ޤާނޫނު އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/siyaasathu-qanoonu/qaanoon/ Thu, 13 Sep 2018 22:09:13 +0200 Joomla! - Open Source Content Management en-gb ސާބިތުކޮށްދިނުމުގެ މުހިންމުކަން http://www.kavaasaa.com/siyaasathu-qanoonu/qaanoon/saabithu-kodhinumuge-muhimmukan.html http://www.kavaasaa.com/siyaasathu-qanoonu/qaanoon/saabithu-kodhinumuge-muhimmukan.html

saabithu-kodhinunސާބިތުކޮށްދިނުމަކީ އެހާ މުހިންމުކަމެއްކަމުގައިވުމުން، ޤާޟީގެ ކުރިމައްޗަށް ހުށަހެޅޭ ހުރިހާ މައްސަލަތަކަކަށް ޢަދާލަތު ޤާއިމުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އިންތިޒާމުކޮށްދިނުމަށް ހުރިހާ ތަޝްރީޢުތަކެއްގައިވެސްވަނީ ވަރަށްބޮޑު ސަމާލުކަމެއްދީފައެވެ. މިގޮތުން، މި ލަނޑުދަނޑިއަށް ވާޞިލުވުމަށްޓަކައި، ޤާނޫނީ އިންތިޒާމުތަކުގައި ގެންގުޅެވެނީ އަންނަނިވި ތިން ނިޒާމުންކުރެ ނިޒާމެކެވެ. ފުރަތަމަ ނިޒާމަކީ، ޙަޤީޤަތް ހޯދައި ދެނެގަތުމަށްޓަކައި، ބޭނުން ވަސީލަތެއްގައި ހިފުމަށް، ޤާޟީއަށް މަގު މުޅިން މިނިވަންކޮށްލާފައިބޭއްވުމެވެ. 

]]>
moorith@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު) ޤާނޫނު Thu, 02 Aug 2012 17:48:30 +0200
ޤާނޫނު އަސާސީ http://www.kavaasaa.com/siyaasathu-qanoonu/qaanoon/qaanoonu-asaasee.html http://www.kavaasaa.com/siyaasathu-qanoonu/qaanoon/qaanoonu-asaasee.html

Constitutional Lawދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބަޔަކީ ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީތަކުގެ ތެރެއިން 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ. މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއް ވާންވާނީ ޤާނޫނު އަސާސީން ދުސްތޫރިއްޔަތު ލިބޭ ޤާނޫނުތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ.

]]>
shifzaan@kavaasaa.com (ޝިފްޒާން އަޙްމަދު) ޤާނޫނު Tue, 16 Aug 2011 07:33:11 +0200
މިސްރާބު http://www.kavaasaa.com/siyaasathu-qanoonu/qaanoon/misraabu.html http://www.kavaasaa.com/siyaasathu-qanoonu/qaanoon/misraabu.html

misraabޤާނޫނަކީ ދުނިޔޭގައި ކަންތައްތައް ވަކި ތަރުތީބަކުން ޤަވާޢިދަކުން ހިގަމުންދާ ގޮތުގެ ނިޒަމަށް ކިޔާނަމެކެވެ. މިގޮތުން ރޭދުވާ ތަކުރާރުވުމާއި އުފަންވެ މަރުވެދާ ދިއުމަކީ މި މާނާގައި ޤާނޫނޭ ކިޔޭ ކަންތަކެވެ. މިކަންތައްތަކަކީ ތަކުރާރު ވަމުންދާ ދިއުމުގައި ބަދަލުވުމެއް ދެގޮތްވުމެއް ނެތި ހިގަމުންދާ ކަންތަކެވެ. އެއީ ދުނިޔޭގެ ތަބީޢަތެވެ. އިލާހީޤާނޫނެވެ. ﷲގެ އަމުރުފުޅެވެ. ދުނިޔެ ދެކެމުންދާ ހަޤީޤަތެވެ. މިދުނިޔެއަކީވެސް ނިމި ފަނާވަނިވި ތަނެކެވެ. މިކަންކަން (ރޭދުވާ) މި ނޫން ގޮތަކަށް ބަދަލުވުމަކީ ދުނިޔެވެސް ނިމިދިއުމެވެ. މިއީ އުފަންވުމާއި ނިމުމުގެ ޤާނޫނުގެ ދަށުން ހިގާދަނިވި ނިމުމެކެވެ. މިއީވެސް ޤާނޫނެއްކަން ޔަޤީނެވެ.

]]>
info@kavaasaa.com (ޢަބްދުﷲ ޢަލީ) ޤާނޫނު Thu, 01 Mar 2007 08:41:28 +0200
ޤާނޫނުގެ ކުރިމަތީގައި ހުއްޓިހުންނަ މީހާ http://www.kavaasaa.com/siyaasathu-qanoonu/qaanoon/qaanoon-kurimathi.html http://www.kavaasaa.com/siyaasathu-qanoonu/qaanoon/qaanoon-kurimathi.html

legal_character''ޝަޚްސިއްޔަތު'' މިލަފްޒު ބަހުގެގޮތުން ރައްދުވަނީ އިންސާނާއަށެވެ. ނަމަވެސް ޤާނޫނުގެ ކުރިމަތީގައި އެއީ ހަމައެކަނި އިންސާނާއެއް ނޫނެވެ. އެއީ ޙައްގުތަކެއް ލިބިގަތުމާއިއެކު ވާޖިބްތަކެއް އުފުލުމުގެ ޞަލާޙިއްޔަތުހުރި ކޮންމެ މީހެކެވެ. ނުވަތަ ތަނެކެވެ. މިގޮތުން ޝަޚްސިއްޔަތު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ޠަބީޢީ ޝަޚްސިއްޔަތާއި މަޢްނަވީ ޝަޚްސިއްޔަތެވެ.

]]>
info@kavaasaa.com (ޢަލީ ރަޝީދު ޙުސައިން) ޤާނޫނު Wed, 07 Jan 2004 07:00:00 +0200