އާދީއްތަ20201011

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ސުވާލާއިޖަވާބު ދުންފަތުގެ ދުމުން ތުއްތު ކުދިންނަށް ލިބޭގެއްލުމަކީ ކޮބާ؟

ދުންފަތުގެ ދުމުން ތުއްތު ކުދިންނަށް ލިބޭގެއްލުމަކީ ކޮބާ؟

dhunfathuge-gellun-kudakudhinnnaދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުމަށް ކުރެވޭ ކެޕްޕޭން ތަކުގެ ސަބަބުން ވަރަށް ގިނަބަޔަކަށް ދުންފަތުން ލިބޭގެއްލުން އެގި ދުންފަތާއި، ދުރަށް ދިއުމަށް މަސައްކަތްކުރެއެވެ. ބައެއް މައިންބަފައިންނަށް ދުންފަތުގެ ދުމުން ތިމާގެ ޅަދަރިންނަށް ކުރާ ގެއްލުންދެނިވި އަސަރު އެގޭނަމަ ދުންފަތުގެ އިސްތިއުމާލުކުރުން މުޅިންހުއްޓާލާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.

ދުންފަތުގެ ދުމުން ކުޑަކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ކުޑަކުދިންގެ ހަށިގަނޑަށް މިގޮތަށް ދުން ވާސިލްވަނީ، އާއިލާގެ ކޮންމެވެސް މީހަކު އެކުދިން ގާތުގައި ވަނިކޮށް ދުންފަތުގެ އިސްތިއުމާލްކުރުމުންނެވެ.

މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭގެއްލުން

ކުޑަދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން ދުމުގެ ސަބަބުން ފިޒިކަލްގޮތުން އެދަރިފުޅަށް ގެއްލުން ލިބިއެވެ. މާބަނޑު ދުވަސްވަރު މައިމީހާ ދުންފަތުގެ އިސްތިއުމާލުކުރާނަމަ ނިކޮޓިންއާއި، އެހެނިހެން ވިހަމާއްދާތައް ޕްލެސެންޓާ( މަސް) ހުރަސްކޮށް ކުޑަދަރިފުޅުގެ ލޭގެތެރެއަށް ވާސިލްވެއެވެ. މިކަމުގެ ސަބަބުން އަންނަނިވި މައްސަލަތައް މެދުވެރިވާގޮތްވެއެވެ.

(ހ) ބައިގެންދިއުން

(ށ) ދުވަސް ނުފުރާ ވިހެއުން

(ނ) ދަރިފުޅުގެ ބަރުދަން ލުއިވުން

(ރ) ދަރިފުޅުގެ ހަށިގަނޑުގައި އައިބުއުފެދުމުގެ ފުރުސަތު ބޮޑުވުން

(ބ) ޅަދުވަހު ޖެހޭ ބައެއް ބާވަތުގެ ކެންސަރަށް ހުށަހެޅޭލެއް އަވަސްވުން

(ޅ) ބޮޑުވުން ލަސްވުން

ކުޑަކުދިންނާއި،ތުއްތު ކުދިންނަށް ދުމުގެ އަސަރުކުރާ މިންވަރު މަތީ ކީއްވެ؟

1- ކުޑަކުދިން ނޭވާލާމިންވަރު އިތުރުވުން

2- ފުއްޕާމޭ އޭގެ ފުރިހަމަ ދަރަޖައަށް ބޮޑުނުވެއިނުމުން ހަލާކުވާލެއް ފަސޭހަވުން

3- ކުޑަކުދިންނަށް އެކުދިންނަށް ވާގޮތް ކިޔައިދޭން ނޭގުން،

4- މިފަދަ ދުމުން ސަލާމަތް ވުމަށް އެކުދިންގެ ނަފުސު ނުކުޅެދިގެންވުން

ދުންފަތުގެ ދުމުން ކުޑަކުދިންގެ ހަށިގަނޑަށް ކުރާ އަސަރު

ބައެއް ދިރާސާތައް ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންގެ ތެރެއިން މާބަނޑުވުމުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުވާ އަންހެނުންގެ ތެރެއިން ގިނަބަޔަކު ވިހެއުމަށް ފަހު އަނެއްކާ ވެސް ދުންފަތުގެ އިސްތިއުމާލުކުރަން ފަށައެވެ. މިކަމުގެ ސަބަބުން ލިބިފައިވާ ތުއްތު ދަރިފުޅަށް ވަރަށް ގިނަ މައްސަލަތައް މެދުވެރިވުމަށް މަގުފަހިކުރުވައެވެ. މިގޮތުން އަންނަނިވި ކަންތައްތައް ފާހަގަކޮށްލެވެއެވެ.

ހ) ކުއްލިއަކަށް ގޮތްނޭގިމަރުވުން :މާބަނޑު ދުވަސްވަރާއި، ވިހެއުމަށް ފަހުވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ލިބޭދަރިން މިގޮތަށް މަރުވުމުގެ ފުރުސަތު ބޮޑެވެ.

(ށ) ނޭވަޔަށް އުދަގޫކުރުން

(ނ) ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، ކަރުތެރެ ފާރުވުން ފަދަ ކަންތަކަށް ހުށަހެޅޭލެން އަވަސްވުން

(ރ) ''ގްލޫ އިއަރ'' ކިޔާ ކަންފަތުގެ ބައްޔެއް ކުރިމަތިވުން: މިއީ ކުޑަކުދިންނަށް ބީރުވުމުގެ މައްސަލަ ކުރިމަތިކުރުވާ އެއްސަބަބެވެ.

(ބ) އަވަހަށް ވަރުބަލިވެ، ބާރުދެރަވުން

ދުންފަތުގެ ދުމުން ކުޑަކުދިންނަށް ނަފްސާނީ ގޮތުން ކުރާ އަސަރު

ކުޑަކުދިންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނަފްސާނީގޮތުން އެކަމުގެ އަސަރު ދަރިންނަށް ކުރާކަމެކެވެ. ގިނަފަހަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ދަރިން ބޮޑުވުމުން ދުންފަތުގެ އިސްތިއުމާކުރަން ފަށައެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާނަމަ އޭގެ ދުމުން ދަރިން ސަލާމަތްވުމުގެ އިތުރުން ގެއްލުންހުރި މިއާދައާއި، ދަރިން ދުރުކުރުމުގައި އެހީތެރިވެދެއެވެ.

ދުންފަތުގެ ދުމުން ތިމާގެ ދަރިން ސަލާމަތް ކުރާނީ ކިހިނެއް؟

ދުންފަތުގެ އިސްތިއުމާކުރުން މުޅިން ހުައްޓާލުމަކީ މިކަމަށް އޮތް އެންމެ ރަގަޅު ހައްލެވެ. ނަމަވެސް ކުއްލިއަކަށް މިގޮތަށް ހުއްޓާލުން ވަރަށް ގިނަމީހުންނަށް އުދަގޫކަމަކަށްވެއެވެ. އެހެންކަމުން މަޑުމަޑުން ހުއްޓާލެވޭތޯ މަސައްކަތްކުރާށެވެ. އަދި މިގޮތަށް ހުއްޓާލުމަށް މަސައްކަތްކުރާ ދުވަސްވަރު ތިރީގައި މިބަޔާންކުރާ ގޮތަށް އަމަލުކުރެވިދާނެއެވެ.

- ދަރިންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލުނުކުރާށެވެ. އެހެނީ މިގޮތަށް ކުރާނަމަ ދަރިންނަށް އެއީ ރަގަޅު އާދައެއް ކަމަށް ވިސްނި، ބޮޑުވުމުން ދުންފަތުގެ އިސްތިއުމާލުކުރަންފެށުމަކީ ގާތްކަމެކެވެ.

- ގެއިންބޭރުގައި ދުންފަތުގެ އިސްތިއުމާލުކުރާށެވެ. ގޭތެރޭގައި ކުރާނަމަ ކުދިން ވަދެނަހަދާ ތަނެއްގައި ނުވަތަ ބެލްކަނިފަދަ ތަނެއްގައި ހުރެވިދާނެއެވެ.

- ކާރުފަދަ ތަކެތި ބޭނުންކުރާނަމަ އޭގެތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ.

- ހޮޓާ ނުވަތަ ރެސްޓޯރަންޓް ފަދަ ތަންތަނަށްދާއިރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ހިސާބެއްގައި އިންނާށެވެ.

- އެހެންމީހުން ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރިޔަ ނުދޭށެވެ. ގޭތެރޭގައި އަޅިކެނޑި ފަދަ ތަކެތި ނުބަހައްޓާށެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.