ހޮނިހިރު20171216

އާކުރެވުނީ: 09:46:14

ކާނާ

ދަނޑި އަލުވި

 dhadi_aluvi_1ދަނޑިއަލުވި އަކީ ކާބޯހައިޑްރޭޓް އިން މުއްސަދިވެފައިވާ ، ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭ ކާނާގެ ބާވަތެކެވެ. ފެޓް އަދި ޕްރޮޓީން މަދު މިކާނާ ގައި ކޮންމެ ވެސް މިންވަރަކަށް ފޮސްފަރަސް އަދި ކެލްސިއަމް އެކުލެވިގެން ވެއެވެ. ދަނޑި އަލުވި ގަހުގެ ފަތަކީ ވެސް ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ފަތް ބޭނުންކުރެވެނީ ކައްކައިގެންނެވެ. ސޯޑިއަމް ވެސް ކޮންމެވެސް މިންވަރަކަށް އެކުލެވެއެވެ.

ތަފްޞީލު...



ދޮންކެޔޮ

dhonkeyo-1ދޮންކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ދޮންކޭލަކީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ދޮންކޭލުގެ ތެރޭގައި ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި މާޅޮސް ކެޔޮ، ފުސްކެޔޮ، ކަދިލި ކެޔޮ، ބޮންތި ރަތްކެޔޮ، އަދި މިނޫން ވައްތަރުތައް ވެސް ހިމެނެއެވެ. ދޮންކެޔޮ ބޮޑަށް ބޭނުންކުރެވެނީ މޭވާއެއްގެ ގޮތުގައި ކެއުމަށް ކަމަށްވިޔަސް، ފަނިގިރައިންނާއި، ކައްކައިގެންނާއި، ޖޭމުގެ ގޮތުގަޔާއި، ކުޑަކުދިންނަށްދޭ ކާނާގެ ބާވަތްތައް ތައްޔާރު ކޮށްގެން ވެސް ދޮންކެޔޮ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...



ޖުމުހޫރީމޭވާ

Passionfruit-1ޖުމުހޫރީމޭވާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. މިއީ ހުތް ފޮނި ރަހައެއް ހުންނަ މޭވާ އެކެވެ. ތަފާތު ވައްތަރުތައް ހުންނަ ޖުމުހޫރީ މޭވާ އާންމުކޮށް ބޭނުންކޮށް އުޅެނީ ފަނި ގިރައިގެން ބުއިމަށާއި، މޭވާއެއްގެ ގޮތުގައި ކެއުމަށެވެ. ނަމަވެސް ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރު ކުރުމުގައި ވެސް ބޭނުންކުރާކަން ފާހަގަކޮށް ލެވެއެވެ. ޖުމުހޫރީ މޭވާ އަކީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ އެތައް ބާވަތްތަކެއް އެކުލެވިގެންވާ މޭވާ އެކެވެ.

ތަފްޞީލު...



ދިގު ތޮޅި

tholhi_1ތަފާތު ވައްތަރުގެ ތޮޅިތައް ކެއުމުގައި ހިމެނުމަކީ ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެކެވެ. ލޭގެ ހަކުރުގެ މިންވަރު ސާބިތު ކަންމަތީ ހިފަހައްޓައި ދެއެވެ. ތަފާތު ވައްތަރުގެ ވިޓަމިން އަދި މައުދަންތައް ތޮޅީގެ އެކި ބާވަތްތަކުގައި އެކުލެވިގެން ވެއެވެ.

ތަފްޞީލު...



ފައިދާހުރި ކާނާގެ ބައެއް ބާވަތްތައް

kaanaa-mainއަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ މުއްސަދިވެފައިވާ މޭވާ އެކެވެ. މީގެ އިތުރުން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް އަނބުގައި އެކުލެވިގެންވެއެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަގަޅުކުރުމަށް އަނބަކީ ފައިދާހުރި ބޭނުންތެރި މޭވާއެއް ކަމުގައިވަނީ ބެލެވިފައެވެ. އަނބަކީ ފީނޮލިކް ކަމްޕައުންޑް ތައް އެކުލެވޭ ކާނާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފީނޮލިކް ކަމްޕައުންޑް އެކުލެވޭ ކާނާގެ ބާވަތްތަކަކީ ހިތުގެ ބަލިތަކާއި، ކެންސަރު ފަދަ ބަލިތަކުން ހިމާޔަތްކުރުމުގައި އެހީވެދޭ ބާވަތްތަކެވެ.

ތަފްޞީލު...



މުރަނގަ ތޮޅި

muraga_tholhi_1ކުޑަގޮހޮރުގައި ފަނި އަށަގަތުން ނުވަތަ އާލާވުން މުރަގަތޮޅި ރިހަ ބޭނުން ކުރާނަމަ ދުރުކޮށްދެއެވެ. ހުންކޮށި ބޮޑުވުން، ފުރަމޭ ބޮޑުވުން، ވާގިނެތުން، ޖުޒާމް ބަލި، އިދިފުށަށް ދަމާބަލި، އަދި ހުޅުތަކުގައި ރިހުން ފަދަ މައްސަލަތަކަށް ފަރުވާއެއް ގެ ގޮތުގައި މުރަގަތޮޅިން ތައްޔާރު ކުރެވޭ ސުރުވާ ނުވަތަ ސޫޕް ބޭނުންކުރެއެވެ.

ތަފްޞީލު...



ތަފާތު ބާވަތްތަކުގެ ފެހިކަން ގަދަ ފަތްތައް

fai_1

ފެހި ކަން ގަދަ ނުވަތަ ފެހިކުލަ ގަދަ ފަތްތަކަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިން އަދި ތަފާތު މައުދަން ތައް އެކުލެވޭ ބާވަތްތަކެކެވެ. މަސް ފަދަ ޕްރޮޓީން ހިމެނޭ ބާވަތެއް ކެއުމުގައި ނުހިމަނާ ފަހަރަކު ފަތް ބޭނުންކުރުމުން ޕްރޮޓީންގެ ބައި ހޯދައިދޭނެއެވެ.

ތަފްޞީލު...



ސައި ބުއިމުން ލިބިދާނެ ބައެއް ފައިދާތައް

sai1- ސައިގައި އެންޑި އޮކްސިޑެންޓް އެކުލެވިގެން ވެއެވެ. މިމާއްދާ އަކީ އުމުރުން ދުވަސް ވުމުން ކުރިމަތިވާ އުދަގޫތަކާއި ވައި ނުސާފުވުން ދިމާވާ ކަންތައްތަކުން ހިމާޔަތްވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

2- ކޮފީއަށްވުރެ ސައިގައި ކެފޭއިން ހުންނަ މިންވަރު މަދެވެ. 8އައުންސް ކޮފީ ބޭނުންކޮށްގެން ތައްޔާރުކުރާ ކޮފީ ޖޯޑެއްގައި 135މގ ގެ ކެފޭއިން އެކުލެވެއެވެ.

ތަފްޞީލު...



ކުލަގަދަ ޗޮކްލެޓް: ލޭގެ ޕްރެޝަރ ދަށްކުރުމުގައި އެހީވެދޭ.

kulagadha-chocoއެމެރިކާގެ ދިރާސާކުރާ ޓީމަކުން ކަޅު ނުވަތަ ކުލަގަދަ ޗޮކްލެޓް ކެއުމަކީ ލޭގެ ޕްރެޝަރ ދަށްކޮށްދޭ އެއްޗެއްކަމަށް ހާމަކޮށްފިއެވެ. މިކަންތަޖުރިބާ ކުރުމުގެ ގޮތުން ލޭމައްޗަށް ދިއުން ހުންނަ ބަޔަކަށް 2ހަފްތާ ވަންދެން ކުލަގަދަ ޗޮކްލެޓްގެ 100ގްރާމް ޗޮކްލެޓް ކާންދެވުނެވެ. އެއަށްފަހު އެމީހުންގެ ލޭގެ ޕްރެޝަރ ބެލުމުން އެގުނީ އެމުއްދަތުގެ ތެރޭގައި ޕްރެޝަރ ކުރިއަށް ވުރެ ތިރިވެފައިވާކަމެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.