ހޮނިހިރު20171216

އާކުރެވުނީ: 09:46:14

ސިޔާސީ

ކީރިތި ރަސޫލާ ޢަމަލުކުރެއްވީ އަޣްލަބިއްޔަތަށް

majorityޤުރުއާނެކޭ އެއްފަދައިން ސުންނަތުގައި ވެސް އަދި ކީރިތި ރަސޫލާގެ ސިޔަރަތުގައިވެސް، އަޣްލަބިއްޔަތަށް ބަލަންޖެހޭނެކަމަށް ނުވަތަ އަޣްލަބިއްޔަތުގެ ރައުޔުގައި ހިފައި އެމީހުންގެ ބަހަށް ތަބާވާންޖެހޭނެ ކަމަށް، ޞަރީޙަކޮށް އައިސްފައި ނެތެވެ. ހަމައެހެން، އަޣްލަބިއްޔަތަށް ބަލައިގެން ނުވާނެކަމަށް ވެސް ޞަރީޙަކޮށް ނެތެވެ. ނަމަވެސް ކީރިތި ރަސޫލާ މަޝްވަރާގެ އުސޫލު ތަންފީޒުކުރައްވާފައިވާ ގޮތަށް ބެލީމާ ފެންނަނީ، މަޝްވަރާއަކީ މަޝްވަރާދޭ ގިނަ މީހުންގެ ރައުޔަށް ތަބާވާންޖެހޭ އެއްޗެއްކަމެވެ. ތިރީގައި މިވަނީ އޭގެ ބައެއް މިސާލުތަކެވެ:

ތަފްޞީލު...



އިސްލާމީ ޝޫރާގައި އޮންނަނީ އަޣްލަބިއްޔަތަށް ތަބާވުން

majority2މިޒަމާނުގެ ބައެއް މީހުން، ރައްޔިތުންގެ އަޣްލަބިއްޔަތަށް ފެންނަގޮތަކީ ޢަމަލުކުރަންޖެހޭ ގޮތެއް ނޫންކަން ސާބިތުކޮށްދޭން، ގިނަމީހުންގެ ރައުޔު ގޯސްކަން ހާމަވާ ބައެއް އާޔަތްތައް ޤުރުއާނުން ނަގައި ދަލީލު ދައްކައެވެ. ޤުރުއާނުގެ އާޔަތްތަކެއްގައި ބައިގިނަމީހުން –ނުވަތަ ބައެއް ބައިގިނަ މީހުން- ކުށްވެރިކޮށްފައި ވާއިރު، ހަމަ އެއާއެކު ވަރަށް ގިނަ އާޔަތްތަކުގައި 'އަލްމަލައު' ކުށްވެރިކޮށްފައި ވެއެވެ. އަލްމަލައު އަކީ ބޮޑުންގެ މީހުންނެވެ. އެއީ މުޖްތަމަޢުގައި އުޅޭ ބައިމަދު ބައެކެވެ. މި ލިޔުމަކީ، އިސްލާމީ މަޝްވަރާ ނިޒާމެއްގައި، ޢަމަލުކުރަންޖެހޭނީ އަޣްލަބިއްޔަތަށްކަން

ތަފްޞީލު...



މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވޭތަ؟

shooraaވެރިއަކު ނުވަތަ ރައީސަކު މަޝްވަރާދޭ މީހުންނާ މަޝްވަރާކޮށްފިއްޔާ، އެމީހުން ދިން މަޝްވަރާއާއި ރައުޔަކީ، އެއީ އޭގައި ހިފުން އޭނާގެ މައްޗަށް ލާޒިމުއެއްޗެއްހެއްޔެވެ؟ ނުވަތަ އެއީ ލާޒިމުނުވާ، މަޝްވަރާދޭ މީހުންނަށް ފެންނަގޮތެއް އަހާ ބެލުމަށްފަހު، މަޝްވަރާއަށް އެދުނު މީހާއަށް ފެންނަ ގޮތަކަށް، -ދިން މަޝްވަރާއާ އެއްގޮތަށް ނުވަތަ އިދިކޮޅަށް ނަމަވެސް- ނިންމުންހެއްޔެވެ؟ އިސްލާމީ ޝަރީޢަތުގައި މަޝްވަރާއަށް ކިތަންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައި ވިޔަސް، މަޝްވަރާކުރުމަކީ ހަމައެހެން ބޭރުފުށަށް ބަލާފައި، މަޝްވަރާ މަޖުލިހަކާއި ވާހަކަދައްކާލާފައި އަމިއްލައަށް ފެންނަ ގޮތަކަށް އަމަލުކޮށްފިއްޔާ، އެއީ ޚުދުމުޚުތާރުކަމެކެވެ.

ތަފްޞީލު...



އިސްލާމީންނާއި ޢަލްމާނީންގެ ގާތުގައި ދީނާއި ސިޔާސަތުގެ ގުޅުން..

dheen siyaasa 2

ދީނާއި ސިޔާސަތާ ދެމެދު އޮތީ ކިހާވަރެއްގެ ގުުޅުމެއްހެއްޔެވެ؟ އެއީ، އެއިން އެކަތި އޮވެއްޖެނަމަ އަނެކަތި ނޯންނާނެ ފަދަ، އިދިކޮޅު އަދި މުޑިއަރާ ގުޅުމެއްހެއްޔެވެ؟ ނުވަތަ އެއީ، އެކަތި އަނެކައްޗާ ނުލާ ނުއުޅެވޭނެ، އެކަތި އަނެކައްޗާ ވަކިނުވާނެ މިންވަރަށް، ގުޅި ލާމެހިފައިވާ ގުޅުމެއްހެއްޔެވެ؟

ނުވަތަ އެއީ، ދީނީގޮތުން ނުވަތަ މަޛްހަބީ ގޮތުން ނުވަތަ ނަސްލުގެ ގޮތުން ނުވަތަ ޤައުމީ ގޮތުން ތަފާތު ދެ މީހަކު އެކަކުއަނެކަކު ދެނެގަނެ ހަމަޖެހިގެން އުޅޭހެން، ނުވަތަ އައިޑިއޮލޮޖީ ތަފާތު ދެ ޤައުމެއް ސުލްޙަވެރިކަމާއެކު އެކުއެކީގައި އުޅެން އެނގޭހެން، އެކުއެކީ އުޅެވޭނެ އަދި އެކަތި އަނެކައްޗަށް އެނގިދެނިވެއުޅެވޭނެ ދެ އެއްޗެއްހެއްޔެވެ؟

ތަފްޞީލު...



ދީނާއި ސިޔާސަތު ވަކިކުރުން

dheen siyaasaa

ދީނާއި ސިޔާސަތާ ދެމެދު އޮންނަ ގުޅުމާމެދު ޢަލްމާނީން ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ފުރަތަމަ ކަމަކީ، ދީނުގެ ތެރެއިން ސިޔާސަތު، އަދި ސިޔާސަތުގެ ތެރެއިން ދީން އެއްކޮށް ވަކިކޮށްލުމެވެ. އަދި އެމީހުންގެ މަޝްހޫރު ޝިޢާރަކީ: "ސިޔާސަތުގައި ދީނެއް ނޯންނާނެއެވެ. އަދި ދީނުގައި ސިޔާސަތެއް ނޯންނާނެއެވެ." ނަމަވެސް މި ޝިޢާރަކީ ފާޑުކިޔައި ބަހުސްކޮށްފިނަމަ ސާބިތުވެ ހުރެވޭނެވަރުގެ ޝިޢާރެއް ނޫނެވެ.

ތަފްޞީލު...



ވެރިންނާ ދެކޮޅުހެދުން ހުއްދަވުމާއި ހުއްދަނުވުން

siyaasa idhikolhu

ސަރުކާރާއި އަދި އިދިކޮޅުފަރާތްތައް (Government vs opposition)، މި ދޭއްޗަކީ ޙަޔާތުގެ ކައުނީ ސުންނަތެކެވެ. އަދި ޙަޔާތުގެ ޟަރޫރަތެކެވެ.  އަދި އެއީ އެއަށްވުރެ ފުޅާ އިދިކޮޅު 'ދެވަންތަ' ނުވަތަ 'ޘުނާއިއްޔާ' (ޑުއަލިޒަމް/ ޑުއަލިޓީ) ގެ ސުންނަތުގެ ތެރެއިންވާ އެއްޗެކެވެ. އެހެނީ ކައުނުގައިވާ ހުރިހާ މަޚްލޫޤާތެއްގެ މައްޗަށް ވެސް، އަދި ޙަޔާތުގެ ހުރިހާ ކަމެއްގެ މައްޗަށް ވެސް، ހިނގާ އާއްމު ޤާނޫނަކީ 'އިދިކޮޅު ޤާނޫނު' އެވެ.

ތަފްޞީލު...



ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (3)

އަލްޢައްލާމާ މުޙައްމަދު އަލްޚަޟަރު ޙުސައިން، ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ސިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިސިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ސައްޙަ ސިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ.

ތަފްޞީލު...



ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (2)

deenai-siyaasat02ސިޔާސަތުގެ ތެރެއިން ދީން ނެރެލުމުގެ މާނައަކީ، ސިޔާސަތުގެ ތެރޭގައި ހުރި ހެޔޮކަންކަމަށް ބާރު އަޅާ އެންމެހައި ސިފަތަކާއި ނުބައިކަންކަމުން ދުރުކޮށްދޭ ސިފަތައް ސިޔާސަތުން ބޭރުކޮށްލުމެވެ. ސިޔާސަތާ ދީން ވަކިކުރުމަކީ ތަޤުވާއާއި ކިޔަމަންކަމަށް ފޯރުކޮށްދޭ ސަބަބުތަކުން ސިޔާސަތު އެއްކިބާކުރުމާއި، ނުބައިކަންކަމާއި ފާފަތަކަށް މަގު ފަހިކޮށްދޭ ކަންކަމުގެ ތެރެއަށް ސިޔާސަތު ދޫކޮށްލުމެވެ.

ސިޔާސަތު ދީނާ ގުޅުވައިލުމުން، ރައްޔިތުންގެ ކިބައިގައިވާ އީމާންކަމުގެ ބާރު ނުވަތަ ރޫޙާނީ ބާރު މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބެއެވެ. އެއީ އެތެރޭގެ ސިޔާސަތު، ނުބައިމަގުތަކުން ދުރުކޮށް ހެޔޮމަގަށް އަޅުވައި، ކަސިޔާރުވުމުގެ ބަދަލުގައި ހަމަމަގުގައި ސާބިތުކުރުވައި، ޙަރާމްކަންކަމުން މިންޖުވެފައިވާ ތާހިރުކަމަކަށް މަގުދައްކައެވެ.

ތަފްޞީލު...



ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (1)

deenai-siaasat01ސިޔާސީއަކު ދީނުގައި ހިފަހައްޓައިފިނަމަ، އޭނާ އެހިފަހައްޓަނީ އިތުބާރުހުރި ބައިވެރިއެއްގައެވެ. އަޚުލާޤީ ބަލިމަޑުކަމުން ދީން އޭނާ ރައްކާތެރިކޮށްދެއެވެ. ނިފާޤުކަމުގެ ކުނިބުނިން ހިމާޔަތްކޮށްދެއެވެ. އޭނާ ބަހެއް ބުނަނީމަ، ދޮގެއް ނަހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ، އެވަޢުދަކާ ޚިލާފުނުވާނެއެވެ. އަމާނާތެއް ހަވާލުކުރެވިއްޖެނަމަ، ޚިޔާނާތްތެރިނުވާނެއެވެ. އަދި ޢަހުދުކަށަވަރެއް ހިފައިފިނަމަ، ޣަދަރުވެރިނުވާނެއެވެ. އަދި މީހަކާ ދެބަސްވިޔަސް ހަޑިހުތުރު ބަހުރުވަ ބޭނުންނުކުރާނެއެވެ. އޭނާގެ އުޅުމާއި ސުލޫކު ހުންނާނީ މަކާރިމުލް އަޚުލާޤާއި މަތިވެރި މިސާލުދެއްކުމުގެ އިމުގައި ހިފެހެއްޓިފައެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.