Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ކޮބާ؟ އަދި އެކަން އެނގޭނީ ކިހިނެއް؟

މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ކޮބާ؟ އަދި އެކަން އެނގޭނީ ކިހިނެއް؟

massaru-kanthai-127މައްސަރުކަންތައް އިންތިޒާމު ނުވުމަކީ އެކިފަހަރު އެކި ދުރުމިނުގައި މައްސަރުކަންތައް ދިމާވުމެވެ. އާއްމުގޮތެއްގައި މައްސަރުކަންތައް ދިމާވަނީ ކޮންމެ 24 ދުވަހަކާއި 35 ދުވަހައި ދެމެދުގައެވެ. ކޮންމެ 24 ދުވަހަކުން މައްސަރު ކަންތައް ދިމާވާ މީހަކަށް މައްސަރުކަންތައް ދިމާނުވެ އެއްވުރެ ގިނަ ދުވަސް ވުމަކީ އެމީހެއްގެ މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ. ނުވަތަ މައްސަރު ކަންތައް އެއްފަހަރު 30 ދުވަހުން ވެފައި އަނެއްފަހަރު 24 ދުވަހުން ނުވަތަ 35 ދުވަހުން ވުމަކީވެސް މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ.

އެއީ ޠަބީގޮތުން އިންތިޒާމުކޮށް މައްސަރު ކަންތައް ދިމާވާ މީހަކަށް މައްސަރު ކަންތައް ދިމާވާނީ އަބަދުވެސް އެއްދުރު މިނެއްގައެވެ. ނަމަވެސް އެއްދުވަސް ނުވަތަ ދެދުވަސްވަރު ތަފާތުވުމަކީ ޠަބީއީ ކަމެކެވެ.

މައްސަރު ކަންތައް ދިމާވާ ދުރުމިން ބަލާނީ އެއްފަހަރު ލޭފައިބާން ފެށި ދުވަހުން ފެށިގެން ޖެހިގެން އަންނަ ފަހަރު ލޭފައިބާދުވަހާއި ހަމައަށް ވީ ދުވަސް ގުނައިގެންނެވެ.

Comments