Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ބަންޑުން އޮވެ ނިދުމަކީ ރައްކާތެރި ކަމެއްތަ؟

މާބަނޑު ދުވަސްވަރު ބަންޑުން އޮވެ ނިދުމަކީ ރައްކާތެރި ކަމެއްތަ؟

bandun-ove-nidhun-74މާބަނޑު ދުވަސްވަރު ނިދުން އެންމެ ރަނގަޅީ އެއްއަރިއަކަށް އޮވެއެވެ. ނަމަވެސް ބަންޑުން އޮވެ ނިދުމަކީ އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫނެވެ. މިކަމުގައި ރައްކާތެރިކަން ނުވަތަ ނޫންކަން ބިނާވެގެންވަނީ މަހުގައި ލޭދައުރު ކުރާމިންވަރަށް އަންނަ ބަދަލާއި ދަރިފުޅަށް ކާނާ ގެންގޮސްދޭ މިންވަރަށް އަންނަ ބަދަލުގެ މައްޗަށެވެ.

މިދެކަންތައް ފުރިހަމަ ނަމަ ކޮންމެ ގޮތަކަށް ނިދިޔަސް އެއީ ދަރިފުޅަށް ނުރައްކަލެއް އޮތްކަމެއް ނޫނެވެ. އާއްމުގޮތެއްގައި މިކަމަށް ބަދަލު އަންނަނީ ބަންޑުން ނިދާއިރަކު ނޫނެވެ. އުއްޑުން ނިދާއިރުއެވެ. އެއީ ހަށިގަނޑު މައި ލޭހޮޅިތަށް ހުންނަނީ ބުރަކަށި ކައިރީގައެވެ. ވުމާއެކު އޮށީވެ އޮންނަ ގޮތެއްގެ ސަބަބުން މައި ލޭހޮޅިތައް ފިތި ދަރިފުޅަށް ކާނާ ގެނވގޮސްދިނުން މަދުވުމާއި މަހުގައި ލޭދަުރު ކުރުން މަދުވަނީ އުއްޑުން އޮވެ ނިދުމުގެ ސަބަބުން ރަހިމުގެ ބަރަށް ލޭހޮޅިތައް ފިތޭތިއެވެ. މިފަދ ހާލަތުގައި މައިމީހާއަށް ނޭވާލާން އުދަނގޫ ވުމާއި ބޯއަނބުރާގޮތް ވުމާއި މޫނުމައްޗަށް އަދިރިއަޅާގޮތް ވުމަކީ ވެދާނެ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 20 ހަފުތާ ވުމަށް ފަހުގައެވެ.

Comments