Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިހެއުމަށްފަހު ބަނޑު ރީތި ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ވިހެއުމަށްފަހު ބަނޑު ރީތި ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

badu-reethikuran-kanthai-8* ވިހެއުމަށްފަހުވެސް ބަނޑު ބޮޑުކޮށް ހުންނަނީ ކީއްވެ؟

* ވިހެއުމަށްފަހު ބަނޑު ކުރިންހުރި ގޮތަށް ބަދަލުވުމަށް ކިހާ ދުވަހެއްނަގާނެތަ؟

* ބަނޑު ރީތި ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

* ވިހެއުމަށްފަހުވެސް ބަނޑު ބޮޑުކޮށް ހުންނަނީ ކީއްވެ؟

ވިހާތަނުން ބަނޑު އެއްކޮށް ހިދި ކުރިން ހުރިގޮތަށް ބަދަލެއް ނުވެއެވެ. އަދި ކިއެއްތަ ވިހެއުމަށްފަހުވެސް އާއްމު ގޮތެއްގައި ބަނޑު ހުންނާނީ ހަމަހުގެ މާބަނޑު މީހެއްގެ ބަނޑު ހުންނަ ގޮތަށް ފުއްޕައިފައެވެ. އަދި ބަލިވެއިނުމުން ބަނޑުގެ މެދުން ގިނަ މީހުންގެ އުފެދިފައި ހުންނަ ކަލު ރޮގުވެސް އަދި ހަންގަޑު ދެމިގެން ހުދުވެފައިވާ ތަންތަންވެސް މަދުނޫން ދުވަސްތަކެއް ވަންދެން ހުންނާނެއެވެ.

ބަލިވެއިނުމުގެ ކުރިން ހުރިގޮތަށް ހަށިގަނޑު ހާއްސަކޮށް ބަނޑު ބަދަލު ވުމަށް ދުވަސް ނަގާނެއެވެ. ނަމަވެސް ވަގުތާއި އެކު ބަނޑު ރީތިވަމުން ކުރިން ހުރި ގޮތަށް ބަދަލުވަމުން ދާނެއެވެ.

ވިހެއުމާއެކު މާބަނޑު ދުވަސްވަރު ހަށިގަނޑުގައި ގިނަވެފައިވާ ހޯމޯންތައް މަދުވާން ފަށާނެއެވެ. މިހޯމޯންތައް މަދުވަމުންދާ ވަރަކަށް ބަނޑުވެސް ކުޑަވަމުން ހިދެމުންދާނެއެވެ. އާއްމުގޮތެއްގައި ވިހެއުމަށްފަހު ރަހިމު ބަލިވެއިނުމުގެ ކުރިން ހުރިގޮތަށް ބަދަލު ވުމަށް ހަތަރު މަސްދުވަސްވަރު ވާނެއެވެ. އަދި މުޅިހަށިގަނޑުގައި ބަލިވެއިނުމުން ފުއްޕައިފައިވާ ހަތާތަކުގައިވާ ފެންތައް ވިހެއުމަށްފަހު މަޑުމަޑުން ބޭރުވަމުން ކުޑަކަމުދާއެއްޗެއްސާއެކު، ކުރިމަތި ފަރާތުން އަދި ދާގެ ގޮތުގައި ބޭރުވަމުން ދާނެއެވެ. އަދި ހަށިގަނޑުގައި އިތުރުވެފައިވާ ސަރުބީތައް ގާތުން ދޭނަމަ ދަރިފުޅު އަންދަމުންދާނެއެވެ. ނަމަވެސް އިހުސާސްކުރެވޭވަރުގެ ބަދަލު އަންނަން ހަފުތާތަކެއް ނަގާނެއެވެ.

ހަނގަޑު ވާންވުމުގެ ސަބަބުން ހުދުވެފައިވާ ތަންތަނާއި ބަނޑުގެ މަދުގައިވާ ކަޅު ރޮގު ފިލުމަށް މިއަށްވުރެވެސް ގިނަ ދުވަސް ނަގާނެއެވެ. ހަންގަޑު ދެމި ހުދުވެފައިވާ ތަންތަން ރަނގަޅު ވުމަށް ވިހެއުމަށްފަހު އާއްމުގޮތެއްގައި 6-12 މަސްދުވަސް ވެއެވެ. ބަނޑުގެ މެދުގައިވާ ކަޅުރޮގު ރީތިވުމަށް އާއްމު ގޮތެއްގައި އެތައް އަހަރެއް ވެގެން ދެއެވެ.

 ވިހެއުމަށްފަހު ބަނޑު ކުރިންހުރި ގޮތަށް ބަދަލުވުމަށް ކިހާ ދުވަހެއްނަގާނެތަ؟

ފުރަތަމަ ފަހަރަށް ވިހެއުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަނޑު ބަލިވެ އިނުމުގެ ކުރިން ހުރި ގޮތަށް ބަދަލު ވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ނާދިރު ކަމެކެވެ. ވަރަށް މަދު އަންހެނަކަށް ނޫނީ ނުވާ ކަމެކެވެ. އާއްމު ގޮތެއްގައި ބަނޑު ކުރިން ހުރި ގޮތަށް ބަދަލު ވުމަށް އެތައް މަހެއް ނަގާނެއެވެ. އަދި ބައެއް ފަހަރު ކުރިން ހުރި ގޮތަށް އެއްގޮތަކަށްވެސް ބަދަލު ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ބަނޑު ބޮޑުވުމަށް 9 މަސް ދުވަސް ނަގާއިރު ވިހެއުމަށްފަހު މިއަށް ވުރެ އަވަހަށް ބަނޑު ކުރިން ހުރި ގޮތަށް ބަދަލުވެދާނެ ކަމަށް ބަލައިގެން ނުވާނެއެވެ. ފަހަރުގައި މިއަށް ވުރެ ގިނަދުވަސްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އާއްމުގޮތެއްގައި ކުރިން ހުރި ގޮތަށް ބަނޑު ބަދަލުވުމުގައި އަވަސް ލަސް ވުން ބިނާވެގެން ވަނީ މައިމީހާގެ ހަށިގަނޑުގެ މައްޗަށެވެ. މާބަނޑު ދުވަސްވަރު ބަރުވީ މިންވަރާއި މައިމީހާގެ މުރާލި ކަމާއި އަދި ވިރާސީ ސިފަތަކަކީ މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަންތައްތަކެކެވެ. ބަލިވެއިނުމަށްފަހު ބަރުވި މިންވަރު 13 ކިލޯއަށްވުރެ މަދުވެފައި މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކޮށްފައި އަދި ވިހެއުމަށްފަހު ދަރިފުޅަށް ގާތުންދޭނަމަ ފުރަތަމަ ދަރިފުޅަށްފަހު ކުރިންހުރިގޮތަށް ބަނޑު ވަރަށް އަވަހަށް ބަދަލުވާނެއެވެ.

ގާތުން ނުދޭނަމަ މައިމީހާގެ ކެއުމާއި ބަނޑު ކުރިން ހުރިގޮތަށް ބަދަލު ވުމާއި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. އަވަހަށް ބަނޑު ކުރިން ހުރި ގޮތަށް ބަދަލު ކުރަން ބޭނުންނަމަ ގާތުން ނުދޭ މީހުން ކެއުން މަދު ކުރަން ޖެހޭނެއެވެ.

ބަނޑު ރީތި ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ބަނޑު ކުރިން ހުރިގޮތަށް ބަދަލު ކުރުމަށްޓަކައި ގާތުން ދިނުމަކީ ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. ހާއްސަކޮށް ވިހެއުމަށްފަހު ކުރީކޮޅުގައެވެ. ގާތުން ދިނުމަކީ ހަށިގަނޑުގައި އިތުރުވެފައިވާ ހަކަތައާއި އަންދާ ކަމެކެވެ. އަދި ގިނަވެފައިވާ ސަރުބީތައް ވިރުވާކަމެކެވެ. ވުމާއެކު ގާތުންދޭނަމަ ބަނޑު ކުރިން ހުރި ގޮތަށް ބަދަލުވުމާލެއް އަވަސްވާނެއެވެ.

ގާތުން ދިނުމަކީ ބަނޑުގެ މަސްތަކަށް ވާންވެ ކުރިން ހުރިގޮތަށް ބަދަލުވުމަށްވެސް ބާރު އަޅާ ކަމެކެވެ. އެއީ ގާތުން ދިނުމުން ހަށިގަނޑުގައި އުފެދޭ ހޯމޯންތަކުން މުޅި ހަށިގަނޑަށް އަސަރު ކުރެއެވެ. ނަމަވެސް ބައެއް މައިން ޝަކުވާ ކުރާ ގޮތުގައި ގާތުންދޭއިރު ހަށީގަނޑު ހިކެނީ ވަކިވަރަކަށެވެ. ކުރިން ހުރިވަރަށް ދާން 3-6 ކިލޯއަށް ވުމުން ދެން އިތުރަކަށް ލުޔެއް ނުވެއެވެ. ތަޖުރިބާތަކުން ދައްކާގޮތުގައި މިހެންވަނީ ކިރު އުފެއްދުމަށްތަކައި މިބައި ބޭނުންވާތީއެވެ.

ކަސްރަތު ކުރުމަކީވެސް ކުރިން ހުރިގޮތަށް ބަދަލު ވުމަށްޓަކައި ކުރުން ވަރަށް ރަނަގޅު ކަމެކެވެ. ކަސްރަތު ކުރުމަކީ ބަނޑުގެ މަސްތަކަށް ވާންވެ އަދި ގިނަވެފައިވާ ސަރުބީތައް ވިރުވާ ކަމެކެވެ. އިތުރުވެފައިވާ ހަކަތަ އަންދާ ކަމެކެކެވެ.

ކެއިންބުއިމަށް ބަދަލުގެނެސް ހަކަތަ މަދު ކެއުން ބޭނުން ކުރަން ފެށުމުގެ ކުރިން ކަސްރަތު ކުރުމަކީ ބޭނުންތެރި ކަމެކެވެ. ރަނގަޅު ގޮތަކީ ހަކަތަ މަދު ކާނާ ކެއުން މަދުވެގެން ދެމަސްދުވަހަށް ލަސްކޮށްލުމެވެ. އަދި މިމުއްދަތުގައި ގަވައިދުން ކަސްރަތު ކުރުމެވެ. ހާއްސަކޮށް ގާތުން ދޭމައިން ހަކަތަ މަދު ކާނާ އަވަހަށް ފެށުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ހަކަތަ މަދު ކާނާ މާއަވަހަށް ކާން ފެށުމަކީ ކިރު އުފެދޭ މިންވަރު މަދުވެ މައިމީހާގެ ގައިގެ ބާރުދެރަވާ ކަމެކެވެ.

އަދި ކެއުން މަދު ކުރުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. އާއްމުގޮތެއްގައި އަންހެނަކަށް ދުޅަހެއުކޮށް ހުރުމަށް ދުވާލެއްގެ މައްޗަށް މަދުވެގެން 1200 ކެލޮރީގެ ކާނާ ބޭނުން ވެއެވެ. އަދި ގިނައަންހެނުންނަށް މިއަށްވުރެވެސް ގިނައިން ކާނާ ބޭނުން ވެއެވެ. ގިނަމީހުންނަށް ދުޅަހެއު ސިއްހަތެއްގައި ހުރުމަށް ދުވާލަކަށް 1800-2200 ކެލޮރީގެ ކާނާ ބޭނުންވެއެވެ. ހަފުތާއަކު ބައިކިލޯ ލުއިވުމަށްޓަކައި ދުވާލަކު ބޭނުންވާ ކެލޮރީގެ ތެރެއިން 500 މަދު ކުރާށެވެ ނުވަތަ އެވަރު އަދާވަރަށް ކަސްރަތު ކުރާށެވެ.

ގާތުންދޭ ދުވަސްވަރު ބައިކިލޯއަށްވުރެ ބޮޑަށް ހަފުތާއަކު ލުއި ވުމަކީ ހަށިގަނޑުގައިވާ ސަރުބީން ވިހަ އުފައްދާ ކަމެކެވެ. އަދި މިވިހަ މައިމީހާގެ ކިރާއެކު ދަރިފުޅުގެ ހަށިގަނޑަށްވެސް ދާނެއެވެ. ވުމާއެކު ވިހެއުމަށްފަހު ފުރަތަމަ ދެމަހުގެ ތެރޭގައި ހަފުތާއަކު ކިލޯއެއްވަރު ލުއިވަމުންދާނަމަ ކެއުން އިތުރު ކުރަން ޖެހޭނެއެވެ.

Comments