އާދީއްތަ20171217

އާކުރެވުނީ: 09:46:14

ކާނާ

ޖަނބުރޯލު

jaburoaluޖަނބުރޯލަކީ ހުތް ފޮނި މޭވާއެކެވެ. ޖަނބުރޯލްގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ފެހިކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަނބުރޯލު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަނބުރޯލް ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމުގައި ޖަނބުރޯލު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



ހެލެނބެލި

helebeli-1ހެލެނބެއްޔަކީ ހުތް ރަހަދޭ އެއްޗެކެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެކެެވެ. ދިވެހިރާއްޖޭގައި ހެލެނބެލި ބޮޑަށް ބޭނުންކުރެވެނީ ހެލެނބެލި ހުތުގެ ސިފައިގައެވެ. އެންމެ އާންމުކޮށް ބޭނުންކުރެވެނީ ކުންނާރު، ފަޅޯ، ކެރެޓް ފަދަ ތަކެތި ބޭނުންކޮށްގެން "މަޖާ" ތައްޔާރު ކުރުމުގައެވެ. ހެލެނބެލީގައި ވެސް ޞިއްޙަތަށް ފައިދާހުރި ކާނާގެ ތަފާތު ބާވަތްތައް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



ބިލިމަގު

bilimagu-1ބިލިމަގު އަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އަސާރަ ހަދައިންގެންނާއި، ސަލަޑް ހަދައިގެން، އަދި މޭވާއެއްގެ ގޮތުގައި ވެސް ބިލިމަގު ކައިއުޅެއެވެ. މިއީ ވަރަށް ހުތް ގަދަ އެއްޗެއްކަމުން ބައެއް މީހުން މިމޭވާ ކެއުމަށް ދެކޮޅު ހަދާކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



ދަނޑިގަޑު އަތަ

dhadigadu-atha-1ދަނޑިގަޑު އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދަނޑިގަޑު އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ނުވަތަ ރަތްކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.

ތަފްޞީލު...



ސްޓޯބެރީ

strawberry-1ސްޓޯބެރީ އަކީ ހުތްފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ސްޓޯބެރީ ހުންނަ ގަދަ ރަތްކުލައިގައެވެ. މިއީ މޭވާގެ ގޮތުގައާއި، ފަންޏާއި، ޖޫހުގެ ގޮތުގައި، އަދި ޖޭމު ހަދައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ސްޓޯބެރީ އަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދިވެސް އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ތަފްޞީލު...



ޖަންބު

janbuޖަންބަކީ ޖަނބުރޯލު ފަދައިން ހުތް ފޮނި މޭވާއެކެވެ. ޖަންބުގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަންބު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަންބު ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމުގައި ވެސް ބޭނުންކުރެވިދާނެ އެވެ.

ތަފްޞީލު...



ކަޅުހުއްތުމޭވާ

kalhu-huttu-meyvaaކަޅުހުއްތުމޭވާ އަކީ ވަރަށް ފޮނި މީރު މޭވާ އެކެވެ. މިމޭވާގައި ކާން ބޭނުންކުރަނީ އެތެރޭގެ އޮށްތަކުގެ ބޭރުން އޮންނަ ބައެވެ. ގިނައިން ބޭނުންކުރަނީ ފަނި ގިރަން ކަމަށްވި ނަމަވެސް މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ. މިއީ ދޮންވުމުން މަޑު ރީނދޫ ކުލައިގައި ހުންނަ މޭވާ އެކެވެ. ކަޅުހުއްތުމޭވާ ކެއުމުގެ އިތުރުން ޖޭމު ތައްޔާރުކޮށްގެންނާއި،ފަނިގިރައިގެން ވެސް ބޭނުންކޮށް އުޅެއެވެ.

ތަފްޞީލު...



ދިވެހި އަތަ

dhivehi-athaދިވެހި އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދިވެހި އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.

ތަފްޞީލު...



މުރާކި

muraaki-1މުރާކި އަކީ ހުތް ފޮނި ރަހައެއްލާ ކުޑަ ފަސް އޮށެއްގެ ސައިޒެއް އޮންނަ، މޭވާ އެކެވެ. މިއީ އާންމުކޮށް ރަށްރަށުގެ ޖަންގަލި ތެރޭގައި ހެދޭ ގަހެކެވެ. މިއީ ވެސް ކެއުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ބޭރު ގައުމުތަކުގައި ޖޭމް ފަދަ ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކުރުމަށް ވެސް މުރާކި ބޭނުންކުރާ ކަމަށް ވެއެވެ. ދަނޑު ގޮވާންކުރާ އުޞޫލުން ދިވެހިރާއްޖޭގައި މުރާކި ހައްދައެއް ނޫޅެއެވެ.

ތަފްޞީލު...



ޗެރީ

cherry-1ޗެރީ އަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ޗެރީ އަކީ ވެސް އޭގައި ވިޓަމިންތަކާއި، މަޢުދަންތައް އެކުލެވޭ އަދި އެހެނިހެން ކާނާގެ މުހިއްމު ބައިތައް ގުދުރަތީގޮތުން އެކުލެވިފައިވާ މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގަޔާއި، ޖޫސް ގިރައިގެންނާއި، ޖޭމު ހަދައިގެން ވެސް ޗެރީ ބޭނުން ކުރެއެވެ. ޗެރީގެ ތެރޭގައި ފޮނިރަހަދޭ ޗެރީ އާއި، ހުތްރަހަދޭ ޗެރީ ހުރެއެވެ. ޗެރީއަށް އޭގެ ބޭރުގައި ހުންނަ މަޑު ރަތްކުލަ ލިބިފައިވަނީ އޭގައި ހުންނަ "އެންތޯސިއެނިން"ގެ މަތީ ތާސީރުގެ ސަބަބުންނެވެ.

ތަފްޞީލު...



ގްރޭޕްފުރުޓް

grape-fruit-1ގުރޭޕްފުރުޓަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ގުރޭޕްފުރުޓް ބޭނުންކުރެވެނީ މޭވާއެއްގެ ގޮތުގައި ކެއުމަށާއި، ފަންޏާއި ޖޫސްފަދަ ތަކެތި ތައްޔާރުކޮށްގެން ބުއިމަށެވެ. ގްރޭޕްފުރުޓް ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ގްރޭޕްފުރުޓަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު...

ތަފްޞީލު...



ފާގަ

faaga-1ފާގަ އަކީ މަޑު ފޮނި ރަހައެއް ދޭ އެއްޗެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ވެސް ބެލެވިދާނެ އަދި ތަރުކާރީއެއްގެ ގޮތުގައި ވެސް ބެލެވިދާނެ ބާވަތެކެވެ. ފާގައިގެ ތަފާތު ވައްތަރުތައް ހުރެއެވެ. ދޮންވުމުން ރީނދޫ އަދި ރަތް ކުލައިގައި ފާގަ ހުންނަކަން ފާހަގަ ކުރެވެއެވެ. އެކި ސައިޒުގެ ފާގަ ވެސް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ހިމެނޭ އެއްޗެކެވެ.

ތަފްޞީލު...



ބަނބުޅަބޮސް

babulha-1ބަނބުޅަބޮސް އަކީ ނާރިނގު، ނިޔަދުރު، ލިބޯ، ބޮޑު ލުބޯ، އަދި ފޮނި ލުބޯ ނިސްބަތްވާ ހުތްމޭވާ އާއިލާގެ މެންބަރެކެވެ. މިއީ ރޯމޭވާގެ ގޮތުގަޔާއި، ފަނިގިރައިގެން، އަދި ސަލަޑް އާއި، ފޮނިކާތަކެތީގައި ހިމަނައިގެން ބޭނުންކޮށް އުޅޭ މޭވާ އެކެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.