ހުކުރު20180921

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ފަރުވާ ކުޑަކޮށްގެން ނުވާނެ އަލާމާތްތައް

މާބަނޑު ދުވަސްވަރު ފަރުވާ ކުޑަކޮށްގެން ނުވާނެ އަލާމާތްތައް

nuvaane-alaamaithai-84މާބަނޑު ދުވަސްވަރު ރިއްސާ ރިއްސުމެއް ނުވަތަ ތަދެއް އެއީ ނުރައްކާތެރި ކަމެއްގެ ސިގުނަލްކަން ނުވަތަ ނޫންކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ އަދި މިސާލަކަށް ރޭގަނޑު ދަންވަރު ދިމާވާ މިފަދަ ކަމަކުން ވަގުތުން ޑޮކުޓަރަށް ދާން ޖެހޭނެކަން ނުވަތަ ނޫންކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ތިރީގައި އެވަނީ މާބަނޑު ދުވަސްވަރު ދިމާވާ ބައެއް އަލާމާތްތަކުގެ ތެރެއިން ފަރުވާ ކުޑަކޮށްގެން ނުވާނެ ބައެއް އަލާމާތްތަކެވެ. ނުވަތަ ވަގުތުން ޑޮކުޓަރަށް ދައްކަން ޖެހޭ ހާލަތްތަކެވެ. އަދި ރަނަގަޅު ގޮތަކީ ތިރީގައި ބަޔާންކުރެވިފައި ނެތް ކަމެއް ދިމާވިކަމުގައި ވިޔަސް ލަސްނުކޮށް ޑޮކުޓަރަށް ދެއްކުމެވެ. އެއީ މާފަހުން ޑޮކުޓަރަށް އެނގޭއިރު ނުރައްކާތެރި ހާލަތަކަށް ބަދަލުވެފައި އޮވެދާނެތީއެވެ.

- ދަރިފުޅު އާއްމުގޮތެއްގައި ބަނޑުގައި ތޮޅޭވަރަށްވުރެ މަދުން ތޮޅުން : މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކުޓަރަށް ދައްކާށެވެ. ޑޮކުޓަރަށް ދެއްކުމުން ދަރިފުޅު ތޮޅެމިންވަރު ގުނާނެ ގޮތާއި އިތުރު މައުލޫމާތު ޑޮކުޓަރު ދޭނެއެވެ. އަދި ދަރިފުޅު ރަނގަޅުތޯ ޑޮކުޓަރު ބަލައި ޗެކުކުރާނެއެވެ.

- މާބޮޑަށް ނުވަތަ މެދުނުކެޑި ބަނޑުގައި ރިއްސުން ނުވަތަ ތަދުވުން.

- ކުރިމަތިފަރާތުން ލޭ ފެއިބުން ނުވަތަ ޖަގިޔަލުގައި ލޭތިކި ހުރުން.

- މާގިނައިން ކުރިމަތިފަރާތުން ދިޔާއެއްޗެތި ފެއިބުން. ނުވަތަ ފައިބާ ދިޔާއެއްޗެތީގެ ކުލަޔަށް ވަހަށް ނުވަތަ މިންވަރަށް ބަދަލުއައުން. މިގޮތުން ފެންފަދަ ދިޔައިއެއްޗެތި ފެއިބުން ނުވަތަ މާއޮލަކޮށް ހުންނަ ދިޔާއެއްޗެތި ފެއިބުން ނުވަތަ ލޭފޭދިފައިހުންނަ ގޮތަށް ހުންނަ ދިޔާއެއްޗެތި ފެއިބުން. އާއްމުގޮތެއްގައި ބަނޑަށް 73 ހަފުތާ ވުމަށްފަހު ކުރިމަތިފަރާތުން ފައިބާ ދިޔާ އެއްޗެތި ގިނަވެއެވެ. އަދި މިއިން އަންގައިދެނީ ވަރަށް އަވަހަށް ވިހައިފާނެކަމެކެވެ.

- ދަށްބަނޑަށް ބާރު ބޮޑުވުން ( ދަރިފުޅު ތިރިއަށް ފައިބާހެން ހީވުން )، އުނަގަޑާއި ދިމާލުން ބުރިކަށްޓާއި ޅީކަށިގަޑާއި ދިމާލު ރިއްސުން ( ހާއްސަކޮށް މިއީ ކުރިން ދިމާނުވާ ކަމެއްނަމަ)، މައްސަރުކަންތައް ދިމާވާއިރު ވާގޮތަށް ބަނޑަށް އުދަގޫވެފައި ހުރުން ނުވަތަ ބަނޑުގައި ރިއްސުން، ބަނޑަށް 37 ހަފުތާވުމުގެ ކުރިން ގަޑިއެއްގެ އިރުތެރޭ 4 ފަހަރަށްވުރެ ގިނައން ރަހިމަފިތޭހަން ހީވެ ނުވަތަ ބަނޑަށް ވާންވެ ދޫވުން.

- ކުޑަކަމުދާއިރު ތަދުވުން، ގިނިނެގުން، ކުޑަކަމުނުދެވުން ނުވަތަ މާމަދުން ކުޑަކަމުދެވުން.

- މާބޮޑަށް ނުވަތަ މެދުނުކެޑި ހޮޑުލެވުން. ނުވަތަ ހޮޑުލެވުމާއެކު ތަދުވުން ނުވަތަ ހުންއައުން.

- ބަލިވުމާއެކު ހަށިގަނޑުގެ ހޫނުމިން 100 ފެރަންހައިޓު ނުވަތަ 37.7  ޑިގުރީއަށްވުރެ ހޫނުމިން މައްޗަށް ދިއުން.

- ލޮލުގެ ފެނުމަށް ބަދަލުއައުން. މިސާލަކަށް ޑަބަލްކޮށް ފެނުން، ލޮލަށްނުފެނުން، ކުރިމަތިން އަލި ތިކިތަކެއް ދާތަން ފެނުން.

- މާބޮޑަށް ނުވަތަ މެދުނުކެޑި ބޮލުގައި ރިއްސުން ނުވަތަ ބޮލުގައި ރިއްސުމާއިއެކު ލޮލުގެ ފެނުން ދަށްވުން، ލޮލަށް ނުފެނުން، ވާހަކަ ދައްކަން އުދަގޫވުން ނުވަތަ އައްސިވުން.

- މޫނުގެ އެއްވެސް ހިސާބެއް ދުޅަވެ ފޮއްސިވުން، ލޮލުގެ ވަށައިގެން ދުޅަވެ ފޮއްސިވުން، ދެއަތް ދުޅަވެ ފޮއްސިވުން، މާބޮޑަށް ނުވަތަ ކުއްލިގޮތަކަށް ދެފަޔާއި ދެފައިގެ ކުޑަހުޅު ދުޅަވެފޮއްސިވުން، މާބޮޑަށް ހަށިގަނޑު ބަރުވުން ( ހަފުތާއެއްގެ ތެރޭ ދޮޅުކިލޯއަށްވުރެ ބޮޑަށް ބަރުވުން.)

- މާބޮޑަށް ނުވަތަ މެދުނުކެޑި ފައިގާ ރިއްސުން ނުވަތަ ކުޑަކަޅުވާގައި ރިއްސުން، އަދި މިރިއްސުން ފައިތިލައާއި އިނގިލިތަށް މައްޗަށްވާގޮތަށް ހަރަކާތް ކުރުމުން ނުވަތަ ހިއްލުމުންވެސް ކުޑަނުވުން، ހިނގާލުމުން އެއްފަޔަށްވުރެ މާބޮޑަށް އަނެއްފައި ދުޅަވެ ފޮއްސިވުން.

- ބަނޑަށް އަނިޔާއެއްވުން.

- އަބުރައިގަނެގެން ވެއްޓުން، ބޯއަބުރައިފައި ހުރުން، ކުއްލިގޮތަކަށް މެއިން ގިނިނަގަން ފެށުން ނުވަތަ ހިތުގެ ހިގުން މާބޮޑަށް އިހުސާސް ކުރެވެން ފެށުން.

- ނޭވައިލާން އުދަގޫވުން، ކެއްސާއިރު ލޭހުރުން، މޭގައި ރިއްސުން.

- ބަނޑުގައި ރިއްސުމާއެކު މާބޮޑަށް ބަނޑުހިކި ބޮޑުކަމުދާން އުދަގޫވުން ނުވަތަ 42 ގަޑިއިރަށްވުރެ ގިނަ އިރު ބޭރަށް ހިންގުން.

- ހިރުވުމާއިއެކު ކެހުން ހާއްސަކޮށް ފައިގެ އިނގިލިތައް، ފައި، އަތް، އަތްތިލަ، ފައިތިލައިގައި ހިރުވުމާއިއެކު ކެހުން.

- މާބަނޑާއި ގުޅުމެއް ނެތްނަމަވެސް ސިއްހީގޮތުން ދިމާވާ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ޑޮކުޓަރަށް ދައްކާށެވެ. އެއީ ރޯގާޖެހުންފަދަ ކަމެއް ވިޔަސް އަދި ނޭވާހިއްލުން ފަދަ ކަމެކއް ވިޔަސް ޑޮކުޓަރަށް ދައްކާށެވެ.

އަދި އިސްވެދިޔަ އަލާމާތްތައް ނޫނަސް އެއީ ރައްކާތެރި ނުވަތަ ނުރައްކާތެރި އަލާމާތެއްކަން ޔަގީން ނުވާ ކޮއްމެ ކަމެއް ދިމާވިޔަސް ޑޮކުޓަރަށް ދެއްކުމުގައި އަދި ޑޮކުޓަރުގެ ލަފާ ހޯދުމުގައި ފަރުވާ ކުޑަނުކުރާށެވެ. ބަލިވެއިނުމުން ހަށިގަނޑު ދާނީ ވަރަށް އަވަހަށް ބަދަލުވަމުންނެވެ. ވުމާއެކު ފެންނަ ވަރަށް ގިނަ އަލާމާތްތަކާއި މެދު ޝައްކު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކޮންމެ ހާލަތެއްގައިވެސް އެންމެ ރަނގަޅު ގޮތަކީ ޑޮކުޓަރުގެ މަޝްވަރާ ހޯދުމެވެ.

އަދި ވިހާނެކަމަށް ލަފާ ކޮއްފައިވާ ދުވަސް ގާތްވެފައިވާ ނަމަ ވިހެއުމުގެ އަލާމާތްތައް އޮޅުން ފިލުވާށެވެ. އަދި ޑޮކުޓަރަށް ދައްކަންވީ ކޮންކޮން އަލާމާތްތަކެއް ފެނުމުންކަން ޑޮކުޓަރުކުރެން އޮޅުން ފިލުވާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.