ހޮނިހިރު20171216

އާކުރެވުނީ: 09:46:14

ލޯބިވެރިން

ތިބާގެ ހިތާ، ޚިޠުބާގެ ކުރިމަތީ ކާވެނި!

khithubaaޒުވާން ކުދިން ޚިޠުބާގެ ގުޅުމުގެ އިމުގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައި ކާވެނި ފުރިހަމަކުރުމަށް ޖެހިލުންވެއެވެ. ސަބަބަކަށްވަނީ ޚިޠުބާގެ ދުވަސްވަރުގައި ދެފަރާތަށްމެ މައްސަލަތަކެއް މެދުވެރިވުމެވެ. ނުވަތަ ބައިވެރިޔާއާމެދު ފުރިހަމަ ފިކުރާއެއް ނުލިބުމާއި މުސްތަޤުބަލާ މެދު ފުރިހަމަ ތަޞައްވުރެއް ނުލިބިގެނެވެ.

ތަފްޞީލު...



ޚިޠުބާގައި އަންހެނާއަށް ބެލުން

khithubaa

ޚިޠުބާގެ މާނައަކީ ކަނޑައެޅިގެންވަކި އަންހެނަކާ ކާވެނިކުރުމުގެ އެދުން ފާޅުކުރުމާއި، އެކަން އަންހެނާގެ ވަލީވެރިއާއަށް ނުވަތަ އަންހެނާއަށް އެންގުމެވެ. މިކަން ޚިޠުބާއަށް އެދޭ ފިރިހެނާއަށް ސީދާކުރެވިދާނެއެވެ. ނުވަތަ އޭނާގެ އަހުލުވެރިން މެދުވެރިކޮށް ކުރެވިދާނެއެވެ. އަދި އަންހެންމީހާ ނުވަތަ އޭނާގެ ވަލީވެރިޔާ އެދެމީހުން ކާވެނިކުރުވުމަށް އެއްބަސްވެއްޖެނަމަ، އެހިސާބުން ޚިޠުބާ ފުރިހަމަވީއެވެ. ކާވެނީގެ ކުރިން ޚިޠުބާ އުވައިލުމުގެ އިޚުތިޔާރު ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.[3]

އެހެން ބައެއް ޢިލްމުވެރިން އެއީ ހަމައެކަނި އަންހެނާގެ ކާވެންޏަށް، މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ވަސީލަތްތައް މެދުވެރިކޮށް އެދުންކަމުގައި މާނަކުރައްވައެވެ.[4] އެކަމަކު އިސްވެދިޔަ ތަޢުރީފަކީ ތަފްޞީލު ތަޢުރީފެކެވެ.

 

ތަފްޞީލު...



ނަހަލާލަށް ލިބިފައިވާ ކުއްޖަކާ ކައިވެނި ކުރުމަކީ ހުއްދަ ކަމެއްތަ؟

ސުވާލު: ބައްޕަ ނެތް (ނަހަލާލަށް ލިބިފައިވާ) ކުއްޖަކާއި ކައިވެނީގެ ގޮތުން ގުޅުމަކީ، ދީނުގައި ހުއްދަ ކަމެއްހެއްޔެވެ؟ މިއީ މަނާ ކަމެއް ކަމުގައި ކީރިތި ރަސޫލާ އަންގަވާފައި ވޭ ހެއްޔެވެ؟

ނަހަލާލަށް ލިބިފައިވާ ކުއްޖަކާ ކައިވެނި ކުރުމަކީ ޙަރާމް ކަމެއް ކަމުގައި، ކީރިތި ރަސޫލާ ކަނޑައަޅުއްވާފައި ނެތެވެ. އެހެނީ ނަހަލާލަށް ލިބިފައިވާ ކުއްޖަކާ އަކީ އޭނާއަށް އަދަބެއް ދޭން ޖެހޭފަދަ، އެއްވެސް ކުށެއް ކުރި ކުއްޖެއް ނޫނެވެ. ކުށް ކުރީ އޭނާގެ މަންމައާއި އެހެން ފިރިހެނެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ: كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ

ތަފްޞީލު...



ގާލުވުން

gaaluvunއިސްލާމީ ފިޤުހުގައި "ޚިޠުބާ" ކިޔާއެއްޗެއް އޮވެއެވެ. އެކަން ކުރާ ފިރިހެން މީހާއަށް ކިޔަނީ ޚާޠިބްއެވެ. އަންހެން މީހާއަށް މަޚްޠޫބާއެވެ. ޚިޠުބާއަކީ ކައިވެނި ކުރަން ކުރާ ވަޢުދެކެވެ. އެއީ ފަހަރެއްގައިވެސް ކައިވެންޏެއް ނޫނެވެ. މިއަށް އިގިރޭސިން ކިޔަނީ ''އެންގޭޖްމެންޓް'' އެވެ. ދިވެހި ބަސްފޮތުގަ މިއަށް ކިޔާފައި އޮންނަނީ ''ގާލިހު'' ''ގާލިހުވުން'' ''ގާލުވުން'' މި ބަހެވެ.

ކައިވެންޏަކީ އިސްލާމް ދީން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ. ކައިވެނި ކުރުމަށް ފަހު އެކަން ތަންޒީމު ކުރުމުގެ ތަފާތު ޙުކުމްތައް ކަނޑައަޅައި ހެދި އިރު، ކައިވެނީގެ ކުރިން

ތަފްޞީލު...



މައިންބަފައިންނަށްޓަކައި، ލޯބި ޤުރުބާން ކުރަންވީތަ؟

ސުވާލު: މައިންބަފައިންގެ ރުހުމާއި ދެކޮޅަށް އަންހެން ކުއްޖަކު ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ އަދި އެގޮތަށް އެކަން ކޮށްފިނަމަ އެއީ ''މައިންބަފައިންނަށް ނުކިޔަމަންތެރި ވުން'' ކަމުގައި ވާނެ ހެއްޔެވެ؟ އަދި އަންހެން ކުއްޖެއްގެ ރުހުމާ ދެކޮޅަށް މީހަކާ ދެވުމަކީ ކޮންކަހަލަ ކަމެހެއްޔެވެ؟

ޖަވާބު: ޢިލްމުވެރިންގެ ބާގައެއް.

މިޒަމާނުގައި ލޯތްބާއި ޢިޝްޤަކީ ވަރަށް ގިނަ އަންހެން ކުދިން، ޢުމުރުން ވަރަށް ޅަ އިރުއްސުރެ އޭގައި ޖެހޭ އެއްޗަކަށް ވެއްޖެއެވެ. ފުރާވަރަށް އަންނަމުން އަންނަ ނާޒުކު ޢުމުރުގައި އަންހެންކުދިން، ފިރިހެން ކުދިން ބުނެލާ ބަހަކަށް ހެއްލުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ބައެއް ފިރިހެން ކުދިން، އެ މީހުންގެ މަޅީގާ އަންހެން ކުދިން ޖެއްސުން އެއީ އުފަލެއް ކަމުގައި ދެކެއެވެ. އަދި ރައްޓެހިންގެ މެދުގައި މިވެނި އެވެނި ކުއްޖަކާ ރައްޓެހިވި ކަމަށް ބުނެ ފަޚުރުވެރިވެއެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.