އާދީއްތަ20171217

އާކުރެވުނީ: 09:46:14

އަނޯނާ

anona-1އަނޯނާ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. އަނޯނާ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ވެސް ބޭރުތޮށި ފެހިކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. އަނޯނާ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ދިވެހި ނަން : އަނޯނާ
އިގިރޭސި ނަން : Soursop
ޢިލްމީ ނަން : Annona Muricata/ Annona Graviola

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
7 މިލިގްރާމް ސޯޑިއަމް 75 ކިލޯކެލަރީ ހަކަތަ
287 މިލިގްރާމް ޕޮޓޭސިއަމް 17.71 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.57 ގްރާމް ޕްރޮޓީން
10 މިލިގްރާމް ކެލްސިއަމް 0.68 ގްރާމް ފެޓް
0.069 މައިކްރޯ ގްރާމް ކޮޕަރ 3 ގްރާމް ފައިބަރު
0.27 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
17 މިލިގްރާމް މެގްނީޒިއަމް 23 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.093 މިލިގްރާމް މެންގަނީޒް 0.644 މިލިގްރާމް ނިއެސިން
26 މިލިގްރާމް ފޮސްފަރަސް 0.345 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.257 މިލިގްރާމް ޕައިރިޑޮކްސިން
0.16 މިލިގްރާމް ޒިންކް 0.131 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.101 މިލިގްރާމް ތިއެމިން
0 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 51 އައިޔޫ ވިޓަމިން އޭ
2 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 12.6 މިލިގްރާމް ވިޓަމިން ސީ
1 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.27 މިލިގްރާމް ވިޓަމިން އީ
6 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 0 މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

ނޯޓް: ދަނޑިގަޑު އަތަ، ދިވެހި އަތަ، އަނޯނާ ނިސްބަތްވަނީ އެއްއާއިލާ އަކަށެވެ. އެހެންކަމުން މިއިން ކޮންމެ މޭވާއަކުން ކާނާގެ ބައިތައް ފޯރުކޮށްދެނީ ދާދި އެއްވަރަކަށެވެ.

އަނޯނާ އިން ލިބޭ ޞިއްޙީ ފައިދާތައް

• ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ރައްކާތެރިކޮށްދިނުން : އަނޯނާ އަކީ ވިޓަމިން ސީ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. ވިޓަމިން ސީ ގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ އެސިޑްގެ މިންވަރު މަތިކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަކަމުދާ ތަކެތީގައި ހިމެނޭ ގެއްލުންދެނިވި ބެކްޓީރިޔާ ތަކުގެ މިންވަރު ދަށްކުރެއެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ދިފާޢީ ބާރުގަދަކޮށްދޭ މާއްދާ އެކެވެ. އަދި އެންޓި އޮކްސިޑެންޓަކަށް ވިޓަމިން ސީ ވުމުން ނުރައްކާތެރި ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދީ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ކުޑަކުރެއެވެ.

- އަނޯނާ ޖޫސް ދުވާލަކު 2 ފަހަރު ބޭނުންކުރުމަކީ ވެސް، ފުރަމޭ އާއި ގުރުދާގެ މައްސަލަތައް ހައްލުކޮށްދޭ ކަމެކެވެ. އެގޮތުން ހީސްހޮޅީގައި ޖަރާސީމް އެޅުން، އަދި ކުޑަކަމުދާ ތަކެތީގައި ލޭހުރުމުގެ މައްސަލައަށް ލުއިކަން އަނޯނާ ޖޫސް ބޭނުންކުރުމުން ލިބޭކަމަށް ވެއެވެ.

• ބަނޑުހިކުން : އަނޯނާ އަކީ ފައިބަރުން މުއްސަދި މޭވާއަކަށްވުމުން، އޭގެ ސަބަބުން، ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑުހިކުން ދުރުކޮށް، ބަނޑު ފަސޭހަކޮށްދީ، ފަސޭހައިން ބޮޑުކަމުދެވޭގޮތް ވެއެވެ. އަދި ފައިބަރު ބޭނުންކުރުމަކީ ބަނޑު ސާފުކުރުމުގެ އިތުރުން، ގޮހޮރުގެ މައްސަލަތަކަށް ވެސް ލުއިކަން ގެނެސްދޭ ކަމެކެވެ.

• ފައި މަސްގުޅަކައި، ވާޅުވުން ކުޑަކުރުން : އަނޯނާގައި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. ޕޮޓޭސިއަމް، ކެލްސިއަމް، މެގްނީޒިއަމް، އަދި ސޯޑިއަމް ހަށިގަނޑުގައި މަދުވުމަކީ، ހަށިގަނޑުގެ މަސްތައް ވާޅުވެ، ގުޅަކައި، ނިކަމެތިވާ ކަމެކެވެ.

• ހަށިގަނޑުގައި ފެންހަރުލުން ކުޑަކުރުން : މައްސަރުކަންތައް ޖެހުމުގެ ކުރިން ހަށިގަނޑުގައި ފެންހަރުލުން މެދުވެރިވާ އަންހެނުންނަށް އަނޯނާގައި ހިމެނޭ މެގްނީޒިއަމްގެ ސަބަބުން، މަންފާ ލިބެއެވެ. އެއީ މެގްނީޒިއަމްގެ ސަބަބުން، މިބުނި މައްސަލައަށް ލުއިކަން ގެނެސްދޭތީ އިެވެ.

• ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް އެހީތެރިވުން : ވަރުބަލިކަން އިހްސާސް ވާނަމަ އަނޯނާއެއް ބޭނުންކުރާށެވެ. "އެއިރޯބިކް އެނާރޖީ ޕްރޮޑަކްޝަން" އަށް ބޭނުންވާ ތިއެމިން އަނޯނާގައި ހުރެއެވެ. މިއީ ހަކުރު ހަކަތައަށް ބަދަލުކުރުމަށް، އެހީތެރިވާ މާއްދާ އެކެވެ.

• ކަށިތައް ވަރުގަދަކުރުން : އަނޯނާގައި ކެލްސިއަމް، ފޮސްފަރަސް، ކޮޕަރ، މެގްނީޒިއަމް، މެންގަނީޒް، އަދި ޒިންކް ހުރެއެވެ. މިހުރިހާ މާއްދާތަކަކީ ވެސް ކަށި ވަރުގަދަކޮށް، ރަގަޅަށް ބެހެއްޓުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. ޒިންކް އަދި ކޮޕަރ އަކީ ކެލްސިއަމް ހަށިގަނޑަށް ނެގުމަށް ވާގިވެރިވާ، ވިޓަމިން ޑީ ގެ މަސައްކަތް ހަލުވިކޮށްދޭ މާއްދާ ތަކެކެވެ. އެހެންކަމުން އަނޯނާ ބޭނުންކުރާނަމަ އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމުގެ މައްސަލަ މެދުވެރިވުން ކުޑަވާނެއެވެ.

• ހަށިގަނޑުގައި ރަގަޅު ސަރުބީގެ މިންވަރު މަތިކުރުން : ހަށިގަނޑުގެ ސަރުބީގެ މިންވަރާއި މެދު ހިތްހަމަ ނުޖެހޭނަމަ، އަނޯނާއެއް ކާށެވެ. ދިރާސާތަކުން ދައްކާގޮތުގައި، އަނޯނާގައި ހިމެނޭ ނިއެސިން އަކީ ރަގަޅު ކޮލެސްޓްރޯލް ގެ މިންވަރު ހަށިގަނޑުގައި އިތުރުކޮށްދޭ މާއްދާ އެކެވެ.

anona-2• މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް ކުޑަކުރުން : އަނޯނާގައި ފޮލިކް އެސިޑް ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމަކީ މާބަނޑު ދުވަސްވަރު މާބަނޑު އަންހެނާއަށް ދިމާވާ ތަފާތު ނުރައްކާތައް ކުޑަކޮށްދޭ ކަމެކެވެ. ފޮލިކް އެސިޑް މަދުވުމަކީ ބައިގެންދިއުން މެދުވެރިކޮށް، ލިބޭ ތުއްތު ދަރިފުޅުގެ ހަށިގަނޑު ޢައިބު އުފެދެން ދިމާވާ ކަމެކެވެ.

• ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : އަނޯނާގައި ދަގަނޑު ހުރެއެވެ. ދަގަނޑު މަދުވުމަކީ ލޭގެ ރަތް ސެލްތަކުގެ މިންވަރު ދަށްވެ، ލޭމަދުވުން މެދުވެރިވާނެ ކަމެކެވެ. ހަށިގަނޑުގެ ހުރިހާ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދެނީ ލޭގައި ހިމެނޭ ރަތް ސެލްތަކުގެ އެހީގައެވެ.

• ބޮލުގެ އެއްފަޅީގައި ރިހުން : އަނޯނާގައި ރައިބޯފްލެވިން ހުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރައިބޯފްލެވިން ހުންނަ ކާނާ ބޭނުންކުރުމަކީ ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންނަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.

• ކެންސަރުން ރައްކާތެރިވުން : އަނޯނާ ބޭނުންކުރުމަކީ ކެންސަރާއި ގުޅިގެން އުފެދެމުންދާ ސެލްތައް މަރާލާ ކަމެއްކަމަށް ބުނެއެވެ. ބައެއް ކެންސަރުގެ ސެލްތައް "ކީމޯތެރަޕީ" ގެ ފަރުވާއަށް ނުގުޑާތީ، ކީމޯތެރަޕީ ބޭނުންކުރުމަށް ވުރެވެސް އަނޯނާ ބޭނުންކުރުން ރަގަޅުކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޖަނަވާރު ބޭނުންކޮށްގެން ހެދިފައިވާ، ބައެއް ލެބޯޓްރީ ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި، "ގްރެވިއޯލާ އެކްސްޓްރެކްޓް" އަކީ ކީމޯތެރަޕީ އަށް ނުގުޑާ، އުރަމަތީ ކެންސަރުގެ ސެލްތަކާއި، ފުރަމޭގެ ކެންސަރުގެ ސެލްތައް މަރާލާ އެއްޗެކެވެ. ނަމަވެސް މިފަދަ ދިރާސާއެއް އިންސާނުންނަށް އަމާޒުކޮށްގެން ހެދިފައިނުވާތީ، އަނޯނާ ބޭނުންކުރުމުން ކެންސަރަށް ފަރުވާ ލިބޭކަމަށް އަދި ޔަގީންކަމާއެކު ހޯދިފައެއް ނެތެވެ.

- ނަމަވެސް، ބައެއް ފަރާތްތަކުން ބުނާގޮތުގައި، އަނޯނާ ފަތަކީ ކެންސަރަށް ތަބީޢީ ގޮތުން ފަރުވާކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަނޯނާ ގަހުގެ ފަތުގެ ސަބަބުން ކެންސަރުގެ ސެލްތައް މަރާލުމާއެކު، ހަށިގަނޑުގައި ހިމެނޭ ރަގަޅު ސެލްތައް ހެދިބޮޑުވުމަށް ބާރުއަޅައި، ކެންސަރުގެ ފަރުވާގައި ދެވޭ ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވާ ބޮލުން އިސްތަށިފޭބުމާއި، މޭނުބައިކުރުމުގެ އުދަނގޫ ކުޑަކޮށްދެއެވެ.

- އަނޯނާގައި ބާރުގަދަ އެންޓި އޮކްސިޑެންޓް ވިޓަމިން ސީ ހުރެއެވެ. މިއީ ނުރައްކާތެރި ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދީ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ކުޑަކުރެއެވެ.

- ދެކުނު ކޮރެޔާގެ ކެތޮލިކް ޔުނިވަސިޓީ އިން ހަދާފައިވާ ދިރާސާއެއް ބުނާގޮތުން އަނޯނާގައި ހުންނަ ބައެއް ކެމިކަލްތަކަކީ ގޮހޮރުގެ ކެންސަރުގެ ސެލްތައް މަރާލުމުގައި ކީމޯތެރަޕީގައި ބޭނުންކުރާ "އެޑްރިއެމިސިން" އަށްވުރެ ވެސް ރަގަޅު އެއްޗެކެވެ. ކީމޯތެރަޕީގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ކެންސަރު ސެލްތައް މަރާލުމާއެކު، ރަގަޅު ސެލްތަކަށް ވެސް ގެއްލުން ވެއެވެ. ނަމަވެސް އަނޯނާފަދަ އެއްޗެއް ބޭނުންކުރުމުން ހަމައެކަނި ގެއްލުން ލިބެނީ ކެންސަރުގެ ސެލްތަކަށެވެ.

• އުނަގަނޑުގައި ރިހުން ކުޑަކުރުން : އަނޯނާ ފަތުން ސައި ހަދައިގެން ބުއިމަކީ އުނަގަނޑުގައި ހުންނަ ރިހުން ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން ދުވާލަކު އަނޯނާ ފަތުގެ ސައި ތައްޓެއް ބުއިމަކީ އުނަގަނޑު ހިމެނޭ ހިސާބުގެ މަސްތަކުގައި އުފެދޭ ވާންވުންތަކާއި، ގުޅަކެއުންތައް، އަދި ދުޅަވުންތައް ތިރިކޮށްދީ، އެކަންކަމަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.

• ހަމުގެ މައްސަލަތައް : އަނޯނާ ފަތް ފިނިފެނުގައި ޗިސްކޮށްފައި، މޫނުގައި ހުންނަ އޮށާޅަ، އަދި ބިހިތަކުގައި އުގުޅުމަކީ އޮށާޅަނެގުން ކުޑަކޮށްދީ، މޫނު ސާފުކޮށް، ހަމުގެ މައްސަލަތައް ކުޑަކޮށްދޭ ކަމެކެވެ. ގައިގައި ހުންނަ ފާރުގަނޑުގައި އަނޯނާގެ އެތެރޭގައި އޮންނަ ކާންބޭނުންކުރާ ބައި އުގުޅުމުން ފާރުގަނޑު އަވަހަށް ފަސޭހަވާކަމަށް ވެއެވެ. އަދި އަނގަފާރާއި، ހަމުގައި އިންފްލެމޭޝަން އުފެދުމުގެ ތަފާތު ޙާލަތްތަކުގައި ވެސް އަނޯނާގެ އެހީ ހޯދިދާނެއެވެ.

• ހިތުގެ ދުޅަހެޔޮކަން : އަނޯނާ އަކީ ސޯޑިއަމް މަދު، ސަރުބީ، އަދި ތެޔޮ ނުހުންނަ މޭވާ އެކެވެ. އަދި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. މިއީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކަންކަމެވެ. މީގެ އިތުރުން އަނޯނާގައި ނިއެސިން ހުރެއެވެ. ނިއެސިން އަކީ ހަށިގަނޑުގައި ރަގަޅު ސަރުބީގެ މިންވަރު މަތިކުރާ މާއްދާ އެކެވެ.

• އެހެނިހެން ކަންތައްތައް :-

o އަނޯނާ މަލަކީ ކަރާއި، ނޭފަތާއި، ސައިނަސްގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ. ރޯގާ ޖެހުމުން ބޭރުވާ އަރިދަފުސް އައުން ހުއްޓުވައި، ނޭފަތާއި ކަރުތެރެ ހިރުވުން ކުޑަކޮށް ދެއެވެ.

o އަނޯނާ ފަތް ޗިސްކޮށްފައި ބޮލުގައި އުގުޅުމަކީ ބޮލުގައި ހުންނަ އުކުނުތައް މަރުވާ ކަމެކެވެ. އަދި ތައްމަކުނުތައް ވެސް މަރާލާ ކަމެކެވެ.

o ކެއްސުން، ބޭރަށްހިންގުން، ހަޖަމުގޯސްވުން، އަދި ހުމަށް ފަރުވާކުރުމަށް ވެސް އަނޯނާގެ ބޭނުން ހިފައެވެ.

ނޯޓް : ދިވެހި އަތަ އާއި، ދަނޑިގަޑު އަތަ އަދި އަނޯނާ އަކީ ވެސް އަނޯނާ އާއިލާއަށް ނިސްބަތްވާ މޭވާތަކަށް ވުމުން އެމޭވާ ތަކުގެ ޞިއްޙީ ފައިދާތައް ބަލާލުން މުހިއްމެވެ. އަދި މި3 ބާވަތުގެ މޭވާ އަކީ ވެސް ޞިއްޙީ ގޮތުން ދާދި އެއްފައިދާ ތަކެއް ގެނެސްދޭ މޭވާތަކެއް ކަން ހަދާން ބެހެއްޓުން މުހިއްމެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.