އާދީއްތަ20201018

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ކުރިމަތިފަރާތުން ލޭ ފެއިބުން

މާބަނޑު ދުވަސްވަރު ކުރިމަތިފަރާތުން ލޭ ފެއިބުން

kurimathee-faraathun-123މާބަނޑު ދުވަސްވަރު ކުރިމަތިފަރާތުން ލޭ ފައިބަނީ ކީއްވެ؟

ބަލިވެއިނުމަކީ ހަށިގަނޑުގައި ލާ ވަރަށް ބޮޑުތަން އިތުރުވާ ކަމެކެވެ. ވުމާއެކު ކުރިމަތި ފަރާތުން ލޭ ފެއިބުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެކެވެ. އާއްމުގޮތެއްގައި ލޭ ފައިބާ ސަބަބުތައް ތިރީގައި އެވަނީއެވެ.

1- ގަރުބަ ގަންނަވަގުތު ލޭފެއިބުން

މިހެން ދިމާވަނީ އާއްމުގޮތެއްގައި މައްސަރުކަންތައް ދިމާވާނެ ކަމަށް ބެލެވޭ ދުވަހާއި ވަރަށް ގާތުގައެވެ. އެއީ ބިހާއި ދަރިފަނި ގުޅުމަށްފަހު އުފެދެންފަށާ ދަރިފުޅު ރަހިމާއި ގުލޭވަގުރު ނުވަތަ ރަހިމުގެ ހަތާތަކުގެ ތެރެއަށް ވެޑިގެންދާ ވަގުތު ފައިބާ ލެއެކެވެ. މިހެންވަނީ ރަހިމާއި ދަރިފުޅު ގުޅޭވަގުތަކީ ރަހިމުގައި ވަރަށް ގިނައިން ލޭ ދަރުރުކުރާ ވަގުތަކަށް ވުމުންނެވެ. އެއީ މިހާއި ދަރިފަނި ގުޅޭތޭ ގާތްގަޑަކަށް 11 ނުވަތަ 12 ދުވަސް ފަހުންނެވެ. އަދި ބައެއްފަހަރު ބިހާއި ދަރިފަނި ގުޅޭތާ 6 ވަނަ ދުވަހުން ފެށިގެން ލޭ ފެއިބުމަކީވެސް ވެދާނެ ކަމެކެވެ. އެއީ ބިސް ރަހިމުގެ އެތެރޭގެ ހަތާތަކުގައި ކޭތެމުން ދިއުމުގެ ސަބަބުން ފައިބާ ލެއެވެ. މިގޮތަށް ފައިބާ ލެއަކީ ވަރަށް މަދު ލެއެކެވެ. އަދި ލޭފައިބާނީ އެއްދުވަސް ދެދުވަހަށް ވުރަ ގިނަ ދުވަހަކު އާއްމުގޮތެއްގައި ލެއެއް ނުފައިބާނެއެވެ.

2- ބައިގެން ދިއުން އަދި ރަހިމުން ބޭރުގައި ގަރުބަ ގަތުން

ކުރިމަތިފަރާތުން ލޭ ފެއިބުމަކީ މި ދެކަމުގައިވެސް އެންމެ ފުރަތަމަ އަލާމާތް ތަކުގެ ތެރެއިން އަލާމާތެކެވެ. ހާއްސަކޮށް ބަނޑުގައި ރިއްސައިފައި ލޭ ބައިބައިފިނަމައެވެ. ގާތްގަޑަކަށް ބަލިވެ އިންނަ މީހުންބގެ ތެރެއިން ހަތަރުބައިކޮށްފައި އެއްބައި މީހުންނަށް ބަނޑަށް ކުރީކޮލުގައި ކުރިމަތިފަރާތުން ލޭ ފެއިބުން މެދުވެރިވެއެވެ. މީގެތެރެއިން ދެބައިކުޅައެއްބައި މީހުންނަކީ ދަރިފުޅު ބައިގެންދާ މީހުންނެވެ. ނަމަވެސް ސްކޭންކުރާއިރު ދަރިފުޅުގެ ހިތުގެ ހިގުން ފެނުމާއިއެކު ދަރިފުޅުގެ އުމުރުން 7-11 ހަފުތާވެފައިވާނަމަ ބައިގެން ނުގޮސް ދުވަސް ފުރައި ވިހެއުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިފަދަ ހާލަތުގައި ބައިގެން ދިއުމުގެ ފުރުޞަތު އޮންނަނީ ގާތްގަޑަކަށް %10 ގައެވެ.

3- ޖިންސީ ގުނަވަނމްތަކަށް ބައްޔެއް ޖެހުން.

ބައެއްފަހަރު މާބަނޑުމީހުންގެ ކުރިމަތި ފަރާތުން އަންނަ ލެޔަކީ ބަލިވެއިނުމާއި އެއްވެސް ގުޅުމެއް ހުރި ލެޔެއްނޫނެވެ. އެއީ ހަމައެކަނި ފަރުޖަށް ނުވަތަ ޖިންސީ ގުނަވަނަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ކަމުގައިވުމަކީ ވެދާނެ ކަމެކެވެ. ހާއްސަކޮށް ގޮނޯރިއާ ހާރޕީސް ފަދަ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިންގަޔަށް އަރާ ބަލިތަކުގެ ސަބަބުން ކަމުގައި ވުމަކީ ވެދާނެކަމެކެވެ. މިފަދަ ހާލަތުގައި ގިނަފަހަރަށް ލާއަންނާނީ ޖިންސީ ގުޅުން ހިންގުމަށް ފަހުގައެވެ.

4- ނުބައިތަނެއްގައި މަސް އުފެދުން، މަހުން ބައެއް ރަހިމުން ވަކިވުން

ހަތަރުމަހަށް ފަހު ނުވަތަ ހަމަހަށްފަހު ކުރިމަތިފަރާތުން އަންނަ ލެޔަކީ ފަހަރުގައި ވަރަށް ނުރައްކާތެރި ކަމެއްގެ ސަބަބުން އަންނަ ލެޔަކަށް ވުމަކީ ވެދާނެ ކަމެކެވެ. މިގޮތުން ފާހަގަ ކުރެވޭ ކަންތަކުގެ ތެރޭގައި ނުބައިތަނެއްގައި މަސް އުފެދފައި ހުރުމާއި މަހުން ބަޔެއް ރަހިމުން ވަކިވުން ހިމެނެއެވެ.

5- ވިހެއުން.

ބަނޑަށް 37 ހަފުތާއަށްފަހު ފެނާއި އެކު ލޭ ފައިބާނަމަ އާއްމުގޮތެއްގައި އެއީ ވިހެއުމުގެ އަލާމާތްތަކުގެ ތެރެއިން އަލާމާތެކެވެ.

6- ސަބަބެއް އެނގެން ނެތި ލޭ ފެއިބުން

ލޭފައިބާ ބައެއް ހާލަތްތަކަކީ އޭގަ ސަބަބު ސާފުކޮސް އެނގެން ނުހުންނަ ހާލަތްތަކެކެވެ. މިފަދައިން ދިމާވަ ގިނަފަހަރުތަކުގައި އެއްވެސް އިތުރު އުދަގުލެއް ގެއްލުމެއް ނެތި ދުވަސްފުރައި ވިހާނެއެވެ.

މީގެ އިތުރުން ޖިންސީ ގުޅުން ހިންގުމާއި ފަރުޖު ބަލައި ޗެކުކުރުމަކީ ވެސް ބައެއް ހާލަތްތަކުގައި މާބނޑު ދުވަސްވަރު ލޭފައިބާ ސަބަބުތަކެކެވެ.

ކުރިމަތިފަރާތުން ލޭ ފައިބާނަމަ ކަންތައް ކުރަން ޖެހޭނެ ގޮތަކީ ކޮބާ؟

ކުރިމަތިފަރާތުން ލޭފައިބާނަމަ ލަސްނުކޮށް ޑޮކުޓަރަށް ދައްކާށެވެ. އެއީ ލޭފެއިބުން ހުއްޓުނު ކަމަށް ވިޔަސްވެހެވެ. ފަހަރުގައި އެއީ ވަރަށް އާދައިގެ ކަމަކަށް ވެދާނެއެވެ. އަދި ފަހަރުގައި އެއީ ވަރަށް ނުރައްކާތެރި ސަބަބަކަށް ވުމަކީވެސް ވެދާނެ ކަމެކެވެ. ވުމާއިއެކު ޑޮކުޓަރަށް ދައްކައިގެން ސަބަބު ހޯދުން ބުއްދިވެރިވާނެއެވެ. އަދި ބަނޑުގައިވާ ދަރިފުޅު ހެއުހާލުގައިވާކަން ޔަގީން ކުރުން ވަރަށް މުހިއްމެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.