ހޯމަ20180917

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުމުގައި ރައްކާތެރިވާން ޖެހޭ ކަންތައްތައް

މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުމުގައި ރައްކާތެރިވާން ޖެހޭ ކަންތައްތައް

samaaluva-kanthai-90 މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުމަކީ ރައްކާތެރި ކަމެއްތަ؟

އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު އިތުރު އުދަގޫތަކެއް ނުވާނަމަ ޖިންސީ ގުޅުން ހިންގުމުގައި ނުރައްކަލެއް ނޯވެއެވެ. ޖިންސީ ގުޅުން ހިންގުމަކީ އޭގެ ޒަތުގައި މައިމީހާއަށް އަދި ދަރިފުޅަށްވެސް ގެއްލުމެއް ހުރިކަމެއް ނޫނެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަނީ ފެން ދުއްޔެއްގެ ތެރޭގައި ރައްކާތެރިކޮށެވެ. މީގައިތުރުން ރަހިމުގެ ފަށަލަތަކުންވެސް ދަރިފުޅު ހިމާޔަތް ކުރުމުގެ ރޯލު އަދާ ކުރެއެވެ. އަދި ރަހިމުގެ ކަރުގައި އުފެދިފައިހުންނަ މިއުކަސް ޕްލަގު ނުވަތަ ލޮންޖަކީ ގައިންގަޔަށް އަރާ ބަލިތަކުން ދަރިފުޅު ހިމާޔަތް ކުރުމުގެ ރޯލު އަދާ ކުރާއެއްޗެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ޖިންސީ ގުޅުން ހިންގުމުގައި ރައްކާތެރިވާން ޖެހެއެވެ. އެއީ މާބަނޑު ދުވަސްވަރު ނޫނަސްވެހެވެ.

ޖިންސީ ގުޅުން ހިންގުމުން ދުރުހެލިވާން ޖެހެނީ ކޮންކޮން ހާލަތްތަކެއްގައި؟

ތިރީގައިއެވާ ބަލިތަކުގެ ތެރެއިން ބައްޔެއް ނުވަތަ އަލާމާތެއް ވާނަމަ މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުމުން މުޅިން ދުރުހެލިވާން ޖެހޭނެއެވެ.

- ނުބައިތަނެއްގައި މަސް އުފެދުން (Placenta previa)

- ކުރިން އެއްވެސް ފަހަރެއްގައި ދުވަސް ނުފުރައި ވިހެއުން.

- ކުރިމަތިފަރާތުން ސަބަބުނޭގޭ ލެޔެއް ނުވަތަ ތެތްމާއްދާއެއް ފޭބުން.

- ބަނޑުގައި ރިއްސުން.

- ރަހިމުގެ ކަރުގައި އެކަށީގެންވާވަރަށް ނުބެދުން.

- ރަހިމުގެ ކަރު ފުޅާވުން.

- ފެންދުލި ފަޅައިގެން ދިޔުން.

- ދެމަފިރިންކުރެ މީހަކަށް ހެރޕީޒް ޖެހުން.

- ދެމަފިރިންކުރެ މީހަކަށް ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިންގަޔަށް އަރާ ބައްޔެއް ޖެހުން.

މީގެއިތުރުން ޖިންސީ ގުޅުން ހިންގާއިރު ނުވަތަ ހިންގުމަށް ފަހު ތަދުވާނަމަ ނުވަތަ ދިޔާއެއްޗެތި ފައިބާނަމަ ޑޮކުޓަރެއްގެ މަޝްވަރާއާއި ނުލައި ޖިންސީ ގުޅުން ނުހިންގާށެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.