އާދީއްތަ20171217

އާކުރެވުނީ: 09:46:14

ކާނާ

ފޮނިކެކުރި (މެލަން)

foni-kekuriފޮނިކެކުރި ނުވަތަ މެލަން އަކީ ބޮޑުކެކުރި ނުވަތަ ކިއުކަމްބާ އާއިލާއަށް ނިސްބަތްވާ މޭވާ އެކެވެ. މަޑު ފޮނިރަހައެއް ހުންނަ، ފޮނިކެކުރިއަކީ، މޭވާއެއްގެ ގޮތުގަޔާއި، ފަނި ގިރައިގެން، އަދި ވެސް ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށްގެން ބޭނުންކޮށްއުޅޭ މޭވާއެކެވެ. ފޮނިކެކުރީގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ފޮނިކެކުރި އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ކާނާގެ މާއްދާތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ތަފްޞީލު...



ރަންބުސްތާނު

ranbusthaanރަންބުސްތާނަކީ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން އާއި މައުދަންތަކާއި، އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އާންމުކޮށް މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަންޏާއި ސަރުބަތު ތައްޔާރުކޮށްގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



މަބުސްތާނު

mabustaanމަބުސްތާނަކީ އަނގަޔަށް ވަރަށް މީރު މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެކުލެވޭ މޭވާ އެކެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތްތައް ރަގަޅުކޮށް، ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ ތަފާތު މާއްދާތައް އެހެން މޭވާތައް ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފަދައިން މަބުސްތާނު ކެއުމުން ވެސް ހަށިގަނޑަށް ލިބިގެން ދެއެވެ.

ތަފްޞީލު...



ދަނބު

dhanbuދަނބަކީ ހުތްފޮނި ރަހައެއްދޭ މޭވާ އެކެވެ. މިއީ އުނިއޮށެއްގެ ސައިޒަށް އޮންނަ ކުޑަ މޭވާ އެކެވެ. ގިތި ނުވަތަ ނިލި ދަނބު ހުންނަނީ ފެހިކުލައިގައެވެ. ދޮންވުމުން ރަތް، އަދި ދަނބުކުލައިގައި ވެސް ހުރެއެވެ. މިއީ ވެސް ކެއުމަށާއި، ޖޫސް ތައްޔާރުކުރުމަށް ބޭނުންކުރާ މޭވާ އެކެވެ.

ތަފްޞީލު...



މޭބިސްކަދުރު

meybis-kadhuruމޭބިސްކަދުރަކީ ހުތް ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ތަފާތު ވައްތަރާއި ކުލަތަކުގެ މޭބިސްކަދުރު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ހުންނަނީ ފެހި، ރަތް، ކަޅު، އަދި ދަނބު ކުލައިގެ މޭބިސްކަދުރެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި ތަފާތު ވިޓަމިންތަކާއި، މައުދަންތައް އެކުލެވިގެންވާ މޭވާ އެކެވެ. ބައެއް ލިޔުންތަކުގައި މޭބިސްކަދުރު ސިފަކޮށްފައިވަނީ "މޭވާތަކުގެ ރާނީ"ގެ ގޮތުގައެވެ.

ތަފްޞީލު...



ސައްކެޔޮ

sakkeyoސައްކެޔޮ އަކީ ބިޔަގަހެއްގައި އަޅާ ފޮނިކަމެއް އެކުލެވޭ ބަނބުކޭލުގެ ސިފަޔަށް ހުންނަ ބޮޑު މޭވާ އެކެވެ. މިއީ ހަކަތަ އާއި ޑައެޓްރީ ފައިބަރު، ތަފާތު ވިޓަމިންތަކާއި، މަޢުދަންތަކުގެ މުއްސަދި ވެފައިވާ މޭވާ އެކެވެ. ކެއުމަށް ބޭނުންކުރަނީ މީގެ އެތެރޭގައި އޮންނަ ބަޔެވެ. ބޭރުފުށުން ފެންނަ އިރު ބަނބުކޭލާއި ވައްތަރު ގޮތެއް ހުންނާނެއެވެ.

ތަފްޞީލު...



ވައްތީނި

wattheeni-1ވައްތީނި އަކީ އެތެރޭގައި ކުދި އޮށްތަކެއް ހުންނަ މީރު މޭވާ އެކެވެ. މިއީ ވެސް އެމޭވާއެއްގައި ތަފާތު މައުދަންތަކާއި، ވިޓަމިންތަކާއި، އަދި ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގައި އަދި ހިއްކައިގެން ވެސް ވައްތީނި ބޭނުންކޮށް އުޅެއެވެ. އަދި ބައެއް ކަހަލަ ކާތަކެތީގެ ތެރޭގައި ވައްތީނި ހިމަނައިގެން ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



ގޯނބިލި

goabiliގޯނބިލި އަކީ ބިލަމަގު ގަހާއި ވައްތަރު އެއަށްވުރެ މައްޗަށް ހެދޭ ގަހެއްގައި އަޅާ ވަށްކޮށް، ފަތިކޮށް ފިތްފިތް ހުންނަ މޭވާ އެކެވެ. ގޯނބިލީގައި ދޭނީ ހުތް ރަހަ އެކެވެ. އަސާރަ ހެދުމަށާއި، ބައެއް ކަހަލަ ސަލަޑް ތައްޔާރު ކުރުމަށް، އަދި ކާނާގެ ތަފާތު ވައްތަރުތައް ތައްޔާރުކުރުމަށް ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ގޯނބިލި ބޭނުންކޮށް އުޅެއެވެ. މިއީ މަދުން ނަމަވެސް އޭގައި ޞިއްޙީ ފައިދާތަކެއް ވެސް އެކުލެވޭ މޭވާ އެކެވެ.

ތަފްޞީލު...



ނިޔަދުރު

niyadhuruނިޔަދުރު އަކީ ވަރަށް ހުތް މޭވާ އެކެވެ. މީގައި ލާނީ ހިތި ރަހަ އެކެވެ. މިހުންނަނީ މެދުވަރެއްގެ ފަޅޮލެއްގެ ސައިޒަށެވެ. ދިގުކޮށެވެ. ދޮންވުމުން ހުންނާނީ ރީނދޫ ކުލައިގައެވެ. މިއީ ފޮނިލުނބޯ، ދޯޅަނބު އަދި ވެސް އެހެން ހުތްމޭވާތަކާއި އެއް އާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. މީގެ ބޭރު ތޮށި ވަރަށް ބޯވާނެ އެވެ. ނިޔަދުރުގެ ވެސް ތަފާތު ވައްތަރުތައް ހުރެއެވެ.

ތަފްޞީލު...



ޔޫސުފުއަފަންދީ

yousuf-afendi-1ޔޫސުފުއަފަންދީ އަކީ ހުތްމޭވާގެ ޢާއިލާއަށް ނިސްބަތްވާ ނާރިނގު ނުވަތަ ފޮނިލުބޯގެ ވައްތަރެކެވެ. މީގެ ތަފާތު އެތަކެއް ވައްތަރުތައް ހުރެއެވެ. އިގިރޭސި ބަހުން "މެންޑަރިން އޮރެންޖު"، "ޓެންގެރިން"، "ކްލެމެންޓިން"، "ޓެންގިލޯ"، "ޓެންގޯރ" އަކީ ދިވެހި ބަހުގައި ނަމަ "ޔޫސުފުއަފަންދީ" އެވެ. ޔޫސުފުއަފަންދީ އަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ސަލަޑްގައި ހިމަނައިގެންނާއި، ޖޫސްގިރައިގެންނާއި، ފޮނިކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.

ތަފްޞީލު...



ނާރިނގު (ހިތި ނާރިނގު)

naaringuހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ނާރިނގު އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. މިއީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަދި މޭވާ އެކެވެ.

ތަފްޞީލު...



ކުދިއޮރެންޖު

kudhi-orange-1ކުދި އޮރެންޖަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. މިއީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ގްރޭޕްފުރުޓް، ޔޫސުފުއަފަންދީ، ނާރިނގު، އަދި ކުދި ލުނބޯ ހިމެނެއެވެ.

ތަފްޞީލު...



ކުދިލުނބޯ

kudhi-lunboކުދި ލުނބޯ އަކީ ހުތްމޭވާގެ އާއިލާއަށް ނިސްބަތްވާ މަދުން ނަމަވެސް ކައިއުޅޭ އެއްޗެކެވެ. މިއީ ތަތްކަމެއް ހުންނަ އެއްޗެއްކަމުން ތެރަސްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ކުދި ލުނބޯ ބޭނުންކުރާކަން ފާހަގަކުރެވެއެވެ. އަދި މިއީ މޭވާއެއްގެ ގޮތުގައި ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ކައްކައިގެންނާއި، ޖޭމު ތައްޔާރުކޮށްގެން ވެސް ބައެއް ހިސާބުތަކުގައި ކުދި ލުނބޯ ބޭނުންކޮށް އުޅެއެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.