އާދީއްތަ20201122

އާކުރެވުނީ: 08:43:52

ހިތާނުކުރުން

khithaanukurun-41ޚިތާނުކުރުމަކީ ކޮބާ؟

ޚިތާނުކުރުމަކީ ޒަކަރުގެ ކުރީކޮޅުގައި އިންނަ ހަންކޮޅު ބުރިކޮށްލައި ވަކިކޮށްލުމެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. އަދި ކުޑަކަމުދާ ނިޒަމަށް ޖެހޭ ބަލިތައް މަދުކުރާ ކަމެކެވެ. އަދި މިއީ މުސްލިމު ހުރިހާ ފިރިހެނުން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ހިތާނު ކުރަނީ ހަމައެކަނި މުސްލިމުން އެކަންޏެއް ނޫނެވެ.

މިއީ މުސްލިމުން ނޫނަސް ހުރިހާ ތަނެއްގައި ކުރާ ކަމެކެވެ. ހާއްސަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި މިކަންތައް ކުރުން ގިނައެވެ. އެމެރިކާގައި ގާތްގަޑަކަށް %60 ފިރިހެނުން ހިތާނު ކުރެއެވެ. އަދި މިއީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ކަމެކެވެ.

ޚިތާނުކުރަން އެންމެ ރަނގަޅީ ކޮންއިރަކު؟

ޚިތާނުކުރުން ރަނގަޅީ ކުރެވެން އޮތް އެންމެ އަވަހަކަށް ކުރުމެވެ. ދަރިފުޅު ވިހެއުމަށްފަހު ހޮސްޕިޓަލުން ގެއަށް ގެނައުމުގެ ކުރިން ހިތާނު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ބޮޑަށް ރަނގަޅީ ވިހާތާ 24 ގަޑިއިރު ފަހުން ނުވަތަ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކުރުމެވެ. އެއީ މިފަދަ ހާލަތުގައި ދަރިފުޅަށް ލިބޭ ގެއްލުން ވަރަށް ކުޑަވާނެއެވެ. އަދި ތަދުވުންވެސް ވަރަށް ކުޑަވާނެއެވެ. ނުވަތަ އެއްގޮތަކަށްވެސް ތަދެއް ނުވާނެއެވެ. ވުމާއެކު ހިތާނުކުރުން ލަސްކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެއީ މިއީ ދަރިފުޅަށް ލިބޭ ގެއްލުން ބޮޑުވުމުގެ އިތުރުން ވަރަށް ބޮޑަށް ތަދުވާނެ ކަމެކެވެ. ވުމާއެކު ތަދާއި ގެއްލުމާއި ނުލައި ފަސޭހަކަމާއި އެކު ކުރެވެން އޮއްވާ މިކަން ލަސްކޮށް ދަރިފުޅަށް ތަދުކުރުވައި ގެއލުންވާފަދަ ގޮތަކަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެއެވެ. ވުމާއެކު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހިތާނު ކުރަމުން އަންނަ ލާއިންސާނީ ގޮތަކީ މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.