ބުރާސްފަތި20201022

އާކުރެވުނީ: 08:43:52

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ޤާނޫނު ޤާނޫނުގެ ކުރިމަތީގައި ހުއްޓިހުންނަ މީހާ

ޤާނޫނުގެ ކުރިމަތީގައި ހުއްޓިހުންނަ މީހާ

legal_character''ޝަޚްސިއްޔަތު'' މިލަފްޒު ބަހުގެގޮތުން ރައްދުވަނީ އިންސާނާއަށެވެ. ނަމަވެސް ޤާނޫނުގެ ކުރިމަތީގައި އެއީ ހަމައެކަނި އިންސާނާއެއް ނޫނެވެ. އެއީ ޙައްގުތަކެއް ލިބިގަތުމާއިއެކު ވާޖިބްތަކެއް އުފުލުމުގެ ޞަލާޙިއްޔަތުހުރި ކޮންމެ މީހެކެވެ. ނުވަތަ ތަނެކެވެ. މިގޮތުން ޝަޚްސިއްޔަތު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ޠަބީޢީ ޝަޚްސިއްޔަތާއި މަޢްނަވީ ޝަޚްސިއްޔަތެވެ.

ޠަބީޢީ ޝަޚްސިއްޔަތު

ޠަބީޢީ ޝަޚްސިއްޔަތަކީ މަންމަގެ ބަނޑުން ވިހެއިއިރު ދިރިހުރި ކޮންމެ އިންސާނެކެވެ. ދިރިހުރި ހާލަތުގައި އުފަންވުން އެއީ އިންސާނާގެ ޤާނޫނީ ޝަޚްސިއްޔަތުގެ ފެށުމެވެ. އެވަގުތުން ފެށިގެން އޭނާ އަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކެވެ. ވާޖިބުތަކެއް އުފުލަންޖެހޭ ފަރާތެކެވެ. ނަމަވެސް މަރުވެފައިވާ ޙާލަތުގައި އުފަންވެއްޖެނަމަ އޭނަގެ ޤާނޫނީ ޝަޚްސިއްޔަތެއް ނުހުންނާނެއެވެ.

ކުއްޖާ މަންމަގެ ބަނޑުގައި އޮންނައިރު އޭނަގެ ޤާނޫނީ ޝަޚްސިއްޔަތެއް ނެތް ނަމަވެސް އޭނާއަށް ލިބޭ ތިން ޙައްޤެއް ވެއެވެ. ފުރަތަމަ ޙައްޤަކީ ބައްޕައަށް ނިސްބަތް ވުމެވެ. ދެވަނަ ހައްޤަކި ވާރުތަވުމެވެ. ތިންވަނަ ހައްގަކީ ވަސިއްޔަތް ލިބިގަތުމެވެ. ބަނޑުގައި އޮންނަ ކުއްޖާއަށް ވަސިއްޔަތް ކުރެވިދާނެއެވެ. ދިރިހުރި ހާލަތުގައި އުފަންވެއްޖެނަމަ އެވަގުތުންފެށިގެން އޭނާއަށް އެހައްގު ލިބުނީއެވެ. ނަމަވެސް މަރުވެފައިވާ ހާލަތުގައި އުފަންވެއްޖެނަމަ އެހައްގު ރައްދުވާނީ ވަސިއްޔަތް ކުރި މީހާގެ ވާރުތަވެރިންނަށެވެ. އެއީ އެކުއްޖާގެ ޤާނުނީ ޝަޚްސިއްޔަތެއް ނެތުމުންނެވެ.

އިންސާނާގެ ޤާނޫނީ ޝަޚްސިއްޔަތުގެ ނިމުމަކީ މަރުވުމެވެ. މަރުވުން ދެބަޔަކަށް ބަހާލެވެއެވެ. އެއީ ޠަބީޢީ މަރުވުމާއި ، މަރުވީކަމަށް ކޯޓުން ހުކުމެއް ކަނޑައެޅުމެވެ. ފަހުން މިދެންނެވި ކަންތައް ރައްދުވަނީ ގެއްލިފައިވާ މީހާއަށެވެ. މީހަކު ގެއްލި އޭނާގެ އެއްވެސް ޚަބަރެއް ނުވާތާ ހަތަރު އަހަރު ފުރިހަމަ ވެއްޖެނަމަ އޭނާ މަރުވީކަމަށް ކޯޓުން ހުކުމެއް ނެރެވިދާނެއެވެ. ހުކުމް ކުރެވޭ ވަގުތުން ފެށިގެން އޭނާގެ ޤާނޫނީ ޝަޚްސިއްޔަތު ނިމުނީއެވެ.

އިންސާނާގެ ޤާނޫނީ ޝަޚްސިއްޔަތުގެ ފެށުމާއި ނިމުމަކީ ޤާނޫނީގޮތުން ސާބިތު ކުރަންޖެހޭ ވަރަށް މުހިންމު ދެކަންތަކެވެ. މިގޮތުން ކޮންމެ ޤައުމެއްގައި ވެސް މިދެކަންތައް ސާބިތުކޮށް ތަސްޖީލުކުރާ އިދާރާއެއްވާނެއެވެ. އަދި އެފަރާތަށް އެކަންއަންގައި ރަސްމީކޮށް ކުރަން ކަނޑައެޅިފައިވާ ކަންތައްތައް ކުރުމަކީ ޤާނޫނު ވާޖިބުކުރާ ކަމެކެވެ. އެހެނީ މިދެކަމަކީ ވަރަށް ގިނަ ޤާނޫނީ މައްސަލަތަކެއް އުފެދިގެން އަންނަ ދެކަންތަކެވެ.

މަޢްނަވީ ޝަޚްސިއްޔަތު

މަޢްނަވީ ޝަޚްސިއްޔަތަކީ ތަފާތު ބޭނުންތަކަށްތަކައި އުފައްދާފައިވާ ތަންތަނެވެ. ކުންފުނިތަކާއި ޔުނިވަރސިޓީތަކެވެ. ދައުލަތްތަކާއި ޖަމާޢަތްތަކެވެ. މިއިންކޮންމެ ތަނަކީވެސް ޤާނޫނުގެ ކުރިމަތިގައި ޝަޚްސިއްޔަތްތަކެކެވެ. ޙައްގުތަކެއް ލިބިގެންވާ، ވާޖިބުތަކެއް އުފުލަންޖެހޭ ޤާނޫނީ ޝަޚްސިއްޔަތުތަކެކެވެ. ޠަބީޢީ ޝަޚްސިއްޔަތާއި މަޢްނަވީ ޝަޚްސިއްޔަތް ވަރަށް ތަފާތެވެ. ފުރަތަމަ މިދެންނެވި ޝަޚްސިއްޔަތުގެ މާއްދީ އޮނިގަޑެއްވެއެވެ. އަތްލައި ބަލައި އިހްސާސް ކުރެވެއެވެ. ނަމަވެސް ދެވަނައަށް މިދެންނެވި ޝަޚްސިއްޔަތް މުޅިން އިދިކޮޅެވެ. އެއީ އޭގައި މާއްދީ އޮނިގަޑެއް ނެތެވެ. އަދި އެއީ އަތްލައިބަލާ އިހްސާސް ކުރެވޭނެ އެއްޗެއްނޫނެވެ. މަޢްނަވީ ޝަޚްސިއްޔަތޭ ކިޔަނީ އެހެންވެގެންނެވެ.

ޠަބީޢީ ޝަޚްސިއްޔަތެކޭ އެއްގޮތަށް މަޢްނަވީ ޝަޚްސިއްޔަތުގެ ފެށުމާއި ނިމުމަކީ ވެސް ޤާނޫނުގައި ވަރަށް ފުރިހަމައަށް ތަންޒީމު ކުރެވިފައިވާ ކަންތައްތަކެކެވެ. އެއީ އެދެކަމުގެ ސަބަބުން ޤާނޫނީ މުހިންމު މައްސަލަތަކެއް އުފަންވާތީއެވެ.

މިގޮތުން ޤާނޫނުގެ ކުރީމަތީގައި ހުއްޓިހުންނަ ''މީހާ'' އަކީ ހަމައެކަނި އިންސާނާއެއްނޫނެވެ. ދައުލަތްތަކާއި ޖަމާޢަތްތަކާއި މުއައްސަސާތައް ވެސް ޤާނޫނުގެ ކުރިމަތީގައި ހުއްޓިހުންނާނީ މީހެއްގެ ގޮތުގައެވެ. މާއްދީ ހަށިގަޑެއްނުވާ މަޢްނަވީ މީހެއްގެ ގޮތުގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.