އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.. މެއިން ގިނިނެގުން

މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.. މެއިން ގިނިނެގުން

mein-dhilanegun-106މިހެންދިމާވަނީ ކީއްވެ؟

މިއީ ބަލިވެއިނުމަށްފަހު ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 4 މަސް ވުމަށްފަހުގައެވެ. މިގޮތުން ކަރުގެ އެތެރެއިން ފެށިގެން ގިނިނަގާގޮތް ވެއެވެ. މިހެންދިމާވަނި ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. ވުމާއެކު ވިހަންދެންވެސް މިކަމުގެ އުދަގޫ ދޭތެރެދޭތެރެއިން ކުރަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.

ބަލިވެއިނުމުން ބަނޑުގައިވާ ދަރިފުޅުގެ މަހުން ގިނައަދަދަކަށް ޕްރޮޖެސްޓްރޯން ހޯމޯން އުފައްދައި މައިމީހާގެ ލޭގެތެރެއަށް ފޮނުވައެވެ. ނަތީޖާއެއްގެ ގޮތުން މައިމީހާގެ ހަށިގަނޑުގައިވާ ހޮޅިމަސް (smooth muscles) ތަކަށް ދޫޖައްސައިދެއެވެ. (މިއީ އެތެރެ ހަށީގެ ހޮޅިތަކުގައި ހުންނަ މަސްތަކެވެ. އެއީ ލޭހޮޅިތައް، ގޮހޮރު، ރަހިމު، މަސާނާ ފަދަތަންތަނުގައި ހުންނަ މަހެވެ.)

މީގެ މައިގަޑު ބޭނުމަކީ ރަހިމުގައި ވާދަރިފުޅު ބޮޑުވާއިރު ރަހިމަށް ދޫޖައްސައިދީ ބޮޑުކުށްދިނުމެވެ. ނަމަވެސް މިހޯމޯން އިތުރުވުމުގެ ސަބަބުން ކާއެއްޗެތި ދަތރުކުރާ ހޮޅިއާއި ގޮހޮރުވެސް ދޫޖެހި ފުޅާވާގޮތް ވެއެވެ. ހާއްސަކޮށް ކާއެއްޗެތި ގޮސް ގޮހޮރަށް ވަންނަ ހިސާބު އިންނަ ވޭލް ނުވަތަ ހުރަސް ދޫޖެހޭގޮސްވެ ފުޅާވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރު ނުވަތަ ބަނޑުގައި ކާއެއްޗެތި ހަޖަމް ކލުރުމަށްޓަކައި އުފައްދާ ބާރުގަދަ އެސިޑު މިވޭލްގެ ތެރެއިން ކާއެއްޗެތި ދަތުރުކުރާ ހޮޅިއަށް އަރާގޮތް ވެއެވެ. އަދި އެހޮޅިއަށް ހޫނުވެ އަނިޔާވާގޮތް ވެއެވެ. މެއިން ގިނިނަގަނީ މިގޮތުން އަރާ އެސިޑުން ކާއެއްޗެތި ގޮހޮރަށް ގެންގޮސްދޭ ހޮޅިއަށްވާ ހޫނުގެސަބަބުންނެވެ.

ހަމައެފަދައިން ޕްރޮޖެސްޓްރޯންގެ ސަބަބުން ކާއެއްޗެތި ގޮހޮރަށްގެންގޮސްދޭ ހޮޅިއާއި ގޮހޮރާއި ހިމަގޮހޮރަށް ހަޖަމް ކުރާވަގުތު ރާޅުބާނިތަކެއް ގެނެސްދެއެވެ. ވުމާއެކު ގޮހޮރުގައި އުފެދޭ އެސިޑުތައް ބާނިތަކެއްގެ ގޮތުގައި މައްޗަށް އަރާގޮތްވެއެވެ. ކަރުއެތެރެއިން ގިނިނަގަނީ މިހެންވުމުގެ ސަބަުންނެވެ.

މިކަން ހައްލުކުރާނީ ކިހިނެއް؟

މާބަނޑު ދުވަސްވަރު މިކަން އެއްކޮށް ހައްލުކުރެވޭނެ ގޮތްތަކެއް ނުހުރެއެވެ. ނަމަވެސް މިކަންތައް ކުޑަކުރުމުގައި ކުރެވިދާނެ ކަންތައްތަކެއް ހުރެއެވެ. މިގޮތުން ކުރެވިދާނެ ބައެއްކަންތައްތައް ތިރީގައި އެވަނީއެވެ.

* މެއިންގިނިނަގާ ޒާތުގެ ކެއިންބުއިމާއި ދުރުވާށެވެ. މެއިންގިނިނެގުން އިތުރުކުރާ ކާނާގެތެރޭގައި މަސްތުވާތަކެތި، ކޮފީ، ޗޮކުލެޓު، ހުތްކާބޯތަކެތި، ޓޮމާޓޯ، މަސްޓަޑު، ރާހުތް، އަސާރަ، އަދި ކުޅިކާނާއާއި ތެޔޮ ނުވަތަ ސަރުބީ ގިނަ ކާނާ ހިމެނެއެވެ.

* އެއްވަގުތެއްގައި ގިނައިންކައި ބަނޑު ފުރައި ނުލާށެވެ. މަދުން އިރުއިރުކޮޅާކާން އާދަކުރާށެވެ. އަދި ރަނގަޅަށް ހަފައިގެން ކާށެވެ. އަދި ކެއުމަށްފަހު 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ނުވަނިސް ނިދަން ނުއޮށޮންނާށެވެ. އެއީ އޮށޯވެއޮތުމުން އެސިޑު މައްޗަށް އެރުމުގެ ފުރުޞަތު އިތުރުވާނެއެވެ.

* ނިދާއިރު ބޯދަށަށް އިތުރުބާލީސްލައިގެން ނިދާށެވެ. ނުވަތަ އެނދުގެ ބޯލާކޮޅު އުސްކުރާށެވެ. މިގޮތަށް އޮށޯވެއޮތުމުން ބަނޑުންއަރާ އެސީޑު މައްޗަށް ދިއުމުގެ ފުރުޞަތު ކުޑަވާނެއެވެ.

* އަބަދުވެސް ހަށިގަނޑަށް ހާއްސަކޮށް ބަނޑަށް ދޫ ހެދުންލާށެވެ. އަދި ނިދާއިރު އެއްގޮތަކަށްވެސް ގަޔަށްބާރު އެއްޗެއް ނުލާށެވެ.

* އިސްވެދިޔަ ހުރިހާކަމެއް ކުރުމަށްފަހުވެސް ލުއިކަމެއް ނުލިބުނުނަމަ ޑޮކުޓަރެއްގެ ލަފާހޯދައިގެން ބަނޑުގައި އުފައްދާ އެސިޑުގެ ބާރު ކުޑަކުރާ ބޭހެއް ބޭނުން ކުރެވިދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.