Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު އަޔޮޑިން..... ތައިރޮއިޑަށް ވަރަށް ބޭނުންތެރި މާއްދާއެއް

އަޔޮޑިން..... ތައިރޮއިޑަށް ވަރަށް ބޭނުންތެރި މާއްދާއެއް

iodin-65* މާބަނޑުމީހުންނަށް އަޔޮޑިން ބޭނުންވަނީ ކީއްވެ؟

* ދުވާލަކު ބޭނުންވަނީ ކިހާ އަޔޮޑިންއެއް؟

* ކާބޯތަކެއތީގެ އިތުރުން އަޔޮޑިން ބޭނުން ކުރަން ޖެހޭނެތަ؟

* އަޔޮދިން ގިނަ ކާބޯ ތަކެއްޗަކީ ކޮބާ؟

* ރޭޑިއޯ އެކުޓިވް އަޔޮޑިންއަކީ ކޮބާ؟

މާބަނޑުމީހުންނަށް އަޔޮޑިން ބޭނުންވަނީ ކީއްވެ؟

އަޔޮޑިނަކީ ބަނޑުގައިވާ ދަރިފުޅުގެ ނާރުތައް އުފެދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހަމައެފަދައިން ތައިރޮއިޑު ގުލޭންޑުގެ ވަޒީފާ އިންތިޒާމު ކުރުމުގައިވެސް އަޔޮޑިން އަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ މާއްދާއެކެވެ. އަދި ތައިރޮއިޑު ގުލޭންޑުން އުފައްދާ ހޯމޯނެއް ކަމުގައިވާ ތައިރޮކްސިން އުފެއްދުމަށް ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. މިހޯމޯނަކީ ހަށިގަނޑުގެ ހުރިހާ ކާބޯތަކެއްޗެއް ހަޖަމްކުރުމާއި އެއިން ހަކަތަ އުފައްދައި ދިނުމުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ ހޯމޯނެކެވެ.

ދުވާލަކު ބޭނުންވަނީ ކިހާ އަޔޮޑިންއެއް؟

މާބަނޑު މީހަކަށް ދުވާލަކު 220 މައިކުރޯ ގުރާމް އަޔޮޑިން ބޭނުން ވެއެވެ. މިވަރު އަޔޮޑިން އަޅާފައިހުންނަ ލޮނުގެ ސައިސަމުސަލަކަށްވުރެ ކުޑަމިންވަރަކުން ލިބޭނެއެވެ.

ކާބޯތަކެއތީގެ އިތުރުން އަޔޮޑިން ބޭނުން ކުރަން ޖެހޭނެތަ؟

ކާބޯތަކެތީގައި ހުންނަ އަޔޮޑިން އިން ހަށިގަނޑަށް އާއްމުގޮތެއްގައި ފުދޭނެއެވެ. ވުމާއެކު އިތުރު އަޔޮޑިން ނަގާކަށް ވަރަށް މަދުފަހަރެއްގައި މެނުވީ ނުޖެހޭނެއެވެ. އާއްމޮގޮތެއްގައި ކެއިންބުއިމުގައި ބޭނުންވާވަރަށް ވުރެ ގިނައިންވެސް އަޔޮޑިން ލިބެއެވެ. ހާއްސަކޮށް ދިވެހިންނަށް ފުދޭވަރަށް ކެއިންބުއިމުގައި އަޔޮޑިން ލިބޭނެއެވެ. އެއީ ކަނޑުމަހަކީ އަޔޮޑިން ގިނަ މަހެކެވެ.

އަޔޮޑިން ގިނަ ކާބޯ ތަކެއްޗަކީ ކޮބާ؟

މިހާރު އާއްމުކޮށް ބޭނުން ކުރާ ލޮނުގައި ހުންނާނީ އަޔޮޑިން އަޅާފައެވެ. ތެދެކެވެ. ބަލިވެއިނުމުން ލޮނުބޭނުން ކުރާވަރު މަދު ކުރަން ޖެހެއެވެ. ހާސްނުވާށެވެ. ކުކުޅުބިހާއި ކިރު އަދި ވަޅުފެނުގައިވެސް އަޔޮޑިން ވަރަށް ގިނައިން ހުރެއެވެ.

ރޭޑިއޯ އެކުޓިވް އަޔޮޑިންއަކީ ކޮބާ؟

މިއީ ތައިރޮއިޑު ގުލޭންޑުގެ ވަޒީފާ ހަށިގަނޑަށް ގެއްލުންވާވަރަށް އިތުރުވުމުން އެގުލޭންޑުގެ ވަޒީފާ ކުޑަކުރުމަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާ މާއްދާއެކެވެ. ނަމަވެސް މާބަނޑު އަންހެނަކު އެއްގޮތަކަށްވެސް މިބޭނުން ކޮށްގެން ނުވާނެއެވެ. މިއީ ބަނޑުގައިވާ ދަރިފުޅުގެ ތައިރޮއިޑު ގުލޭންޑުގެ ހަތާތައް ހަލާކު ކޮށްލާ މާއްދާއެކެވެ.

 

iodine
Comments