އާދީއްތަ20181216

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ގާތުންދޭ ދުވަސްވަރު ދުރުވާންޖެހޭ ބައެއް ކާބޯތަކެތި

ގާތުންދޭ ދުވަސްވަރު ދުރުވާންޖެހޭ ބައެއް ކާބޯތަކެތި

dhuruvaanjehey-kaathakethi-30ވަރަށް ގިނަ މައިން ހީކުރާގޮތުގައި ގާތުންދޭއިރު ކިރުގެ ގޮތުގައި އަންނަނީ މައިމީހާ ކާ ކާނާއެވެ. މިއީ މުޅިއަކުން ކުށް ހީއެއްނޫނެވެ. މައިމީހާ ކާ ކާނާގެތެރެއިން ކުޑަމިންވަރެއް ނަމަވެސް ކިރުގެ ޒަރީއާއިން ބޭރުވެއެވެ. އަދި ކައިބޮއިހަދާ ބައެއް ކާނާގެ ސަބަބުން ދަރިފުޅަށް އެއިން ނޭދެވޭ އަސަރުވެސް ކުރެއެވެ. އަދި މިފަދަ ބައެއް ކާބޮތަކެތީގެ ސަބަބުން ދަރިފުޅަށް އެއިން ނޭދެވޭ އަސަރު ކުރެއެވެ. ތިރީގައި އެވަނީ މިގޮތުން މައިމީހާ ބޭނުން ކުރުމުން ދަރިފުޅަށް ތަފާތު ނޭދެވޭ އަސަރު ކުރާ ބައެއް ކާބޯތަކެއްޗެވެ.

ނޯޓް: މިތާވަލްގައިވާ ކާބޯތަކެއްޗަކީ ގާތުންދޭ ދުވަސްވަރު ކެއުން މަނާ ކާބޯ ތަކެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ވަގުތީގޮތުން މަދު ކުރަންޖެހޭ ނުވަތަ ހުއްޓާލަންޖެހޭ ބާވަތް ތަކެކެވެ. މިސާލަކަށް ގިނައިން ބޮޑިކޮޕީ ފަތް ކާނަމަ ދަރިފުޅުގެ ބަނޑުގައި ގޭސް އުފެދުމަކީ އަކަށީގެންވާ ކަމެކެވެ. ވީމާ ދަރިފުޅުގެ ބަނޑުގައި ގޭސް އުފެދިއްޖެނަމަ މިފަދަ ކާނާ ކެއުން ވަގުތީގޮތުން މަދު ކުރަން ޖެހޭނެއެވެ. ވުމާއެކު ތިރީގައި އެވާ ކާނާގެ ތެރެއިން ބާވަތެއް ކެއުމުން އެބާވަތެއްގެ ކާނާ ކެއުމުން ދަރިފުޅަށް ކޮށްފާނެ ކަމަށް ބަޔާން ކުރެވިފައިވާ އަސަރެއް ކޮށްފިނަމަ ވަގުތީގޮތުން އެބާވަތެއް ކެއުން ހުއްޓާލާށެވެ. ނުވަތަ މަދު ކުރާށެވެ.

ކާނަ

ދަރިފުޅަށް ކުރާ އަސަރު

ކަންތައް ކުރަންވީ ގޮތް

ބޮޑިކޮޕީ، ކޯލިފުލާވާ، ފިޔާ، ލޮނުމެދު، ބްރޮކްލީ، ކިއުކަމްބާ

ބަނޑުގައި ގޭސް އުފެދި ނުތަނަވަސް ވުން. މިހެންވެފާ ގާތްގަޑަކަށް 42 ގަޑިއިރު ހުރުމަށްފަހު ރަނގަޅުވެގެން ދެއެވެ.

ކާބޯތަކެތީގައި މިބާވަތްތައް ވީވަރަކުން ނުހިމަނައިވޭތޮ ބަލާށެވެ. ހާއްސަކޮށް ކުރީކޮޅުގައެވެ. ދަރިފުޅުގެ ގޮހޮރު ރަނގަޅަށް އުފެދި ފުރިހަމަވަން ދެނެވެ.

ގެރިކިރުން އުފައްދާ ތަފާތު ކާބޯތަކެތި (ކިރު، ޗީޒް، ޔޯގަޓް އަދި ބަޓަރ)

ގައިގާ ބިހިނެގުން، ބޭރަށް ހިންގުން، ބަނޑުގައި ގޭސް އުފެދުން، ނޭފަތް ރަތްވުން، ކެއްސާ ކިބިހި އެޅުން، މި ކަންތައްތައް ގާތުން ދޭތާ ހިދުކޮޅެއްގެ ތެރޭގައިވެސް ފެނިދާނެއެވެ. އަދި ތިންހަތަރު ގަޑިއިރު ފަހުންވެސް ފެނިދާނެއެވެ.

ދެހަފުތާވަންދެން މިބާވަތުގެ ކާނާ ކެއުމުން ދުރުވާށެވެ. އަދި ދަރިފުޅަށް ދިމާވި އިސްވެ ދެންނެވުނު ކަންތައްތައް ރަނގަޅު ވަމުންދޭތޯ ބަލާށެވެ.

ލިބޯ އޮރެންޖުފަދަ ހުތް ކާބޯތަކެތި

ހޮޑުލުން، ބޭރަށްހިންގުން ނުވަތަ ބަނޑު ދިޔާވުން، ބިހިނެގުން، ހަންގަޑު ރަތްވެ ތަދުވުން.

ލަފާ ކުރެވޭ މިބާވަތުގެ ކާބޯތަކެތި ކެއުން ހަފުތާއަކަށް މެދުކަޑާލާށެވެ. އެއަށްފަހު މިބާވަތުގެ ކާނާގެ ތެރެއިން ދުވާލަކު ވައްތަރެއްގެ ކާނާ ކާށެވެ. އަދި މިގޮތަށް ދިމާވަނީ ވަކި ކާނާއެއް ވާނަމަ އެބާވަތެއް މެދުކަޑާލާށެވެ.

ޗޮކުލެޓު (ޗޮކުލެޓުގައި ތިއޯބްރޮމިން ކިޔާ މާއްދާއެއް ހުރެއެވެ.)

ޗޮކުލެޓު ކެއުމަކީ ބަނޑުދިޔާވުން ނުވަތަ ބޭރަށް ހިންގުމާއި ނުތަނަވަސްވުން ފަދަ ކަންތައްތައް ދިމާވެއެވެ.

ހަފުތާއެއް ވަންދެން ޗޮކުލެޓާއި ޗޮކުލެޓު ހުންނަ ކާނާ ކެއުން ހުއްޓާލާށެވެ. އަދި ހުއްޓާލުމުން ދަރިފުޅަށް ލުއިކަން ލިބެމުންދޭތޯ ބަލާށެވެ.

ބިސް، ގޮދަން، ޒުވާރި، މަސް، ތަފާތުވައްތަރުގެ އޮށް

ހޮޑުލުން، ބޭރަށް ހިންގުން ނުވަތަ ބަނޑު ދިޔާވުން، ބިހި ނެގުމާއި ހަންގަޑު ރަތްވެ ދުޅަވުން

ހަފުތާއެއްވަންދެން މިހެންދިމާވާ ކަމަށް ލަފާ ކުރެވޭ ކާނާއެއް ކެއުން ހުއްޓާލާށެވެ. އެއަށްފަހު މިބާވަތުގެ ކާނާތަކުގެ ތެރެއިން ފަހަރަކު ބާވަތެއް ތަޖުރިބާ ކުރަމުން ގެންދާށެވެ.

ތިރީގައިއެވާ ތާވަލްގައި އެވަނީ ގާތުންދޭ ދުވަސްވަރު މުޅިން ދުރުވަން ޖެހޭ ކާބޯ ތަކެއްޗެވެ.

ކާނަ

ދަރިފުޅަށް ކުރާ އަސަރު

ކަންތައް ކުރަންވީ ގޮތް

މަސްތުވާތަކެތި

ބަނގުރަލާއި މަސްތުވާ ތަކެއްޗަކީ ކިރުގެ ޒަރީއާއިން ދަރިފުޅުގެ ހަށިގަނޑަށްދާ ބާވަތްތަކެކެވެ. އަދި މިއީ ދަރިފުލަށް ވަރަށްބޮޑަށް ގެއްލުންވާ ކަމެކެވެ.

މަސްތުވާ ތަކެއްޗަކީ ގާތުންދޭ ދުވަސްވަރު އެއްގޮތަކަށްވެސް ބޭނުން ކޮށްގެންވާނެ ބާވަތްތަކެއް ނޫނެވެ. ބަނގުރާ ބިޔަރު ވައިންފަދަ އެއްވެސް ބާވަތަކީ އެއްގޮތަކަށްވެސް ބޭނުން ކޮށްގެންވާނެ ބާވަތްތަކެއް ނޫނެވެ.

ކޮފީ (ކެފެއިން ހުންނަ މާއްދާތައް) ޗޮކުލެޓު، ކޯލާ ފަދަ ތަކެތީގައި މިމާއްދާ ހުރެއެވެ.

ކެފެއިން ހުންނަ ކާބޯތަކެތި ބޭނުން ކުރުމަކީ ދަރިފުޅު ނިދިމަދުވެ ނުތަނަވަސްވާ ކަމެކެވެ. ވުމާއެކު ދަރިފުޅު ބޮޑުވން ލަސްވާނެއެވެ.

ގާތުންދޭ ދުވަސްވަރު ކޮފީބުއިން މުޅިން ހުއްޓާލާށެވެ. ބައެއްދިރާސާތަކުން ދައްކާގޮތުގައި މަދުމަދުން ދުވާލަކު ތައޓެއްވަރު ބުޔަސް ދަރިފުލަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް ބޮޑަށް ރަނގަޅީ ގާތުން ދޭދުވަސްވަރު އެއްގޮތަކަށްވެސް ކޮފީ ނުބުއިމެވެ. ވަރަށްބޮޑަށް ބޭނުން ވެއްޖެނަމަ ތައްޓެއްވަރު ބުޔަސް އެންމެ ރަނގަޅެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގައި ހުންނަ ނިކޮޓިން ކިޔާ މާއްދާއަކީ މައިމީހާގެ ކިރުގެ ޒަރީއާއިން ދަރިފުޅުގެ ހަށިގަނޑަށްދާ މާއްދާއެކެވެ. މިކަމުގެ ސަބަބުން ދަރިފުޅު ބޭރަށް ހިންގުމާއި، ހޮޑުލުމާއި، ހިތުގެހިގުން އަވަސްވުމާއި، ދަރިފުޅަށް އަރާމު ނުވުމަކީ މުޅިންވެސް ވަދާނެ ކަންތަކެވެ. އަދި މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކިރު އުފައްދާ މިންވަރުވެސް މަދުކުރާ ކަމެކެވެ. ނަމަވެސް ބުއްފުޅި ދިނުމަށްވުރަ ދުންފަތުގެ އިސްތިއުމާލުކުރާ މައިން ވިޔަސް ގާތުންދިނުން ރަނގަޅެވެ. އެއީ އެފަދަ ހާލަތުގައިވިޔަސް މައިމީހާގެ ކިރު ބުއްފުޅިއަށްވުރެ ފައިދާ ބޮޑެވެ.

މައިމީހާގެ ސިއްހަތާއި ދަރިފުޅުގެ ސިއްހަތަށްތަކައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާށެވެ.

ނޯޓް: މައިމީހާ ދުންފަތުގެ އިސްތިއުމާލު ނުކުރިޔަސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ގޭގައި ނުވަތަ ވަށައިގެން އުޅޭނަމަ ދަރިފުޅަށާއި މައިމީހާއަށް ގެއްލުންވާނެއެވެ. އަދި މިއީ ދުންފަތުގެ އިސްތިއުމާލުކުރުމާއި މާބޮޑު ތަފާތެއް ހުރި ކަމެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.