ހޯމަ20200921

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު އުރަމައްޗަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރު އުރަމައްޗަށް އަންނަ ބަދަލުތައް

uramachai-anna-badhalu-27* މާބަނޑު ދުވަސްވަރު އުރަމަތީގައި މާބޮޑަށް ރިއްސަނީ ކީއްވެ؟

* ރިއްސުމުގެ އިތުރުން އުރަމައްޗަށް އަންނަ ބަދަލުތަކަކީ ކޮބާ؟

* އުރަމަތީގެ ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތަކަކީ ކޮބާ؟

މާބަނޑު ދުވަސްވަރު އުރަމަތީގައި މާބޮޑަށް ރިއްސަނީ ކީއްވެ؟

ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާއިއެކު އުރަމަތީގެ ހަތާތަކާއި ލޭގެ ހިގުމަށް ވަރަށް ބޮޑެތި ބަދަލިތައް އާދެއެވެ. ވުމާއިއެކު އުރަމަތިބޮޑުވެ އިހުސާސް ގަދަވެއެވެ. މިއީ ވަރަށް ގިނަ އަންހެނުންނަށް މައްސަރުކަންތައް ދިމާވާއިރުވެސް ދިމާވާ ކަމެކެވެ.

އާއްމުގޮތެއްގައި އުރަމަތި ބޮޑުވެ ރިއްސުމަކީ ބަލިވެއިނުމުން އެންމެ ފުރަތަމަ ދިމާވާ އަލާމާތް ތަކުގެ ތެރެއިން އަލާމާތެކެވެ. އާއްމުގޮތެއްގައި މިކަން ފެށެނީ ބަނޑަށް 4-6 ހަފުތާގައެވެ. އަދި ފުރަތަމަ 3 މަސް ނިމެންދެން މިކަން ދެމިހުރެއެވެ.

ރިއްސުމުގެ އިތުރުން އުރަމައްޗަށް އަންނަ ބަދަލުތަކަކީ ކޮބާ؟

ގާތްގަނޑަކަށް ބަނޑަށް 8 ހަފުތާގައި އުރަމަތި ބޮޑުވާން ފަށައެވެ. އަދި ވިހަންދެން އުރަމަތި ދާނީ ބޮޑުވަމުންނެވެ. ހާއްސަކޮށް އަލަށް ބަލިވެއިންނަ މައިންގެއެވެ. މިގޮތަށް ބޮޑުވާ ބޮޑުވުމުގެ ސަބަބުން އުރަމަތީގައި ކެހުން އިތުރުވުމަކީ ވަރަށް ގާތް ކަމެކެވެ. އެއީ އާދަޔާ ޚިލާފަށް އަވަހަށް އުރަމަތީގެ ހަތާތަށް އިތުރުވެ ބޮޑުވަމުންދާއިރު އެއަވަސްމިނުގައި އުރަަމަތީގެ ހަންގަޑު ގިނަފަހަރަށް ބޮޑެއް ނުވެއެވެ. ވުމާއެކު ހަންގަނޑު ދެމި ހުދުކުލައެއްގެ ރޮގުތަކެއް އުރަމަތީގައި އުފެދެއެވެ. ކަހަނީ މިތަންތަނުގައެވެ.

އުރަމަތި ބޮޑުވެ ހަނގަނޑު ދެމި ވާންވުމުގެ އިތުރުން ހަންގަނޑުގެ އަޑިން ލޭހޮޅިތައްވެސް ފެނުމަކީ މާބަނޑުމީހުންގެ އުރަމައްޗަށް ދިމާވާ ކަމެކެވެ. އަދި ވައްގަޑު ބޮޑުވެ ކުލަގަދަވެގެންދާނެއެވެ. އަދި ވައްގަނޑުގެ ވަށައިގެންވާ އަދިރިހަންގަނޑު އިތުރަށް ބޮޑުވެ ކުލަ އަދިރިވެ ކުދި ބިހިތަކެއް ވައްތަރު ގޮށްތަކެއް އުފެދުމަކީވެސް މާބަނޑު މީހުންގެ އުރަމައްޗަށް ދިމާވާ ކަމެކެވެ.

މިކުދި ގޮށްތަކަކީ ބަލިވެއިނުމުގެ ކުރިންވެސް ހުންނަ ގޮށްތަކެކެވެ. ނަމަވެސް ފާލުކޮށް ފެންނަނީ ބަލިވެއިނުމަށްފަހު އިތުރަށް ބޮޑުވުމުގެ ސަބަބުންނެވެ. މިގޮށްތަކަށް ކިޔަނީ މޮންޓްގްމެރީޒް ގުލޭންޑެވެ. މިއީ ގާތުންދޭއިރު ދަރިފުޅުގެ ތުންފަތް ޖެހޭހިސާބު ތެއުކޮށް ބެހެއްޓުމަށްޓަކައި ތެއު ބޭރުކުރާ ގޮށްތަކެކެވެ.

ގާތްގަޑަކަށް ބަނޑަށް ތިންމަހުގައި ރީދޫ ކިރު އުރަމަތީގައި އުފެދެން ފަށައެވެ. އަދި ބައެއް އަންހެނުންގެ އުރަމަތިން މިދުވަސްވަރުން ފެށިގެން ރީދޫ ކިރުބޭރުވުމަކީ ވެދާނެ ޠަބީޢީކަމެކެވެ. އަދި ބައެއް އަންހެނުންގެ ބޭރުނުވުމަކީވެސް ވެދާނެ ކަމެކެވެ.

އުރަމަތީގެ ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތަކަކީ ކޮބާ؟

މިކަމަށް އެންމެފަސޭހަ އެންމެ ރަނގަޅު ގޮތަކީ ރަނގަޅަށް އުރަމަތި ހިފެހެއްޓިފައި ހުންނަކަހަލަ ކިރުހިއްޕިއެއް އެޅުމެވެ. ތިރިން ނަރުގަނޑު ލައިފައި ހުންނަ ކިރުހިއްޕި އެހާ ރަނގަޅެއް ނުވާމެއެވެ. ވައްގަޑާއި ދިމާލުން ބާރުނޫން ކޮޓަން ފޮތީގެ ކިރުހިއްޕި ރަނގަޅުވާނެއެވެ. މިހާރު ބައެއް ފިހާރަތަކުން މާބަނޑު މީހުންނަށް ހާއްސަ ކިރުހިއްޕި ލިބެން ހުރެއެވެ. މިފަދަ ކިރުހިއްޕި އެއް ވަރަށް ރަނގަޅުވާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.