އަންގާރަ20181120

އާކުރެވުނީ: 08:43:52

ރަހިމުން މަސް ވަކިވުން (Placental abruption)


  rahimun-masvakivun-78ރަހިމުން މަސް ވަކިވުމަކީ ކޮބާ؟

ނުވިހަނިސް ރަހިމުން މަސްވަކިވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ރަހިމުން މަސް ވަކިވާއިރު އެއްކޮށް ނުވަތަ ބައެއްވެސް ވަކިވެދާނެއެވެ. މިއީ ދަރިފުޅަށް ކާނާއާއި އޮކުސިޖަން ގެންގޮސް ދިނުން ހުއްޓުވާ ނުވަތަ މަދުކުރާ ކަމެކެވެ. އަދި ވަރަށް ގިނައިން ލޭބޭރުވުމަށްވެސް ދިމާވާ ސަބަބެކެވެ. މިއީ ދެނައިންނަށްވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި މިއީ ދަރިފުޅު ބޮޑުވުން ލަސް ކުރުމާއި ދުވަސް ނުފުރައި ވިހެއުމާއި ވިހެއުމުގެ ކުރިން ދަރިފުޅު މަރުވުމުގެ ފުރުޞަތު ބޮޑު ކުރާ ކަމެކެވެ. މިގޮތަށް ދިމާވަނީ ބަލިވެއިންނަ 200 މީހުންގެ ތެރެއިން މީހަކަށެވެ. އަދި ގިނަފަހަރަށް މިހެން ދިމާވަނީ ބަނޑަށް 6 މަހަށް ފަހުގައެވެ. ނަމަވެސް 20 ހަފުތާއަށްފަހު ކޮންމެ ވަގުތަކުވެސް މިހެން ދިމާވެދާނެއެވެ.

ރަހިމުން މަސް ވަކިވެއްޖެނަމަ ފެންނާނެ އަލާމާތް ތަކަކީ ކޮބާ؟

އެންމެ އާއްމު އަލާމާތަކީ ކުރިމަތިފަރާތުން ލޭ ފެއިބުމެވެ. މިގޮތުން ކުޑަކުޑަ ލެއިފޮދެއް ނުވަތަ ވަރަށް ބައިވަރު ލޭ ފެއިބުމަކީވެސް ވެދާނެ ކަމެކެވެ. އަދި އެއްފަހަރާ ރާސްލާފައި ވަރަށް ބައިވަރު ލެއިތައް ފައިބައިގަތުމަކީވެސް ވެދާނެ ކަމެކެވެ. ނަމަވެސް ބައެއްފަހަރު ރަހިމުން ފައިބާ ލޭ ރަހިމާއި މަހާއި ދޭތެރޭ ހަރުލާފައި ހުރުމަކީ ވެދާނެ ކަމެކެވެ. ވުމާއެކު އެއްވެސް ލެޔެއް ކުރިމަތި ފަރާތުން ނުފެއިބުމަކީވެސް ވެދާނެ ކަމެކެވެ. ލޭފެއިބުމުގެ އިތުރުން ބައެއް މައިންނަށް ބުރަކަށްޓާއި ދަށްބަނޑުގައި ރިއްސުމަކީވެސް ވެދާނެ ކަމެކެވެ. އަދި ރަހިމުން މަސް ވަކިވާ މީހންގެ ތެރެއިން %25 މީހުން މިކަމުގެ ތެރޭގައި ދުވަސް ނުފުރައި ވިހައެވެ.

ރަހިމުން މަސް ވަކިވުމުން ފެންނަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހޭނެއެވެ. އަދި ދަރިފުޅާއި މައިމީހާ ފުރިހަމައަށް ބަލައި ޗެކު ކުރަން ޖެހޭނެއެވެ. މިގޮތުން ސްކޭން ކުރުމާއިއެކު ދަރިފުޅުގެ ހިތުގެ ހިގުން ރަނގަޅުތޯ ބަލަން ޖެހޭނެއެވެ. ރަހިމުންކުޑަކުޑަކޮށް މަސް ވަކިވެފައި ވާނަމަ ހަމައެކަނި ސްކޭން ކޮށްގެން ދެނެގަންނާކަށް ނޭގޭނެއެވެ. ވުމާއެކު ލޭއަންނަ ސަބަބު ބެލުމަށް ފުރިހަމައަށް މައިމީހަ ޗެކު ކުރަން ޖެހޭނެއެވެ. ކޮންމެ ފަދަ ސަބަބަކާއި ހުރެ ވިޔަސް 6 ވަނަ މަހަށް ފަހު ލޭއައިނަމަ އަދި މައިމީހާގެ ލެޔަކީ އާރްއެޗް ނެގެޓިވް ލޭނަމަ މައިމީހާއަށް އާރްއެޗް އިމިއުން ގުލޮބިއުލިން ދޭން ޖެހޭނެއެވެ.

ތިރީގައި އެވާ އަލާމާތްތަކުން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ދާށެވެ.

- ކުރިމަތިފަރާތުން ލޭ ފެއިބުން ނުވަތަ ފެންފައިބާއިރު ލޭ ކުލަ ހުރުން ( ގިނައިން ލޭފެއިބުމާއިއެކު ގައިގެ ވަރުދެރަވެ ހިތް ހިގުން އަވަސްވެ އަދި ދާހިއްލައި ގައިގެ ކުލަ ފަޑުވެ ނުވަތަ އަބުރައިގެންފި ނަމަ ވަގުތުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ދާށެވެ.)

- ރަހިމު، ދައްބަނޑު ނުވަތަ ބުރަކަށީގައި ރިއްސުން

- އިރުއުރުކޮޅާ ރަހިމު ހަރަކާތް ކުރުން ނުވަތަ މެދު ނުކެޑި ރަހިމު ހަރަކާތް ކުރުން.

- ކުރިން ބަނދުގައިވާ ދަރިފުޅު ތޮޅޭވަރަށް ނުތޮޅުން.

ރަހިމުން މަސްވަކިވެއްޖެ ނަމަ ކަންތައް ކުރަން ރަނގަޅު ގޮތަކީ ކޮބާ؟

ދުވަސް ފުރެން ގާތް ވެފައިވާނަމަ ރަނގަޅުގޮތަކީ އަވަހަށް އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގުމެވެ. އެއީ ކިތައްމެ ކުޑަކޮށް ރަހިމުން މަސް ވިޔަސްވެހެވެ. އެއީ ކިތައްމެ ކުޑަކޮށް ވަކިވިޔަސް ވަގުތާއިއެކު ވަކިވަމުންދާވަރު ދާނީ ބޮޑުވަމުންނެވެ. ރަހިމުން ކުޑަކުޑަކޮށް މަސް ވަކިވުމާއި އެކު ލޭވެސް ގިނައިން ނުފައިބާނަމަ އަދި ދެމައިންގެ ހާލު ރަނގަޅުނަމަ އޮޕަރޭޝަން ނުކޮށް ވިއްސުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ވިއްސަންވާނީ ހޮސްޕިޓަލުގައެވެ. އެއީ ކޮންމެ ވަގޮތެއްގައިވެސް ކޮންޓުރޯލު ކުރަން ދަތިވާވަރަށް ލޭ ފެއިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތުގެއި ލަސްނުކޮށް އޮޕަރޭޝަން ކުރަން ޖެހިދާނެއެވެ.

ރަހިމުން މަސް ވަކިވެފައިވަނީ ވަރަށް ކޮޑަކޮށް ކަމަށް ވެފައި ދުވަސް ފުރެން ވަރަށް ގިނަ ދުވަސް އޮތް ނަމަ މައިމީހައާއި ދަރިފުޅުގެ ސިއްހަތު ތަންދޭ މިންވަރަކުން ވިހެއުން ލަސް ކުރެވިދާނެއެވެ. އަދި ނުރައްކާވާނަމަ ދުވަސް ނުފުރުނަސް ވިއްސަން ޖެހިދާނެއެވެ. މިފަދަ ހާލަތުގައި ބަލާނީ ނުރައްކާ ބޮޑީ ކުރިން ވިއްސުމުންތޯ ނުވަތަ ރަހިމުން މަސް ވަކިވުމުންތޯއެވެ. އަދި ކަންތައް ކުރާނީ ދެގޮތުން ކުރެ ނުރައްކާ ކުޑަ ގޮތަކަށެވެ. އަދި މިފަދަ ހާލަތުގައި މައިމީހާއަށް ކޯޓިކޯ ސްޓިރޮއިޑް ދޭން ޖެހޭނެއެވެ. އެއީ ވިހެއުމުގެ ކުރިން ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ވިހެއުން ލަސް ކުރާނަމަވެސް ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭނެއެވެ. އަދި މެދުނުކެޑި މައިމީހާގެ ހާލާއި ދަރިފުޅުގެ ހިތުގެ ހިގުމާއި ހާލަތު ބަލަމުން ގެންދާން ޖެހޭނެއެވެ. އަދި ނުރައްކަލުގެ ފުރަތަމަ އިޝާރާތާއި އެކު ނުވަތަ ދަރިފުޅައި މައިމީހާގެ ހާލަތު ދަށަށް ދަމުން ދާނަމަ އަވަހަށް އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ.

ރަހިމުން މަސް ވަކިވެދާނެކަމުގެ ނުރައްކާ އެންމެބޮޑީ ކޮންކޮން މައިންނަކަށް؟

ވިހެމުގެ ކުރިން ރަހިމުން މަސް ވަކިވަނީ ކީއްވެގެންކަން ޔަގީންކޮށް ދަންނަވާކަށް ނޭގެއެވެ. ނަމަވެސް ރަހިމުން މަސް ވަކިވެދާނެ ކަމުގެ ނުރައްކާ ނުވަތަ ފުރުޞަތު ބޮޑު މީނުންނަކީ ތިރީގައި ބަޔާން ކުރެވިފައި އެވާ މައިންނެވެ.

- ކުރިން ފަހަރެއްގައި ވިހެއުމުގެ ކުރިން ރަހިމުން މަސް ވަކިވެފައި ވުން.

- ލޭމައްޗަށްދާ މީހަކު ބަލިވެއިނުން، ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުން

- ޕްރީއެކެމްޕްސިއާ ޖެހުން.

- ލޭގަޑުވުމުގައި މައްސަލައެއް ހުރުން.

- ކުރިން ފަހަރަކު ދުވަސް ނުފުރެނިސް ފެންދުލި (Water bag) ފަޅައިގެން ދިއުން.

- އެމްނިއޮޓިކު ފެން އުފެދޭވަރު އާދަޔާ ހިލާފަށް އިތުރުވުން

- ބަނޑަށް ކުރީކޮޅު ލޭ ފޭބުން.

- އެއްމާބަނޑު ކުދިންނަށް ބަލިވެއިނުން.

- ދުންފަތުގެ އިސްތިއުމާލު ކުރުން.

- މަސްތުވާ ތަކެތި ބޭނުން ކުރުން.

- ވަރަށް ގިނަ ކުދިން ވިހެއުން

- އުމުރުން ދުވަސްވުން.

- ރަހިމުގައި އައިބެއް ހުރުން.

- ރަހިމުގައި ފައިބްރޮއިޑެއް ހުރުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.