ކަވާސާ އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://kavaasaa.com/ Sat, 16 Dec 2017 08:47:45 +0200 Joomla! - Open Source Content Management en-gb ދީނުގައި މަޖްބޫރުކަމެއް ނެތެވެ. http://kavaasaa.com/dheen/aqeedha/dheenuga-maboor-kameh-neh.html http://kavaasaa.com/dheen/aqeedha/dheenuga-maboor-kameh-neh.html

laa ikraaha1

{لَا إِكْرَ‌اهَ فِي الدِّينِ} "دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. " (ބަޤަރާ:256)

މިއީ މަންސޫޚު ވެފައިވާ އާޔަތެއްކަމަށް ބައެއް މުފައްސިރުން ވިދާޅުވެފައިވާ އަޔަތެކެވެ. ނަމަވެސް މިއީ މަންސޫޚު ވާނެ އާޔަތެއް ނޫނެވެ. ސަބަބަކީ މި އާޔަތުގައި ކަނޑައަޅާފައި މިވަނީ ކަށަވަރުވެފައިވާ އަދި ޢާއްމު އުޞޫލެކެވެ. އަލިގަދަ ސާފު ހަގީގަތެކެވެ. އެއީ ދީނަކީ މަޖްބޫރުކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫންކަމެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) Featured ޢަޤީދާ ދީނާއިދުނިޔެ Wed, 16 Aug 2017 09:46:14 +0200
ކީރިތި ރަސޫލާ ޢަމަލުކުރެއްވީ އަޣްލަބިއްޔަތަށް http://kavaasaa.com/siyaasathu-qanoonu/siyaasee/rasoola-amalukurevve-ahglbabiyyathah.html http://kavaasaa.com/siyaasathu-qanoonu/siyaasee/rasoola-amalukurevve-ahglbabiyyathah.html

majorityޤުރުއާނެކޭ އެއްފަދައިން ސުންނަތުގައި ވެސް އަދި ކީރިތި ރަސޫލާގެ ސިޔަރަތުގައިވެސް، އަޣްލަބިއްޔަތަށް ބަލަންޖެހޭނެކަމަށް ނުވަތަ އަޣްލަބިއްޔަތުގެ ރައުޔުގައި ހިފައި އެމީހުންގެ ބަހަށް ތަބާވާންޖެހޭނެ ކަމަށް، ޞަރީޙަކޮށް އައިސްފައި ނެތެވެ. ހަމައެހެން، އަޣްލަބިއްޔަތަށް ބަލައިގެން ނުވާނެކަމަށް ވެސް ޞަރީޙަކޮށް ނެތެވެ. ނަމަވެސް ކީރިތި ރަސޫލާ މަޝްވަރާގެ އުސޫލު ތަންފީޒުކުރައްވާފައިވާ ގޮތަށް ބެލީމާ ފެންނަނީ، މަޝްވަރާއަކީ މަޝްވަރާދޭ ގިނަ މީހުންގެ ރައުޔަށް ތަބާވާންޖެހޭ އެއްޗެއްކަމެވެ. ތިރީގައި މިވަނީ އޭގެ ބައެއް މިސާލުތަކެވެ:

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) Featured ސިޔާސީ ސިޔާސަތާއި ޤާނޫނު Sun, 30 Jul 2017 14:16:39 +0200
އިސްލާމީ ޝޫރާގައި އޮންނަނީ އަޣްލަބިއްޔަތަށް ތަބާވުން http://kavaasaa.com/siyaasathu-qanoonu/siyaasee/majority-ah-thabaavun.html http://kavaasaa.com/siyaasathu-qanoonu/siyaasee/majority-ah-thabaavun.html

majority2މިޒަމާނުގެ ބައެއް މީހުން، ރައްޔިތުންގެ އަޣްލަބިއްޔަތަށް ފެންނަގޮތަކީ ޢަމަލުކުރަންޖެހޭ ގޮތެއް ނޫންކަން ސާބިތުކޮށްދޭން، ގިނަމީހުންގެ ރައުޔު ގޯސްކަން ހާމަވާ ބައެއް އާޔަތްތައް ޤުރުއާނުން ނަގައި ދަލީލު ދައްކައެވެ. ޤުރުއާނުގެ އާޔަތްތަކެއްގައި ބައިގިނަމީހުން –ނުވަތަ ބައެއް ބައިގިނަ މީހުން- ކުށްވެރިކޮށްފައި ވާއިރު، ހަމަ އެއާއެކު ވަރަށް ގިނަ އާޔަތްތަކުގައި 'އަލްމަލައު' ކުށްވެރިކޮށްފައި ވެއެވެ. އަލްމަލައު އަކީ ބޮޑުންގެ މީހުންނެވެ. އެއީ މުޖްތަމަޢުގައި އުޅޭ ބައިމަދު ބައެކެވެ. މި ލިޔުމަކީ، އިސްލާމީ މަޝްވަރާ ނިޒާމެއްގައި، ޢަމަލުކުރަންޖެހޭނީ އަޣްލަބިއްޔަތަށްކަން

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) Featured ސިޔާސީ ސިޔާސަތާއި ޤާނޫނު Sun, 30 Jul 2017 12:41:18 +0200
މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވޭތަ؟ http://kavaasaa.com/siyaasathu-qanoonu/siyaasee/shooraa-laazimu-veytha.html http://kavaasaa.com/siyaasathu-qanoonu/siyaasee/shooraa-laazimu-veytha.html

shooraaވެރިއަކު ނުވަތަ ރައީސަކު މަޝްވަރާދޭ މީހުންނާ މަޝްވަރާކޮށްފިއްޔާ، އެމީހުން ދިން މަޝްވަރާއާއި ރައުޔަކީ، އެއީ އޭގައި ހިފުން އޭނާގެ މައްޗަށް ލާޒިމުއެއްޗެއްހެއްޔެވެ؟ ނުވަތަ އެއީ ލާޒިމުނުވާ، މަޝްވަރާދޭ މީހުންނަށް ފެންނަގޮތެއް އަހާ ބެލުމަށްފަހު، މަޝްވަރާއަށް އެދުނު މީހާއަށް ފެންނަ ގޮތަކަށް، -ދިން މަޝްވަރާއާ އެއްގޮތަށް ނުވަތަ އިދިކޮޅަށް ނަމަވެސް- ނިންމުންހެއްޔެވެ؟ އިސްލާމީ ޝަރީޢަތުގައި މަޝްވަރާއަށް ކިތަންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައި ވިޔަސް، މަޝްވަރާކުރުމަކީ ހަމައެހެން ބޭރުފުށަށް ބަލާފައި، މަޝްވަރާ މަޖުލިހަކާއި ވާހަކަދައްކާލާފައި އަމިއްލައަށް ފެންނަ ގޮތަކަށް އަމަލުކޮށްފިއްޔާ، އެއީ ޚުދުމުޚުތާރުކަމެކެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) Featured ސިޔާސީ ސިޔާސަތާއި ޤާނޫނު Sun, 30 Jul 2017 09:56:31 +0200
އިސްލާމީންނާއި ޢަލްމާނީންގެ ގާތުގައި ދީނާއި ސިޔާސަތުގެ ގުޅުން.. http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu2.html http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu2.html

dheen siyaasa 2

ދީނާއި ސިޔާސަތާ ދެމެދު އޮތީ ކިހާވަރެއްގެ ގުުޅުމެއްހެއްޔެވެ؟ އެއީ، އެއިން އެކަތި އޮވެއްޖެނަމަ އަނެކަތި ނޯންނާނެ ފަދަ، އިދިކޮޅު އަދި މުޑިއަރާ ގުޅުމެއްހެއްޔެވެ؟ ނުވަތަ އެއީ، އެކަތި އަނެކައްޗާ ނުލާ ނުއުޅެވޭނެ، އެކަތި އަނެކައްޗާ ވަކިނުވާނެ މިންވަރަށް، ގުޅި ލާމެހިފައިވާ ގުޅުމެއްހެއްޔެވެ؟

ނުވަތަ އެއީ، ދީނީގޮތުން ނުވަތަ މަޛްހަބީ ގޮތުން ނުވަތަ ނަސްލުގެ ގޮތުން ނުވަތަ ޤައުމީ ގޮތުން ތަފާތު ދެ މީހަކު އެކަކުއަނެކަކު ދެނެގަނެ ހަމަޖެހިގެން އުޅޭހެން، ނުވަތަ އައިޑިއޮލޮޖީ ތަފާތު ދެ ޤައުމެއް ސުލްޙަވެރިކަމާއެކު އެކުއެކީގައި އުޅެން އެނގޭހެން، އެކުއެކީ އުޅެވޭނެ އަދި އެކަތި އަނެކައްޗަށް އެނގިދެނިވެއުޅެވޭނެ ދެ އެއްޗެއްހެއްޔެވެ؟

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) Featured ސިޔާސީ ސިޔާސަތާއި ޤާނޫނު Sat, 29 Jul 2017 19:55:10 +0200
ދީނާއި ސިޔާސަތު ވަކިކުރުން http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu.html http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu.html

dheen siyaasaa

ދީނާއި ސިޔާސަތާ ދެމެދު އޮންނަ ގުޅުމާމެދު ޢަލްމާނީން ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ފުރަތަމަ ކަމަކީ، ދީނުގެ ތެރެއިން ސިޔާސަތު، އަދި ސިޔާސަތުގެ ތެރެއިން ދީން އެއްކޮށް ވަކިކޮށްލުމެވެ. އަދި އެމީހުންގެ މަޝްހޫރު ޝިޢާރަކީ: "ސިޔާސަތުގައި ދީނެއް ނޯންނާނެއެވެ. އަދި ދީނުގައި ސިޔާސަތެއް ނޯންނާނެއެވެ." ނަމަވެސް މި ޝިޢާރަކީ ފާޑުކިޔައި ބަހުސްކޮށްފިނަމަ ސާބިތުވެ ހުރެވޭނެވަރުގެ ޝިޢާރެއް ނޫނެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) Featured ސިޔާސީ ސިޔާސަތާއި ޤާނޫނު Thu, 27 Jul 2017 23:53:57 +0200
ވެރިންނާ ދެކޮޅުހެދުން ހުއްދަވުމާއި ހުއްދަނުވުން http://kavaasaa.com/siyaasathu-qanoonu/siyaasee/verinna-dhekolhu-hedhuna-hudha-hudha-noon.html http://kavaasaa.com/siyaasathu-qanoonu/siyaasee/verinna-dhekolhu-hedhuna-hudha-hudha-noon.html

siyaasa idhikolhu

ސަރުކާރާއި އަދި އިދިކޮޅުފަރާތްތައް (Government vs opposition)، މި ދޭއްޗަކީ ޙަޔާތުގެ ކައުނީ ސުންނަތެކެވެ. އަދި ޙަޔާތުގެ ޟަރޫރަތެކެވެ.  އަދި އެއީ އެއަށްވުރެ ފުޅާ އިދިކޮޅު 'ދެވަންތަ' ނުވަތަ 'ޘުނާއިއްޔާ' (ޑުއަލިޒަމް/ ޑުއަލިޓީ) ގެ ސުންނަތުގެ ތެރެއިންވާ އެއްޗެކެވެ. އެހެނީ ކައުނުގައިވާ ހުރިހާ މަޚްލޫޤާތެއްގެ މައްޗަށް ވެސް، އަދި ޙަޔާތުގެ ހުރިހާ ކަމެއްގެ މައްޗަށް ވެސް، ހިނގާ އާއްމު ޤާނޫނަކީ 'އިދިކޮޅު ޤާނޫނު' އެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) Featured ސިޔާސީ ސިޔާސަތާއި ޤާނޫނު Wed, 26 Jul 2017 08:30:00 +0200
މާބަނޑު ދުވަސްވަރު - ބުރަކަށީގައި ރިހުން http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-burakasheega-rissun.html http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-burakasheega-rissun.html

maabadu burakasheega rissunބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50 އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) Featured ދިމާވާ އުނދަގޫތައް މާބަނޑުދުވަސްވަރު މަންމާއިދަރިފުޅު ޞިއްޙަތު Mon, 14 Dec 2015 18:25:19 +0200
މާބަނޑު ދުވަސްވަރު - ބަނޑުގައި ވައިހެދި ބަނޑު ފުއްޕުން http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-badu-fuppun-2015.html http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-badu-fuppun-2015.html

maabadu badu fuppun 2015ބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި، ބަނޑުފުއްޕައި، ވައިބޭރުކުރެވޭ މިންވަރު އިތުރުވުމަކީ ވެދާނެކަމެކެވެ. އާންމުކޮށް މީހަކު ދުވާލެއްގެ މައްޗަށް 4-1 ޕިންޓާއި ދެމެދުގެ މިންވަރަކަށް ގޭސް ބަނޑުގައި އުފައްދާނެ އެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 23- 14 ފަހަރާއި ދެމެދުގެ މިންވަރަކަށް (އެވްރެޖްކޮށް18 ފަހަރު) ވައި ބޭރުކުރާނެ އެވެ. ބައެއް މީހުންނަށް ވައިބޭރުކުރެވޭ ވަގުތު ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދެނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) Featured ދިމާވާ އުނދަގޫތައް މާބަނޑުދުވަސްވަރު މަންމާއިދަރިފުޅު ޞިއްޙަތު Mon, 14 Dec 2015 17:40:50 +0200
މާބަނޑު ދުވަސްވަރު - ބަނޑުގައި ރިހުން http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-bandugai-rihun.html http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-bandugai-rihun.html

maabadu bandugai rihunމާބަނޑު ދުވަސްވަރު ދޭތެރެ ދޭތެރެއިން ދަށްބަނޑުގައި ނުވަތަ ބަނޑުގައި ރިހުމަކީ ވަރަށް ތަބީޢީ، އަދި އާންމު ކަމެކެވެ. މާބަނޑު ދުވަސްވަރު ބައެއް ފަހަރު ބަނޑުގައި ރިހުމަކީ މާބޮޑު ކަމަކަށް ނުވިނަމަވެސް، އަނެއްބައިފަހަރު ބަނޑުގައި ރިހުމަކީ ނުރައްކަލެއް އުޅޭކަމުގެ ނިޝާނަކަށް ވެދާނެ އެވެ. ބަނޑުގައި ރިއްސުމަކީ ނުރައްކާތެރި، އަދި ނުރައްކާތެރި ނޫން ކަމެއްގެ ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ. ބަނޑުގައި ރިއްސާ ސަބަބު، އަމިއްލައަށް ދެނެގަތުމަށް އުޅުމަކީ ރަގަޅު ކަމެއް ނޫނެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) Featured ދިމާވާ އުނދަގޫތައް މާބަނޑުދުވަސްވަރު މަންމާއިދަރިފުޅު ޞިއްޙަތު Mon, 14 Dec 2015 01:22:38 +0200
މާބަނޑު ދުވަސްވަރު – ބަނޑުހިކުން http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-badu-hikun-2015.html http://kavaasaa.com/sihhat/manma-dharifulhu/maabadu/maabadu-udhagoothah/maabadu-badu-hikun-2015.html

maabadu baduhikunމިއީ ބަލިވެއިންނަ %50އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެ އިނުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި މާބަނޑު މީހުންނަށް ބަނޑުހަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަނޑުހިކުމަކީ އޭގެ ސަބަބުން މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް ފުރަގަސް ފަރާތް ފައިބައިފައިވާ މީހުންނަށް ބަނޑުހަރުވުމަކީ އިތުރު އުދަނގޫތައް ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) Featured ދިމާވާ އުނދަގޫތައް މާބަނޑުދުވަސްވަރު މަންމާއިދަރިފުޅު ޞިއްޙަތު Sun, 13 Dec 2015 22:29:58 +0200