ހޮނިހިރު20171216

އާކުރެވުނީ: 09:46:14

ކުންނާރު

kunnaaruކުންނާރަކީ ހުތް ފޮނި މޭވާ އެކެވެ. މިއީ ބިޔަ ގަހެއްގައި އަޅާ ކުދިކޮށް ހުންނަ މޭވާ އެކެވެ. ކުންނާރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ކުންނާރަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ކައިއުޅޭ މޭވާއެކެވެ. ކުންނާރު ރިހާކުރު، ލޮނު، އަދި މިރުހާ އެއްކޮށްގެން ކުންނާރު މަޖާ ހަދައިގެން ވެސް ކައިއުޅޭކަން ފާހަގަ ކުރެވެއެވެ.

ދިވެހި ނަން : ކުންނާރު
އިގިރޭސި ނަން : Jujube
ޢިލްމީ ނަން : Ziziphus Zizyphus

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
3 މިލިގްރާމް ސޯޑިއަމް 79 ކިލޯކެލަރީ ހަކަތަ
250 މިލިގްރާމް ޕޮޓޭސިއަމް 20.23 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.20 ގްރާމް ޕްރޮޓީން
21 މިލިގްރާމް ކެލްސިއަމް 0.20 ގްރާމް ފެޓް
0.1 މިލިގްރާމް ކޮޕަރ - ފައިބަރު
0.5 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
10 މިލިގްރާމް މެގްނީޒިއަމް - ފޮލިކް އެސިޑް
- މެންގަނީޒް 0.900 މިލިގްރާމް ނިއެސިން
23 މިލިގްރާމް ފޮސްފަރަސް - ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.081 މިލިގްރާމް ޕައިރިޑޮކްސިން
0.1 މިލިގްރާމް ޒިންކް 0.040 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.020 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 40 އައިޔޫ ވިޓަމިން އޭ
- ކެރޮޓީން ބީޓާ 69 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ - ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
- ލައިކޯޕީން

ކުންނާރުން ލިބޭ ޞިއްޙީ ފައިދާތައް

• ވިޓަމިންތަކާއި މަޢުދަންތައް : ކުންނާރުގައި ވަރަށް ގިނަ މަޢުދަންތަކާއި ވިޓަމިންތައް ހުރެއެވެ. އެގޮތުން ކުންނާރުގައި ހުންނަ މައިގަނޑު މަޢުދަންތަކުގެ ތެރޭގައި، ޕޮޓޭސިއަމް، ފޮސްފަރަސް، މެންގަނީޒް، ސޯޑިއަމް، ޒިންކު، ދަނގަޑު، ކޮޕަރ، އަދި ކެލްސިއަމް ހިމެނެއެވެ. ކުންނާރުގައި ހުންނަ ވިޓަމިން ތަކުގެ ތެރޭގައި، ވިޓަމިން ސީ، ރައިބޯފްލެވިން، އަދި ތިއެމިން ހިމެނެއެވެ. ހުތްމޭވާތަކުގައި ހުންނަ ވިޓަމިން ސީގެ 20 ގުނަ ކުންނާރުގައި ހުރެއެވެ. ކުންނާރުގައި ހިމެނޭ ވިޓަމިންތަކާއި މަޢުދަންތަކުގެ ސަބަބުން:-
o ބަނޑުގައި ރިހުން ލުއިކޮދެއެވެ.
o ހަލާކުވެފައިވާ ކަރުތެރެ ރަގަޅުކޮށް ދެއެވެ.
o ހިތާއި ލޭހޮޅިތަކުގެ މަސައްކަތަށް ވާގިވެރި ވެއެވެ.
o ކާހިތްވުމަށް މަގުފަހި ކުރެއެވެ.
o ލޭހޮޅިތަކާއި ލޭނާރުތައް ސާފުކޮށް ދެއެވެ.

• އެމިނޯ އެސިޑް ތައް : ހަށިގަނޑު ފުރިހަމައަށް މަސައްކަތްކުރުމަށް ޕްރޮޓީންގެ ތެރޭގައި ގުނާލެވޭ 24 އެމިނޯ އެސިޑް ބޭނުންވެއެވެ. ކުންނާރުގައި 24-18 އާއި ދެމެދުގެ އަދަދަކަށް އެމިނޯ އެސިޑް ހުރެއެވެ. އެމިނޯ އެސިޑް ތަކަކީ:-

o ހަށިގަނޑުގެ ވަރަށް ގިނަ ބައިތަކުގެ މަސައްކަތްތަކަށް ބޭނުންވާ މާއްދާ ތަކެކެވެ. އެގޮތުން ކަށި، ހަން، މަސް، ހޯރމޯން، ލޭ، ނިއުރޯޓްރާންސްމިޓަރ ތައް، އަދި އެންޒައިމްތައް އުފައްދައި، އޭގެ މަސައްކަތްތައް ހަލުވިކޮށް ފުރިހަމަ ކުރުމުގައި އެމިނޯ އެސިޑްތަކުގެ ބޭނުން ހިފައެވެ.

o ހަށިގަނޑުން އުފައްދާ 50 ހާހަށްވުރެ ގިނަ ޕްރޮޓީންތައް އުފެއްދުމަށް ބޭނުންތެރި މާއްދާ ތަކެކެވެ.

o ތަފާތު ބަލިތަކާއި، އަދި ހަށިގަނޑުގައި ހެދޭ ފާރުގަނޑު ފަސޭހަވުމަށް އެހީތެރިވެދޭ މާއްދާ

• ކެންސަރުން ރައްކާތެރިކޮށްދިނުން : ކުންނާރުގައި ހިމެނޭ ފެނުގެ ބައި، އީރާންގެ ވެކްސިން އެންޑް ސީރަމް ރިސާރޗް އިންސްޓިޓިއުޓް އިން ވަނީ ދިރާސާކޮށްފައެވެ. 2008 ގެ ފެބްރުއަރީގައި ޝާއިޢުކުރި މިދިރާސާ ބުނާގޮތުން، ކުންނާރުގެ ފެނުގެ ބައިގައި ޓިއުމަރު ގެ ސެލްތައް ހުއްޓުވުން މަނާކުރެއެވެ. އަދި ބޭސްވެރިކަމުގެ ތެރޭގައި ބޭނުންކުރެވިދާނެ ބައެއް އޭގައި ހުރެދާނެ ކަމަށް ލަފާދީފައި ވެއެވެ. ކުންނާރުގައި ގިނައަދަދަކަށް އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އެކަމުގެ ސަބަބުން ތަފާތު ބާވަތްތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރި ވެއެވެ. އޭގެ ތެރޭގައި، ފުރަމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ. ކުންނާރު ފަނީގައި ކެންސަރުގެ ސެލްތައް މަރާލުމުގެ ބާރު ހުރެއެވެ.

ނަތީޖާއެއްގެ ގޮތުން ދިރެ ބޮޑުވަމުންދާ ޓިއުމަރުގެ ސެލްތަކުގެ އަދަދު ދަށްކުރެއެވެ.

- ކުންނާރުގައި ވަރަށް ގިނައިން "ބެޓޫލިނިކް އެސިޑް" ހުރެއެވެ. ކެންސަރުގެ ސެލްތައް މަރާލައިގެން "މެލާނޯމާ" ގެ އަސަރު ކުޑަކުރުމަށް ބެޓޫލިނިކް އެސިޑް ބޭނުން ކުރެވެއެވެ.

• ކުންނާރުގައި ގިނަ އަދަދަކަށް "އެންތޯސިއެނިން"، ވިޓަމިން ސީ، އަދި "ގެލިކް އެސިޑް" ހުރެއެވެ. މިމާއްދާތައް ހުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކަމެކެވެ. ކުންނާރުގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

• ކުންނާރުގައި ގުލްކޯޒް، ފްރަކްޓޯޒް، ރަމްނޯޒް، އަދި ސުކްރޯޒް، އެކުލެވިގެންވުމުން، ކުންނާރު ބޭނުންކުރުމުން ހަށިގަނޑަށް ހަކަތައާއި ބާރު ލިއްބައިދެއެވެ.

• ނިދިނައުން : ނިދިނައުމުގެ މައްސަލަ ހައްލުކޮށްދީ، ނުތަނަވަސްކަން ފިލުވައިލުން: ކުންނާރުގައި "ލިނޯލެނިކް އެސިޑް" އަދި "ލިނޯލެއިކް އެސިޑް" ހުރެއެވެ. މިއީ ސިކުނޑިއާއި، ނާރުތަކުގެ ނިޒާމް ރައްކާތެރިކޮށްދީ، ހާސްވެ ކަންބޮޑުވުން ފިލުވައިދީ، މޫޑު ހަމައަކަށް އެޅުވުމުގައި އެހީތެރިވާ މާއްދާ ތަކެކެވެ. މިއީ ނިދުމަށް އެހީތެރިވެދީ، ފިއްތުއްތަކުން ދުރުކޮށްދީ، ރުޅި އާއި ނުތަނަވަސްކަން ކުޑަކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކުންނާރުގެ ދިޔައިން ހޯދިފައިވާ ބާރުގަދަ ކެމިކަލް "ޖުޖޫބޮސައިޑް އޭ" އަކީ ސިކުނޑީގައިވާ "ހިޕޯކެމްޕަސް" އޭކިޔާ ހިސާބަށް ބާރުފޯރުވާ އެއްޗެކެވެ. އަދި މިއީ ނިދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

• ހަޖަމުކުރުމުގެ މައްސަލަތައް : ކުންނާރަކީ ވަރަށް ފަސޭހައިން ހަޖަމުކުރެވޭ މޭވާ އެކެވެ. މޭނުބައިކުރުމާއި ހޮނޑުލުން، އަދި ބަނޑުގައި ރިހުން ލުއިކުރުމަށް ކުންނާރު ބޭނުންކުރެވެއެވެ. އަދި މިއީ ބަނޑުގައި ވައިހެދުމުގެ މައްސަލަ ލުއިކޮށްދޭ މޭވާ އެއްވެސް މެއެވެ.

• ކުންނާރަކީ ލޭސާފުކޮށްދޭ އެއްޗެކެވެ. އެއީ އޭގައި ހިމެނޭ "ސެޕޯނިން"، "އެލްކަލޮއިޑް" އަދި "ޓްރައިޓަރޕެނޮއިޑް" ތަކުގެ ސަބަބުންނެވެ. ކުންނާރުގައި ފެން ގިނައިން ހުރުމަކީ ކުންނާރު ބޭނުންކުރުމުން، ކަރުހިއްކުން ފިލުވައިދޭ ކަމެކެވެ. ނޭވާކުރުވުމާއި، ދާހިއްލުމުގެ މައްސަލައަށް ވެސް ކުންނާރު ބޭނުންކުރުމުން ލުއިކަން ލިބެއެވެ.

• ދިފާޢީ ބާރު : ކުންނާރުގައި ހިމެނޭ ފައިޓޯކެމިކަލްތަކާއި، ވިޓަމިން ސީގެ ސަބަބުން، ފާރުގަނޑު ފަސޭހަވުން އަވަސްވެ، ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުކޮށް ދެއެވެ. އަދި މިމާއްދާތަކުގައި ހުންނަ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ ސަބަބުން، ރާއްޖެބައްޔާއި، އެހެނިހެން ހުޅުތައް ދުޅަވުމުގެ ބަލިތަކުން ކުރިމަތިވާ އުދަނގޫތައް ކުންނާރު ބޭނުންކުރުމުން ލުއިކޮށް ފަސޭހަކޮށްދެއެވެ.

• ފުރަމޭ ރައްކާތެރިކޮށްދިނުން : އެތްނޯފާމަކޮލޮޖީގެ 2009 އެޕްރީލް މަހުގެ އަދަދުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކުންނާރުގައި ފުރަމޭގެ މަސައްކަތެއް އީޖާބީ އަސަރެއް އެކުލެވިގެންވެއެވެ. އެރިޕޯޓްގައި ބުނެފައިވާގޮތުން އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކޮށްގެން ، ކުންނާރުން ފުރަމޭއަށް ރައްކާތެރިކަން ހޯދައިދެއެވެ. "އޮކްސިޑޭޓިވް ސްޓްރެސް" އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ގެއްލުންދޭ މަސައްކަތެކެވެ. އެންޓި އޮކްސިޑެންޓް ތައް ފްރީ ރެޑިކަލްތައް ސާފުކޮށް، އެއިން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް ދެއެވެ. އޮކްސިޑޭޓިވް ސްޓްރެސް އާއި ހަނގުރާމަ ކުރާނެ، ކެމިކަލްތައް ކުންނާރުގައި ހުރެއެވެ.

 ކުންނާރުގައި ހިމެނޭ "ބެޓޫލިނިކް އެސިޑް" އަދި "ޑައިހައިޑްރޯބެޓޫލިނިކް އެސިޑް" އަކީ އޭޑްސް ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ހުރެދާނެ މާއްދާތަކެއްކަމަށް ވެދާނެކަމަށް ދިރާސާތައް ބުނެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.