ހުކުރު20181102

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިހެއުމަށްފަހު ހަންގަނޑުގެ ތެއުކަން އިތުރުވަނީ ކީއްވެ؟

ވިހެއުމަށްފަހު ހަންގަނޑުގެ ތެއުކަން އިތުރުވަނީ ކީއްވެ؟

theyokan-ithuruvanee-keeve-14ހަގީގަތުގައި ވިހެއުމަށްފަހު ހަންގަޑުގެ ތެއުކަން އިތުރުވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ކުއްލި ބޮޑުބަދަލާއި ދަރިފުޅުގެ ކަންތައްތަކުގައި އަވަދިނެތި އުޅެން ޖެހުމެވެ. އަވަދިނެތި އުޅެން ޖެހުމާއި ވަރުބަލިކމުގެ ސަބަބުން ހަންގަޑަށް ދޭން ޖެހޭ އަހައްމިއްޔަތު ނުދެވުމުގެ ސަބަބުންނެވެ. ހަންގަޑަށް އަޅާލަވޭވަރު ކުޑަވުމުގެ ސަބަބުންނެވެ. މާބަނޑު ދުވަސްވަރު

ހަންގަޑު ނުލާހިކު ރީތިކޮށް ސާފުކޮށް ހުރުމަށްފަހު ވިހެއުމުން ހަންގަޑަށް މިދެންނެވިފަދަ ބަދަލުތައް ބައެއް އަންހެނުންނަށް އާދެއެވެ. އަދި ބައެއް އަންހެނުންގެ ހަންގަޑު މިއާއި ޚިލާފަށް ހިކިވެ ކުރަކިވާގޮތްވެސްވެއެވެ.

ހަގީގަތުގައި މިހެންދިމާވާ މައިގަނޑު ސަބަބަކީ ކުރިންވެސް ދެންނެވުނު ފަދައިން ހަންގަޑަށް އަޅާ ނުލެވުމެވެ. ނުވަތަ ހަންގަޑަށް އަޅާލާނެ ވަގުތު ނުލިބުމެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ލެކުޓިކު އެސިޑު މަދުން ބޭނުން ކޮށްފައި ހުންނަ ލޯޝަން ކުރީމް ބޭނުން ކުރުމެވެ.

ހަންގަޑުގައި ބިހިނަގާނަމަ ތެއުނުހުންނަ ކުރީމެއް ބޭނުން ކުރާށެވެ. މާވަރުގަދަ ކްރީމެއް ލޯޝަނެއް ބޭނުން ކުރުމަކީ ފަހަރުގައި މައްސަލައެއް ދިމާވެދާނެ ކަމެކެވެ. އެއީ މިފަދަ ބައެއް ލޯޝަންތައް ހަންގަޑޫ ހުރަސްކޮށް ލޭގެތެރެއަށް ދާނެއެވެ.

ހަންގަޑު ހިކޭމައިންގެ ހަންގަޑު ހިކޭ މައިގަޑު ސަބަބަކީ ތައިރޮއިޑު ގެ ވަޒީފާ ދަށްވުމެވެ. މިއީ ވިހެއުމަށްފަހު 2% - 5% މައިންނަށް ދިމާވާ ކަމެކެވެ. ވުމާއެކު ހަންގަޑަށް މިގޮތަށް ދިމާވާނަމަ ލޭގައި ތައިރޮކްސިން ހުރިވަރު ބެލުމަށް ޓެސްޓު ކުރުން ރަނގަޅުވާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.