އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު އަލަށް ކަސްރަތުކުރަން ފަށައިގަންނަ މީހަކު ސަމާލުވާންޖެހޭ ކަންތައްތައް.

މާބަނޑު ދުވަސްވަރު އަލަށް ކަސްރަތުކުރަން ފަށައިގަންނަ މީހަކު ސަމާލުވާންޖެހޭ ކަންތައްތައް.

kasrathu--samaaluv-kanthai-82* ލުއިކޮށް ލަސްލަހުން ފަށައިގަންނާށެވެ.

* ބައެއް ރައްކާތެރި ކަސްރަތުތައް.

* މަނާ ކަންތައްތައް.

* ނުރައްކަލުގެ އަލާމާތްތައް.

ލުއިކޮށް ލަސްލަހުން ފަށައިގަންނާށެވެ.

މާބަނޑުދުވަސްވަރު އަލަށް ކަސްރަތު ކުރަން ފަށައިގަންނަ މީހަކު ކަސްރަތު ކުރަންވާނީ ދެދުވަހުން އެއްދުވަހު 15 ވަރަކަށް މިނެޓު ނުވަތަ ވިއްސަކަށް މިނެޓުއެވެ. މާބޮޑަށް ދާހިއްލާވަރަށް ފަށައިގަންނައިރު ކަސްރަތު ނުކުރާށެވެ. އަދި މާބޮޑަށް ވަރުވބަލިވެ ލޮޑުވާވަރަށްވެސް ކަސްރަތު ނުކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ ވަރުބަލިވެ މާބޮޑަށް ދާހިއްލަން ފަށާނަމަ ކުރާކަސްރަތު ލުއިކޮށްލާށެވެ. ކަސްރަތު ކުރާއިރު އެކަށީގެންވާވަރަށް ފެންބޯން ފަރުވާ ބަހަށްޓާށެވެ. ބަލިވެއިނުމުން ދުވާލަކަށް އާދައިގެ މީހަކަށްވުރެ އިތުރަށް ހަށިގަނޑުގެ ބަރުދަނުގެ ނިސްބަތުން ގާތްގަޑަކަށް 300 ކެލޮރީ ބޭނުންވާނެއެވެ.

ކަސްރަތު ކުރަން ފަށައުގަންނައިރު އަބަދުވެސް ލުއިލުއި ކަސްރަތަކުން ނުވަތަ ހަރަކާތަކުން ފަށައިގަންނާށެވެ. އަދި ހަށިގަނޑަށް ހެއުވަރު ދޫ ހެދުމެއް ލައިގެން ކަސްރަތު ކުރާށެވެ. ހާއްސަކޮށް ރާއްޖެފަދަ ތަންތަނުގައެވެ. އަދި އަރާ ބޫޓު ނުވަތަ ޓެނިސް ވާން ޖެހޭނީ ފަޔަށް ހެއުވަރު ފަސޭހަ އެއްޗަކަށެވެ. މީގެ އިތުރުން ރަނގަޅަށް އުރަމަތި ހިފެހެއްޓޭފަދަ ކިރުހިއްޕިއެއް އަޅައިގެން ކަސްރަތު ކުރާށެވެ. އަދި އަބަދުވެސް އަތުގައި ފެންފުޅިއެއް ބޭއްވުން ރަނގަޅުވާނެއެވެ. އެއީ އިރުއިރުކޮޅާ ފެން ބުއިމަށެވެ.

ބައެއް ރައްކާތެރި ކަސްރަތުތައް.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ ވަރށް ބޭނުންތެރި މުހިއްމު ކަމެކެވެ. ތިރީގައި އެވަނީ މާބަނޑު ދުވަސްވަރު ކުރަން ރަނގަޅު ބައެއް ކަސްރަތު ތަކެވެ.

- ހިނގުން: މިއީ މާބަނޑު ދުވަސްވަރު ކުރަން ރަނގަޅު ރައްކާތެރި ކަސްރަތެކެވެ. ކުރަން ފެސޭހަވެފައި ފައިދާ ބޮޑު ކަސްރަތެކެވެ. މިކަސްރަތު ކުރުމުން ހިތާއި ލޭހިގުމުގެ ނިޒާމު ދުޅަހެއުވެއެވެ. މިއީ ބަލިވެއިނުމުގެ ކުރިން ކަސްރަތު ނުކުރާ މީހަކު ކުރަން އެންމެ ރަނގަޅު އެންމެ ފަސޭހަ އެންމެ ފައިދާ ބޮޑު ކަސްރަތެވެ.

- ފެތުން: މިއީ މާބަނޑު ދުވަސްވަރު ކުރަން ވަރަށް ފުރިހަމަ ކަސްރަތެކެވެ. ހަށިގަނޑަށް ކަސްރަތުގެ ފައިދާ ލިބުމާއެކު ހުޅުތަކުގެ ހަރަކާތްތައް ކުރެވުމާއެކު ހުޅުތަކަށް ކުރާބާރު ކުޑަ ކަސްރަތެކެވެ. ވުމާއެކު މާބަނޑު ދުވަސްވަރު ހޯމޯންތައް އިތުރުވުމުގެ ސަބަބުން ހުޅުތަށް ދޫވުމުން ލިބޭ އަނިޔާތައް ނުލިބޭ އެންމެ މުހިއްމު ކަސްރަތެވެ. މީގެ އިތުރުން ފެތުމަކީ ބަނޑު ބޮޑުވަމުންދާއިރު ހަށިގަނޑަށް ބަރުވުމުން ވާ އުދަގޫވެސް ކުޑަކޮށްދޭ ކަސްރަތެކެވެ.

މަނާ ކަންތައްތައް.

- އަނިޔާއެއް ނުވަތަ ނުރައްކަލެއްވާ ފަދަ ކަސްރަތު ކުރުން: މިސާލަކަށް ފަތާއިރު ފުންކޮށް ފީނުން، ހިގުމުގެ ކަސްރަތު ކުރާއިރު ފުއްމުން ފަދަ ކަންތައްތަކަކީ ކަސްރަތުގެ ގޮތުގައި ކުރަން ރަނގަޅު ކަންތައްތަކެއް ނޫނެވެ.

- ބައިސްކަލް ދުއްވުން: މާބަނޑު ދުވަސްވަރު ބައިސްކަލް ދުއްވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ހާއްސަކޮށް ބަނޑަށް 3 މަސްވުމަށް ފަހުގައެވެ. އެއީ ކިތައްމެ ފަރިތަކަމުގައި ވިޔަސް އަރިއަޅާލައިގެން ވެއްޓި ނުވަތަ އެހެން ގޮތަކުންނަމަވެސް ލިބޭ އަނިޔާއަކުން ހިތާމަ ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

- ބާރަށް ދުވުން: މާބަނޑު ދުވަސްވަރު ބާރަށް ދުވުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. ހާއްސަކޮށް ބަލިވެއިނުމުގެ ކުރިން ކަސްރަތު ނުކުރާ މީހުން ބާރަށް ދުވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ބަލިވެއިނުމުގެ ކުރިން ކަސްރަތުގެ ގޮތުގައި ގަވައިދުން ދުވާމީހަކު ބަލިވެއިނުމުން ދުވުމަކުން ގެއްލުމެއް ނެތެވެ.

- ބަނޑަށް 3 މަސްވުމަށްފަހު އުއްޑުން އޮވެގެން ކުރާ ކަސްރަތުތައްނުކުރާށެވެ. އެއީ ބަނޑަށް ތިންމަހަށްފަހު އުއްޑުން އޮށޯވުމަކީ ހިތަށް ލޭގެންގޮސްދޭ މައިލޭހޮޅި ފިތެން ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން މޫނުމައްޗަށް އަދިރިއެޅުމާއި ރަހިމަށާއި ސިކުޑިއަށް ގެންގޮސްދޭ ލޭ މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

- ބަރުއުފުމާއި ގިނައިރު ކޮޅަށް ހުރެގެން ކުރާ ކަސްރަތުތައް މާބަނޑު ދުވަސްވަރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ މިފަދަ ކަސްރަތުތަކުގެ ސަބަބުން ހަށިގަނޑުގައި ލޭދައުރުވާ މިންވަރު ނިސްބަތުން ދަށަށްގޮސް ފައިގާއި ލޭ ޖަމާވާގޮތް ދިމާވެއެވެ.

ނުރައްކަލުގެ އަލާމާތްތައް.

ކަސްރަތުކުރަމުން ދަނިކޮށް ތިރީގައިއެވާ އަލާމާތްތަކުން އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ކަސްރަތު ކުރުން ހުއްޓާލުމަށްފަހު ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.

- ގައިގާ ރިއްސުން. ހާއްސަކޮށް އުނަގަޑުގައި ނުވަތަ ބުރިކަށިގައި ރިއްސުން.

- މާބޮޑަށް ވާޅުވެ ލޮޑުވެ ވާގިނެތުން.

- މޫނުމައްޗަށް އަދިރި އެޅުން ނުވަތަ އަނބުރައިގަނެގެން ވެއްޓިދާނެ ހެން ހީވުން.

- ނޭވާ ކުރުވެ ނޭވާލާން އުދަގޫވުން.

- ކުރިމަތިފަރާތުން ލޭފެއިބުން.

- ހިގަން ދަތިވެ އުދަގޫވުން.

- އަކުނިފަޔަށް ދެމުން.

- ކުރިމަތިފަރާތުން ފެން ފެއިބުން.

- ދަރިފުޅުގެ ހަރަކާތްތައް މަދުވާކަމުގެ އިހުސާސް ކުރެވުން.

- ކަސްރަތު ކުރުން ހުއްޓާލުމަށްފަހުވެސް ހިތުގެ ހިގުން އަވަސްކޮށް ހުރުން.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.