ބުރާސްފަތި20201112

އާކުރެވުނީ: 08:43:52

މާބަނޑު ދުވަސްވަރު ކޮފީ ބުއިން

maabadu-cofee-buin-32ބަލިވެއިނުމުން ކޮފީ ބުއިން ހުއްޓާލަން ޖެހޭނެތަ؟
ކޮފީ ގައި ހިމެނޭ ކެފެއިންނަކީ ރަހިމު ހުރަސްކޮށް ދަރިފުޅުގެ ހަށިގަނޑަށް ދަތުރު ކުރާ މާއްދާއެކެވެ. ދުވާލަކު 300 މިލިގުރާމަށްވުރެ ގިނައިން ކެފެއިން ބޭނުން ކުރުމަކީ ދަރިފުޅަށް ގެއްލުންވާ ކަމެކެވެ. ނަމަވެސް މިއަށްވުރެ މަދުން ބޭނުން ކުރުމަކުން ދަރިފުޅަކަށް ގެއްލުމެއް ނުލިބޭނެއެވެ. ވުމާއެކު މަދުފަހަރަކު ކޮފީ ތައްޓެއް ބުއިމަކުން ދަރިފުޅަކަށް ގެއްލުމެއް ނުލިބޭނެއެވެ.

އާއްމުގޮތެއްގައި 240 މިލިލީޓަރ ހުންނަ އާދައިގެ ކޮފީ ތައްޓެއްގައި 300 މިލިގުރާމްވަރު ކެފެއިން ހުންނާނެއެވެ. އެކިވައްތަރުގެ ކޮފީއާއި ބުއިންތަކުގައި ކެފެއިން ހުންނަވަރު ތަފާތެވެ. ވުމާއެކު ރަހަ މަޑުކޮށް ގިރާ އާދައިގެ ބޮޑު ކޮފީ ތައްޓެއްގައި 300 މިލިގުރާމްގެ ކެފެއިން ނުހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލިވެއިނުމުން ވަރަށް ގިނަމައިން ކޮފީ ބުއިން ހުއްޓަލައެވެ. ދަރިފުޅުގެ ސަލާމަތަށްތަކައި ބޮޑަށް އެދެވިގެންވަނީވެސް މިގޮތަށް ކޮފީ ބުއިން ހުއްޓާލުމެވެ.

މާބަނޑު ދުވަސްވަރު ގިނައިން ކޮފީ ބުއިމަކީ ނުރައްކަލެއް ވެދާނެ ކަމެއްތަ؟

ދުވާލަކު 300 މިލިގުރާމަށްވުރެ ގިނައިން ކެފެއިން ބައިގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރު ކުރާ ކަމެކެވެ. އަދި މިއީ ދުވަސް ނުފުރާ ވިހެއުމާއި ވިހާއިރު ހުންނަންޖެހޭ ބަރުދަން ދަރިފުޅުގެ ގައިގާ ނުހުރުން ފަދަ ކަންތައްތައްވެސް ދިމާވާ ކަމެކެވެ.

ދުވާލަކު 500 މިލިގުރާމަށްވުރެ ގިނައިން ކެފެއިން ބޭނުން ކުރުމަކީ ޠަބީޢީ ގޮތުން ހުންނަން ޖެހޭ ވަރަށްވުރެ ދަރިފުޅުގެ ހިތުގެ ހިގުމާއި ނޭވާލާވަރު އިތުރުވާ ކަމެކެވެ. އަދި ދަރިފުޅު އުފަންވުމަށްފަހު ހޭލައި އޮންނަވަގުތު އިތުރުވާ ކަމެކެވެ. މިއީ ދަރިފުޅު ބޮޑުވުމަށް ހުރަސްއަޅާ ކަންތައްތަކެކެވެ. ވުމާއެކު ކެފެއިން ގިނައިން ހުންނަ ކޮފީ، ސައި، ސޮޑާ، ޗޮކުލެޓު ފަދަ ކާނާ މާބަނޑު ދުވަސްވަރު ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކޮފީ ބުއިން ހުއްޓާލުމަކީ މައިމީހާއަށްވެސް މާބަނޑު ދުވަސްވަރު ދިމާވާ ވަރަށް ގިނަ އުދަގޫތަށް ކުޑަކޮށްދޭނެ ކަމެކެވެ. އެއީ ކެފެއިން ހުންނަ ކާނާ ބޭނުން ކުރުމަކީ މައިމީހާގެ ހިތުގެ ހިގުން އަވަސްވެ، ހަކަތަ އަންދާވަރު އިތުރުވެ، ނިދިމަދުވެ، ވިސްނަން އުދަގޫވެ އަދި ބޮލުގަރިއްސުން އިތުރުވާ ކަމެކެވެ. މީގެ އިތުރުން ބަނޑުގައި އެސިޑު އުފައްދާވަރު އިތުރުކޮށް މެއިންގިނިނެގުންވެސް ކެފެއިންގެ ސަބަބުން އިތުރުވެއެވެ. އަދި ކެފެއިން އަކީ ގުރުދާ ނުވަތަ ކިޑުނީ ފެން ފުރާނާވަރު އިތުރުކޮށް ކުޑަކަމުދާ އެއްޗެތިވެސް އިތުރު ކުރާ މާއްދާއެކެވެ. ވުމާއެކު އަވަސްއަވަހަށް ކުޑަކަމުދާން ޖެހުމާއި ހަށިގަނޑު ފެންމަދުވުމަކީވެސް ކޮފީފަދަ ކެފެއިން ހުންނަ ކާނާ ބޭނުން ކުރުމުން ދިމާވާ ކަމެކެވެ.

އިސްވެދިޔަ ކަންތައްތަކުގެ އިތުރުން ކޮފީއަކީ ފައިދާ ހުރި އެއްވެސް ކާނާއެއް ލިބޭ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ ކޮފީ ބުއިމަކީ ކަށީގައި ހުންނަ ކެލްސިއަމް މަދުކޮށް ކަށި ފީވާ ކަމެކެވެ. ބަނޑުބޮޑުވަމުންދާ ވަރަކަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ދާނީ އިތުރުވަމުންނެވެ. އެއީ ބަނޑުބޮޑުވަމުންދާ ވަރަކަށް ހަށިގަނޑުން ކޮފީ ފުޑުކުރާވަރު ދާނީ މަދުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ލޭގެތެރޭގައި ކޮފީ ނުވަތަ ކެފެއިން ހުންނަވަރު ދާނީ އިތުރުވަމުންނެވެ. އަދި ކެފެއިންގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ދަނީ އިތުރުވަމުންނެވެ.

ސަޔާއި ކޮފީގައި ކެފެއިންގެ އިތުރުން ފީނޯލް ކިޔާމާއްދާއެއްވެސް ގިނައަދަދަކަށް ހުރެއެވެ. މިއީ ހަށިގަނޑަށް ދަގަނޑު ނެގުމުގައި ހުރަސްއަޅާމާއްދާއެކެވެ. މިއީ މާބަނޑު އަންހެނުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. އެއީ އާއްމިގޮތެއްގައި ގިނަމާބަނޑު މީހުންނަކީ ހަށިގަނޑުގައި ހުންނަން ޖެހޭވަރަށްވުރެ ދަގަނޑު ހުންނަވަރު މަދު މައިންނެވެ. ވުމާއެކު ކޮފީ ސައި ބޭނުން ކުރާނަމަ ކާނާގައި ހުންނަ ދަގަނޑުގެ ބައިންވެސް ފައިދާއެއް ނުވެ ހަށިގަނޑަށް ނުނަގައި ނަޖިހާއެކު ބޭރުވެގެން ދާނެއެވެ. ވުމާއެކު ދަގަނޑުމަދުވުމުގެ ސަބަބުން ދިމާވާ ލޭމަދުވުމުގެ ނުރައްކާ މިފަދަ މައިންނަށް ދިމާވުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. ވީމާ ކޮފީ ސައި ބޭނުން ކުރާނަމަވެސް ކާވަގުތު ބޭނުން ނުކުރާށެވެ.

ކެފެއިން ހުންނަ ކާބޯތަކެއްޗަކީ ކޮބާ؟

ކެފެއިން އަކީ ވަރަށް ގިނަ ފިނި ބުއިންތަކުގައި ހިމެނޭ މާއްދާއެކެވެ. ކޮފީ، ސައި އަދި ކޯލާގެ އިތުރުން ޗޮކުލެޓުގައިވެސް ކެފެއިން ހުރެއެވެ. މީގެއިތުރުން ބޭނުން ކުރާ ވަރަށް ގިނަ ބޭހުގައުވެސް ކެފެއިން ހުރެއެވެ. ބޮލުގެ ރިއްސުމަށާއި ރޯގާއަށް އަދި އެލާޖީ ވުމުންދޭ ގިނަބޭސްތަކުގައި ކެފެއިން ހުންނާނެއެވެ. ކޮފީހުންނަވަރު އެކިބުއިން ތަކުގައި ވަރަށް ތަފާތެވެ.

ތިރީގައިވާ ތާވަލުގައި އެވަނީ އާއްމިގޮތެއްގައި ކެފެއިން ގިނައިން ހުންނަ ބައެއް ކާނާ އާއި އޭގައި ގާތްގަޑަކަށް ކެފެއިން ހުންނަ މިންވަރެވެ.

ކާނަ

މިންވަރު

ކެފެއިން ހުންނަވަރު

އާދައިގެ ކޮފީތައްޓެއް

240 މިލިލީޓަރ

100-300 މިލިގުރާމް

ކަޕަޗީނޯ ތައްޓެއް

60 މިލިލީޓަރ

40-70 މިލިގުރާމް

ޑިކެފެއިނޭޓަޑު ކޮފީ(ކެފެއިން އުނިކޮށްފައިވާ ކޮފީ)

240 މިލިލީޓަރ

1-8 މިލިގުރާމް

ސައި ތައްޓެއް 240 މިލިލީޓަރ 30-175 މިލިގުރާމް
ކޮފީ އައިސްކުރީމް އެއްތަށި 8-85 މިލިގުރާމް
ފިނިބުއިންތައް 350 މިލިލީޓަރ 30-60 މިލިގުރާމް
ޗޮކުލެޓު ކިރު 240 މިލިލީޓަރ 2-7 މިލިގުރާމް
ކިރު ޗޮކުލެޓު 30 ގުރާމް 1-15 މިލިގުރާމް
ކަޅު ޗޮކުލެޓު 30 ގުރާމް 5-35 މިލިގުރާމް
ޗޮކުލެޓު ބުއިންތައް 30 މިލިލީޓަރ 8 މިލިގުރާމް

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.