ހޮނިހިރު20201024

އާކުރެވުނީ: 08:43:52

ވިހެއުމުގައި ފިރިމީހާގެ ދައުރު

ވިހާއިރު ފިރިމީހާގެ ދައުރަކީ ކޮބާ؟viheumuga-firimeehage-dhauru-19

ޒަމާނުއްސުރެ ފިރިމީހާއަކީ އަނބިމީހަ ބަލިވެއިނީއްސުރެ ވިހަންދެން އަދި ވިހެއުމަށްފަހު ފޫޅުމައި މީހާ އާމިފަހަރު ފިރިހެން ކުއްޖެއް ނުވަތަ އަންހެން ކުއްޖެކޭ ބުނަންދެން އެއްވެސް ދައުރެއް އޮންނަ މީހެއް ނޫނެވެ. ފިރިމީހާ ވިހަ ކޮޓަރީގެ ވަށައިގެން ނުތަނަވަސްކަމާއި ހާސްކަމުގައި އެބުރި އެބުރި ހުންނަނީ އެންމެ ކުޑަމިނުން އަނބިމީހާ އަޅާވޭނުގައި ބައިވެރި ނުވެވޭތާ ވަމުންދާގޮތްވެސް ނޭނގިއެވެ.

ނަމަވެސް މިފަހަކަށްއައިސް ފިރިމީހާގެ ދައުރު މަޑުމަޑުންނަމަވެސް މިކަމުގައި ދަނީ ފުޅާވަމުންނެވެ. މިހާރު އަނބިމީހާ ބަލިވެއިންކަން އެނގުމާއެކު ފިރިމީހާގެ އެހީތެރިކަން އަނބިމީހާއަށް ގިނަފަހަރު ލިބެމުންދެއެވެ. ނަމަވެސް އަދިވެސް ރާއްޖޭގައި އަނބިމީހާ ވިހާއިރު ފިރިމީހާގެ ފަރާތުން ލިބެންޖެހޭ ލިބެންވާ އެހީތެރިކަމެއް ނުލިބެއެވެ.

ގިނަފަހަރު މިހެންވަނީ އެއެހީތެރިކަން ދެވޭނެ ގޮތެއްވެސް ނުއޮންނާތީއެވެ. ހޮސްޕިޓަލުގައިވިޔަސް އަދި ގޭގައި ވިހެޔަސް ފިރިމީހާ ވިހާތަނަށް ވެއްދުމަކީ އާއްމު ކަމަކަށް ނުވެއެވެ. ނަމަވެސް މިއީ ދިރުވަންވެފައިވާ ވަރަށް މުހިއްމު ބޭނުންތެރި ކަމެކެވެ. މިއީ އަނބިމީހާ ވިހެއުމުގައި އަޅާވޭނާއި ނުތަނަވަސްކަން ކުޑަކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ. ބައެއް ނަފުސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ދަރިފުޅު ދުނިއެއަށް އަންނައިރު އެންމެ ފުރަތަމަ ބައްދަލުވާ މީހުންނަކީ މުސްތަގުބަލްގައި ދަރިފުޅު ނިސްބަތުން އެންމެ ލޯބިވާނެ މީހުންނެވެ. ވުމާއެކު އާއިލީ ގުޅުމާއި ލޯބި އިތުރު ކުރުމަށްވެސް މިއީ މުހިއްމު ކަމެކެވެ.

އަނބިމީހާ ވިހެއުމުގެ ކުރިން ފިރިމީހާ ތައްޔާރުވަން ޖެހޭ ކަންތަކަކީ ކޮބާ؟

އެންމެ މުހިއްމު ކަމަކީ ވިހެއުމަކީ ކޮބައިކަމާއި ވިހެއުމުގައި ދިމާވާ ދިމާވެދާނެ ކަންތައްތައް ރަނގަޅަށް އެނގުމެވެ. މިފަދަ ހާލަތުގައި އަނބިމީހާ ވިހާއިރު ގާތުގައި ހުންނައިރު އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ އަނބިމީހަގެ ވޭނުގައި ހިއްސާކޮށް އަނބިމީހާއަށް ލުއިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމަށް ފަސޭހަވާނެއެވެ. މިއާއި ޚިލާފަށް ވިހެއުމުގައި ދިމާވާ ކަންތައްތައް ނޭގޭނަމަ ބިރުވެރިކަމައި ނުތަނަވަސްކަން އިހުސާސް ވުމުގެ އިތުރުން އަނބިމީހާއަށް މިކަމުން ނޭދެވޭ އަސަރު ކުރުމަކީވެސް ވެދާނެ ކަމެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.