އަންގާރަ20181106

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މައިމީހާގެ ނިދި މަދުވުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެ ކަމެއްތަ؟

މައިމީހާގެ ނިދި މަދުވުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެ ކަމެއްތަ؟

mai-meeha-nidhi-madhuvumakee-134މައިމީހާ ރަނގަޅަށް ނުނިދުމަކީ ބަނޑުގައިވާ ދަރިފުޅު ނުނިދައި ހޭލައި ހުންނަން ސަބަބަކަށް ނުވެއެވެ. އަދި ކިއެއްތަ މައިމީހާ އެންމެ ރަނގަޅަށް ހޭލައި ހުންނައިރު ބަނޑުގައިވާ ދަރިފުޅު ގަދައަށް ނިދައިފައި އޮތުމަކީ ވެދާނެ ކަމެކެވެ. މައިމީހާ ނިދާގަދިއާއި ބަނޑުގައިވާ ދަރިފުޅު ނިދާގަޑިއާއި ގުޅުމެއްނެތީ ކީއްވެގެންކަން އެކަކަށްވެސް ނޭގެއެވެ. އެންމެންވެސް ދަންނަ ހަގީގަތަކީ ބަނޑުގައިވާ ދަރިފުޅަށް ނިންޖަކީ ވަރަށް މުހިއްމު އެއްޗެއްކަމެވެ.

މައިމީހާއަށް ނިދިން ހޭލެވޭކަހަލަ ކޮންމެ އަޑަކީ ބަނޑުގައިވާ ދަރިފުޅަށް ހޭލެވޭ ކަހަލަ އަޑަކަށް ނުވެދާނެއެވެ. އެއީ މައިމީހާގެ ބަނޑުގެ މަސްތަކާއި ރަހިމުގެ މަސްތަކާއި އަދި ރަހިމުގައިވާ ފެނުގެ ސަބަބުން ބޭރުން އިވޭ އަޑުތައް ދަރިފުޅަށް ފޯރާނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް މިފަދަ އަޑުތަކަކީ ދަރިފުޅަށް މުޅ:ިން ނީވޭ އަޑުތަކެއް ނޫނެވެ. މިސާލަކަށް ކުއްލިއަކަށް ބާރު އަޑެއް އިވުމަކީ ދަރިފުޅު ނިދިން ހޭލެވި ބައެއްފަހަރު ސިހުން ލިބޭ ކަމެކެވެ. މިފަދަ ބައެއް ހާލަތުގައި ދަރިފުޅުގެ ފައިން މައިމީހާގެ ބަނޑުގައި ޖަހާ ޖެހުން ވަރަށް ރަނގަޅަށް ގިނަފަހަރު މައިމީހާއަށް އިހުސާސް ކުރެވޭނެއެވެ. ހަމައެފަދައިން މައިމީހާ ގިނައިން ހަރަކާތްތެރިވެ އުޅުމަކީ ދަރިފުޅު ނިދިން ހޭލަފާނެ ކަމެކެވެ. އަދި ދަރިފުޅުގެ ނިދި މަދުވެދާނެ ކަމެކެވެ. މިއީ ދަރިފުޅު ބޮޑުވުމާއި ފުރިހަމަ ވުމަށް ހުރަސް އަޅާ ކަމެކެވެ.

މައިމީހާ ނިދިމަދު ވުމަކީ ދަރިފުޅަށް ގެއްލުން ހުރި ކަމެކެވެ. އެއީ މިއީ މައިމީހާގެ އަމަލުތަކަށް އުނިކަންގެނެސްދީ ކުރާކަންތައްތައް ރައްކާތެރި ކަމާއިއެކު ކުރަން ދަތިވާނެ ކަމެކެވެ. މިފަދަ ހާލަތުގައި ކުރެވޭ ނުރައްކާތެރި ކަމެއްގެ އަނގު ބަނޑުގައިވާ ދަރިފުޅު ދައްކަން ޖެހުމަކީ އެއްވެސް މަޔަކު އެނދޭނެ ކަމެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.