ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިހެއުމަށްފަހު ސާޅީސް ނުވަނީސް ޖިންސީ ޖުޅުން ހިންގުމަކީ ކޮންކަހަލަ ކަމެއް؟  

ވިހެއުމަށްފަހު ސާޅީސް ނުވަނީސް ޖިންސީ ޖުޅުން ހިންގުމަކީ ކޮންކަހަލަ ކަމެއް؟  

saalhees-nuvanees-35* މިއީ ސިއްހީގޮތުން ރައްކާތެރި ކަމެއްތަ؟

* މިއީ ދީނީގޮތުން ހުއްދަ ކަމެއްތަ؟

މިއީ ސިއްހީގޮތުން ރައްކާތެރި ކަމެއްތަ؟

ވިހާތަނުން ޖިންސީ ގުޅުން ހިންގުމަކީ ސިއްހީގޮތުން އެއްގޮތަކަށްވެސް ރައްކާތެރި ކަމެއް ނޫނެވެ. އެއީ ވިހެއީކަމުގައިވިޔަސް އަދި އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގިކަމުގައި ވިޔަސް ރައްކާތެރި ކަމެއް ނޫނެވެ. ވިހެއުމަށްފަހު ނުވަތަ ދަރިފުޅު ނެގުމަށްފަހު ރަހިމަށާއި ރަހިމުގެ ކަރަށް ވަރަށް ބޮޑެތި އަވަސް ބަދަލުތަކެއް އަންނަމުންދެއެވެ.

އަދި ވިހެއުމަށްފަހު ރަހިމުގެ އެތެރެ ހާއްސަކޮށް މަސް އިންތަން ހުންނާނީ ރޯ ފާރަށެވެ. ވުމާއެކު މިކަން ފަސޭހަވުމަށް ވަގުތު ބޭނުންވެއެވެ. މިފާރުތައް ފަސޭހަ ވުމުގެ ކުރިން ޖިންސީ ގުޅުން ހިންގުމަކީ ޖަރާސީމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ވަރަށް ފަސޭހައިން ޖެހިދާނެ ސަބަބެކެވެ.

ރަހިމުގައިވާ ފާރުތައް ފަސޭހަވަމުންދާއިރު ލޭނުވަތަ ދިޔާއެއްޗެތި ކުރިމަތިފަރާތުން ފައިބަމުންދާނެއެވެ. ރަހިމުގައިވާ ފާރުތައް ރަނގަޅުވުމަށް އާއްމުގޮތެއްގައި ތިންހަފުތާއާއި އަށްހަފުތާއާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ރަހިމުގެ ފާރު ފަސޭހަވަމުންދާ ވަރަކަށް ކުރިމަތިފަރާތުން ފައިބާ ދިޔާއެއްޗެތީގެ ކުލައިގެ ރަތްކަން ކުޑަވަމުންދާނެއެވެ. ސާފުރަތް ލޭފެއިބުން ހުޓުމުން މިފާރުތައް ފަސޭހަ ވުމަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. އަދި ކުރިމަތިފަރާތުން ފައިބާ އެއްޗެތި ފެއިބުން ހުއްޓުމުން ޖިންސީ ގުޅުން ހިންގިދާނެއެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ކުރިމަތިފަރާތް ވީދައިގެން ގޮސްފައިވާނަމަ ނުވަތަ ދަރިފުލު ބޭރުކުރުމަށް ކުރިމަތިފަރާތުން ފަޅާލައިފައިވާނަމަ ޖިންސީ ގުޅުން ނުހިންގައި ގިނަ ދުވަހު މަޑުކުރަން ޖެހިދާނެއެވެ.

ވިހާއިރު ކުރިމަތިފަރާތް ފަޅަން ޖެހިފައިވާނަމަ ނުވަތަ ވީދައިގެން ގޮސްފައިވާނަމަ އަދި ފުރަގަސްފަރާތް ވީދައިގެން ގޮސްފައިވާނަމަ އާއްމުގޮތެއްގައި މިތަންތަން ފަހަން ޖެހޭނެއެވެ. ވުމާއެކު ފަހާއފައިވާތަން ރަނގަޅު ވުމަށް ތިންހަފުތާ ނުވަތަ އެއަށް ވުރެ ގިނަދުވަސް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ފަހައިފައިވާ ތަނުގެ ބޮޑުކުޑަމިނުން މިއަށްވުރެ އަވަސްވެ ނުވަތަ ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. މިތަންތަން އެއްކޮށް ފަސޭހަވެ ރަނގަޅު ނުވަނިސް ޖިންސީ ގުޅުން ހިންގުމުން ސިއްހީގޮތުން ދިމާވާ ހަމައެކަނި މައްސަލައަކީ ތަދުވުން އެކައްޏެއް ނޫނެވެ. އަދި ޖަރާސީމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ޖެހުން އެކަންޏެއްވެސް ނޫނެވެ.

އަދި ކިއެއްތަ މިއީ މިތަންތަން ފަލާއިގެންވެސް ގޮސްދާނެ ސަބަބެކެވެ. އަދި ފަޅައިގެން ގޮސްފިނަމަ އަލުން ފަހަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަލުން ފަހަން ޖެހިއްޖެނަ ފަސޭހަވުމަށް ކުރިއަށްވުރެ ގިނަ ދުވަސް ނަގާނެއެވެ. ވުމާއެކު ވިހެއުމަށްފަހު 40 ދުވަސް ނުވަނިސް ޖިންސީ ގުޅުން ހިންގުމަކީ ސިއްހީގޮތުން އެދެވިގެން ވާކަމެއް ނޫނެވެ. އަދި ރައްކާތެރި ކަމެއްވެސް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ވިހެއުމަށްފަހު 40 ދުވަސް ވުމުން ޑޮކުޓަރަށް ދެއްކުމަށްފަހު ޑޮކުޓަރުގެ ލަފަޔާއި އެކު ޖިންސީ ގުޅުން ހިންގުމެވެ.

މިއީ ދީނީގޮތުން ހުއްދަ ކަމެއްތަ؟

ވިހެއުމަށްފަހު ކުރިމަތިފަރާތުން ފައިބާ ލެޔަށް ކިޔަނީ ނިފާސްކަމުގެ ލެޔެވެ. ނިފާސްކަމުގެ މުއްދަތާއި ބެހޭގޮތުން ދަންނަބޭކަލުންގެ މެދުގައި ހިޔާލު ތަފާތެވެ. ގިނަދަންނަބޭކަލުން އެއްބަސްވެ ލައްވާގޮތުގައި ނިފާސްކަމުގެ އެންމެ ކުޑަމިނެއް ނުހުރެއެވެ. ވިހެއުމަށްފަހު ލޭފެއިބުން ހުއްޓުމުން ނިފާސްގެ މުއްދަތު ނިމުނީއެވެ. އެއީ ހިދުކޮޅެއްގައި ލޭފއިބައިފާ ހުއްޓުނަސް ނިފާސް ކަން ނިމުނީއެވެ. ނަމަވެސް ބައެއް ދައްނަބޭކަލުން ވިދާޅުވާގޮތުގައި ނިފާސްކަމުގެ އެންމެ ކުރު މުއްދަތަކީ 15 ދުވަހެވެ. އެއީ މައްސަރު ކަންތަކުގެ އެންމެ ދިގު މިންވަރެވެ. އަދި އިމާމު ސުފިޔާނު އަލްޘައުރީ ވިދާޅުވާގޮތުގައި ނިފާސް ކަމުގެ އެންމެ ކުރު މުއްދަތަކީ 3 ދުވަހެވެ. ދަންނަ ބޭކަލުން އެއްބަސްވެ ލައްވާ ގޮތުގައި ނިފާސްކަމުގެ އެންމެ ދިގު މުއްދަތަކީ 40 ދުވަހެވެ.

ނިފާސްކަމުގެ ލޭފައިބާހާ ހިދަކު ޖިންސީ ގުޅުން ހިންގުމަކީ ކަޑައެޅިގެން ހަރާމް ކަމެއް ކަމުގައި ހުރިހާ ދަންނަ ބޭކަލުންގެ އިޖުމާޢުން އެއްބަސްވެލައްވައެވެ. އަދި ނިފާސް ކަމުގެ މުއްދަތުގައި ޖިންސީ ގުޅުން ހިންގުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އިމާމު ނަވަވީ ވިދާޅުވާ ގޮތުގައި ގަސްދުގައި މިކަން އެގިހުރެ ނިފާސްކަމުގެ މުއްދަތުގައި ޖިމާއު ވުމަކީ މުރުތައްދުވެ ދީނުން ބޭރުވުން ފަދަ ކަމެކެވެ. އަދި މިއީ ތައުބާ ވަން ޖެހޭނެ ކަމެކެވެ. އަދި ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިއީ ކައްފާރާވެސް ނެރެން ޖެހޭނެ ކަމެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.