ހޮނިހިރު20201017

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު އެކްސްރޭ ނެގުމަކީ ރައްކާތެރި ކަމެއްތަ؟

މާބަނޑު ދުވަސްވަރު އެކްސްރޭ ނެގުމަކީ ރައްކާތެރި ކަމެއްތަ؟

xra-negun-kameitha-70މާބަނޑު ދުވަސްވަރު އެކްރޭ ނެގުމުގެ ރައްކާތެރިކަމާއި ނޫންކަން ބިނާވެގެންވަނީ ނަގާ އެކްސްރޭގެ ބާވަތާއި އެއިން ހަށިގަނޑަށް އަންނަ ރޭޑިއޭޝަނުގެ މިންވަރުގެ މައްޗަށެވެ. ހަށިގަނޑަށް އަންނަ ރޭޑިއޭޝަން އިތުރުވާ ވަރަކަށް އެކަމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ލިބޭ ގެއްލުން ބޮޑުވެއެވެ. ނަމަވެސް އާއްމުގޮތެއްގައި ނަގާ އާދައިގެ އެކްސްރޭއަކުން ދަރިފުޅަށް

ގެއްލުންވާ ވަރަކަށް ރޭޑިއޭޝަނެއް ހަށިގަނޑަކަށް ނުވަދެއެވެ. އެކްސްރޭ ނަގާއިރު ހަށިގަނޑަށް ވަންނަ ރޭޑިއޭޝަން 10 ރެޑަށް ނުވަތަ އެއަށްވުރެ މައްޗަށް އަރާނަމަ ދަރިފުޅަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ސިކުޑި އުނިވުން ނުވަތަ ގަމާރުވުމާއި ލޮލުގެ ފެނުން ދަށް ކުރުން ނުވަތަ ކަނުވުން ހިމެނެއެވެ. (ނޯޓް: ރެޑަކީ ހަށިގަނޑަށް ރޭޑިއޭޝަން ވަންނަ މިންވަރު ބަލާ މިންގަނޑަށް ކިޔާ ނަމެކެވެ.) ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭވަރުގެ ނުރައްކާތެރި ކަމެއްނޫނެވެ. އެއީ އާއްމުގޮތެއްގައި ނަގާ އެކްސްރޭ ތަކުން ހަށިގަނޑަށް ވަންނަ ރޭޑިއޭޝަންގެ މިންވަރު 5 ރެޑަށް ވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

މިސާލަކަށްބަލާނަމަ މައިމީހާގެ ދަތްޕިލާގެ އެކްސްރޭއަކުން ދަރިފުޅަށް ރޭޑިއޭޝަންގެ އަސަރު ކުރާ މިންވަރަކީ  0.01މިލިރެޑެވެ. ރެޑަކީ 1000 މިލިރެޑެވެ. މާނައަކީ ދަރިފުޅަށް 1 ރެޑުގެ ރޭޑިއޭޝަނުގެ އަސަރު ކުރާނީ މައިމީހާ ދަތްޕިލާގެ އެއްލައްކަ އެކްސްރޭ ނަގައިގެންނެވެ. މޭމަތީގެ އެކްސްރޭއަކުން ދަރިފުޅަށް ރޭޑިއޭޝަނުގެ އަސަރު ކުރާމިންވަރަކީ 60 މިލިރެޑެވެ. އަދި ބަނޑުގެ އެކްސްރޭއަކުން 290 މިލިރެޑުގެ އަސަރު ކުރެއެވެ. ސީޓީ ސްކޭނަކުން 800 މިލިރެޑުގެ އަސަރުކުރެއެވެ. އަދި އެއްވެސް އެކްސްރޭ އެއް ނުނެގިނަމަވެސް ބަނޑުގައި ދަރިފުޅުވާ 9 މަސްދުވަހުގެ ތެރޭގައި އިރުގެއަވިން ގާތްގަނޑަކަށް 100 މިލިރެޑުގެ ރޭޑިއޭޝަނުގެ އަސަރު ކުރެއެވެ.

އާދައިގެ އެކްސްރޭއަކުން ބަނޑުގައިވާ ދަރިފުޅަށް މާބޮޑު އަސަރެއް ނުކުރި ކަމުގައިވީނަމަވެސް އެދެވިގެންވަނީ މާބަނޑު ދުވަސްވަރު ކޮންމެހެން ނަގަންޖެހޭ އެކްސްރޭ އެއްފިޔަވައި ވިހެއުމުގެ ކުރިން ނުނެގުމެވެ. ނަމަވެސް ކޮންމެހެން ނަގަން ޖެހިއްޖެ އެކްސްރޭ އެއް ނެގުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އެހެނަސް އެކްސްރޭ ނެގުމގެ ކުރިން އެކްސްރޭ ނަގާ ޑޮކްޓަރަށް ތިމާއަކީ މާބަނޑު މީހެއްޖަން އެންގޭތޯ ބަލައި ޔަގިން ކުރާށެވެ. އަދި ނޭގޭނަމަ ބުނެދޭށެވެ. އެއީ މިފަދަ ހާލަތުގައި ރޭޑިއޭޝަނުގެ އަސަރު ކުޑަކުރުމަށް ޑޮޚުތަރު އެހީތެރިވެދޭނެއެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.