ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިޓަމިން ބީ6 އިން މާބަނޑު ދުވަސްވަރު ލިބޭ ފައިދާއަކީ ކޮބާ؟

ވިޓަމިން ބީ6 އިން މާބަނޑު ދުވަސްވަރު ލިބޭ ފައިދާއަކީ ކޮބާ؟

vitamine-b-in-maabadu-dhuvasvaru-125މާބަނޑު މީހުންނަށް ވިޓަމިން ބީ6 ބޭނުންވަނީ ކީއްވެ؟

ވިޓަމިން ބީ6 އަކީ ޕްރޮޓީން، ފެޓު އަދި ކާބޯހައޮޑްރޭޓް ހަޖަމްކޮށް ހަށިގަނޑަށް ނެގުމަށްތަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މީގެ އިތުރުން އަމައިނޯއެސިޑުން (ޕްރޮޓީން ހަޖަމް ކުރުމުން ހުންނަ ތާސީރުން) ލޭގެ ރަތް ހަތަޔާއި، އެންޓިބޮޑީއާއި(ހަށިގަނޑަށް ވަންނަ ދިރޭތަކެތިން ހަށިގަނޑު ދިފާއުކުރުމަށް މަސައްކަތް ކުރާ މާއްދާއެއް) ނިއުރޯ ޓްރާންސްމިޓަރސް ( ނާރުތަކުގެ ހަރަކާތްތައް ނުވަތަ ނާރުތަކުން ހަށިގަނޑުގެ އިހުސާސްތަކާއި އަމުރުތައް އެކިހިސާބުތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭ މާއްދާއެއް) އުފެއްދުމަށް އެހީތެރިވެދެއެވެ. ހަމައެއާއި އެކު ވިޓަމިން ބީ6 އަކީ ބަނޑުގައިވާ ދަރިފުޅުގެ ސިކުޑިއާއި ސިކުޑިއާއި ގުޅުންހުރި ބައިތައް އުފެދުމަށްވެސް ކޮއްމެހެންވެސް ބޭނުން މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިއީ މާބަނޑު ދުވަސްވަރު މޭނުބައިކުރުމާއި ހޮޑުލުމުންވެސް ލުއިކޮށްދިނުމް އެހީތެރިވެދޭ މާއްދާއެކެވެ.

ވިޓަމިން ބީ6 ހަށިގަނޑަށް ބޭނުން ވަނީ ކިހާ މިންވަރަކަށް؟

މާބަނޑުދުވަސްވަރު ދުވާލަކަށް 1.9މިލިގުރާމް ހަށިގަނޑަށް ބޭނުންވެއެވެ. އަދި ގާތުންދޭ ދުވަސްވަރު 2 މިލިގުރާމު ދުވާލެއްގެ މައްޗަށް ބޭނުންވެއެވެ.

ކާނާގެ އިތުރުން ވިޓަމިން ބީ6 ބޭނުން ކުރަން ޖެހޭނެތަ؟

އާއްމުގޮތެއްގައި މާބަނޑުމީހުންނަށް ތައްޔާރު ކުރެވިފައިހުންނަ ކާނާގައި ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ބީ6 ހުރެއެވެ. ނަމަވެސް މޭނުބައިކުރާނަމަ ނުވަތަ ހޮޑުލެވޭނަމަ ޑޮކުޓަރެއްގެ ލަފަޔާއި އެކު ކާނާގެ އިތުރުން ވިޓަމިން ބީ6 ބޭނުން ކުރެވިދާނެއެވެ. އަދި މިއީ ހަށިގަނޑުގައި އިތުރުވުމަކުން ގެއްލުމެއް ހުރިމާއްދާއެއް ނޫނެވެ.

ވިޓަމިން ބީ6 ގިނައިން ހުންނަ ކާނާގެ ބާވަތްތަކަކީ ކޮބާ؟

އެއްގަމުމަސް، ކުކުޅު، ކަނޑުމަސް، ޒުވާރި އަދި ތަފާތު ވައްތަރުގެ އޮށް ނުވަތަ ނަޓްސް އަކީ ވިޓަމިން ބީ6 ގިނަމާއްދާ ތަކެކެވެ. ތިރީގައިއެވަނީ އާއްމުކޮށް ބޭނުންކުރާ ބައެއްކާނާގައި ވިޓަމިން ބީ6 ހުންނަ މިންވަރެވެ.

ކާނާގެ ބާވަތް

ހުންނަވަރު

1 ދޮންކެޔޮވައް (މެދުންވަރެއްގެ)

0.7 މިލިގުރާމް

1 އަލުވި (މެދުވަރެއްގެ) ކެއްކުމަށްފަހު

0.7 މިލިގުރާމް

1 ފޮތި ކަރާ 0.7 މިލިގުރާމް
3އޒ ކުކުޅުމަސް 0.5 މިލިގުރާމް

ވިޓަމިން ބީ6 ހަށިގަނޑުން މަދުވުމުން ފެންނަ އަލާމާތްތަކަކީ ކޮބާ؟

ވިޓަމިން ބީ6 ހަށިގަނޑުން މަދުވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި އަނގަޔާ ހިރުގަނޑު އަދި ކަރުތެރެ ފާރުވުމާއި ލޭމަދުވުމާއި ހިތްނުތަނަވަސްވެ ކަންކަމާއި މާއަވަހަށް ދެރަވުން ހިމެނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.