށް ހަށިގަނޑުން މަދުވިޔަސް އެއްވެސް އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި ފޯލިކު އެސިޑު މަދުވެގެން އަލާމާތްތައް ފަންނަނީ ވަރަށްބޮޑަށް މަދު ނަމައެވެ. ވީމަ އަލާމާތްތަށް ފެންނަންދެން ފޮލިކު އެސިޑު ބޭނުން ނުކޮށް ހުރުމަކީ ވަރަށް ގެއްލުން ހުރި ކަމެކެވެ. އާއްމުކޮށް ފެންނަ އަލާމާތް ތަކަކީ:-

- ބޭރަށް ހިންގުން

- ކާހިތް ނުވުން

- ހަށިގަނޑު އަނަރޫފަވުން.

- ބަލިކަށިވުން.

- ދޫފާރުވުން.

- ބޮލުގަރިއްސުން.

- ހިތުގެ ހިގުން އަވަސްވެ ހިތްތެޅުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.