ހޮނިހިރު20201017

އާކުރެވުނީ: 08:43:52

އޮށާޅައާއި ބިހިނެގުން

oshaalha-aa-bihi-negun-18* ބަލިވެއިނުމުން އޮށާޅައާއި ބިހި ނެގުން އިތުރުވޭތަ؟

* މިކަމަށް އެޅިދާނެ ފިޔަވަޅަކީ ކޮބާ؟

ބަލިވެއިނުމުން އޮށާޅައާއި ބިހި ނެގުން އިތުރުވޭތަ؟

އާއްމުގޮތެއްގައި އޮށާޅައާއި ބިހި ނެގުމަކީ ފުރާވަރަށް އަރައިގެން އަންނައިރު ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ހަމައެފަދައިން ބަލިވެއިނުމަކީވެސް މިކަން އިތުރުވެގެންދާ ކަމެކެވެ. މިހެންވަނީ ބަލިވެއިދެހެން އަންނަ ދުވަސްވަރު ހަށިގަނޑުގައި އިތުރުވެގެންދާ އެންޑްރޯޖިން ހޯމޯނުގެ ސަބަބުންނެވެ.

މިހޯމޯން އިތުރުވުމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ސިބޭކަސް ގުލޭންޑުތައް ބޮޑުވެއެވެ. އަދި މިއިން ތެޔޮކޮށް ހުންނަ ސީބަމް ކިޔާ މާއްދާއެއް ވަރަށް ގިނައިން އުފައްދައެވެ. ވުމާއިއެކު ހަންގަނޑުން މަރުވަމުންދާ ހަތާތަކާއި ހިރަފުހާއި މިމާއްދާ އެކުވެ އިސްތަށިތަކުގެ ބުޑުގައިހުންނަ ހަރު ނުވަތަ ހޮހަޅަތަކުގެ ދޮރުތައް ބައްދާލައެވެ. ނަތީޖާއަކަށްވަނީ ބެދިފައިހުންނަ ހޮހަޅަތަކުގެ ތެރޭގައި ގިނައަދަދަކަށް ބެކްޓިރިއާތައް އިތުރުވުމެވެ. ވުމާއިއެކު ހަންގަޑުފުއްޕައި ބިހި ނުވަތަ އޮށާޅަ އުފެދި ދޮސްލާގޮތް ވެއެވެ.

މިކަމަށް އެޅިދާނެ ފިޔަވަޅަކީ ކޮބާ؟

މިކަން އެއްކޮށް ހުއްޓުވުމަކީ ދަތި ކަމެކެވެ. ނަމަވެސް މިކަމުގެ އުދަނގޫ ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.

- ދުވާލަކު ދެފަހަރުވަރު ސައިބޯނިލައިގެން މޫނު ރަނގަޅަށް ދޮންނާށެވެ.

- ލޯޝަނެއް ބޭނުން ކުރާނަމަ އެއީ ތެޔޮ ނުހުންނަ ލޯޝަނެއްތޯ ބަލައި ޔަގީން ކުރާށެވެ. ތެޔޮހުންނަ ލޯޝަން ލުމަކީ މިކަން އިތުރަށް ގޯސްވާނެ ކަމެކެވެ.

- ހަންގަޑު ވީހާވެސް ގިނައިރު ހިކިކޮށް ބަހައްޓާށެވެ.

- ބިހި ނުވަތަ އޮށާޅައަށް އެއްގޮތަކަށްވެސް ނުފިތާށެވެ. މިއީ މިކަން އިތުރަށް ގޯސްވާނެ ކަމެކެވެ.

- މޭކަޕެއް ބޭނުންކުރާނަމަ ތެޔޮ ނުހުންނަ މާއްދާއެއް ބޭނުން ކުރާށެވެ.

- މާގިނައިން ބިއްސާއި އޮށާޅަ ނަގާނަމަ ޑޮކުޓަރެއްގެ ލަފާ ހޯއްދަވާށެވެ.

 

އާއްމުގޮތެއްގައި އޮށާޅައާއި ބިހި ނެގުމަކީ ފުރާވަރަށް އަރައިގެން އަންނައިރު ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ހަމައެފަދައިން ބަލިވެއިނުމަކީވެސް މިކަން އިތުރުވެގެންދާ ކަމެކެވެ. މިހެންވަނީ ބަލިވެއިދެހެން އަންނަ ދުވަސްވަރު ހަށިގަނޑުގައި އިތުރުވެގެންދާ އެންޑްރޯޖިން ހޯމޯނުގެ ސަބަބުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.