އާދީއްތަ20171217

އާކުރެވުނީ: 09:46:14

ޕީޗް

peachޕީޗް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތަކާއި، ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ތަފާތު އެތައް ވައްތަރެއްގެ އެތައް ކުލަތަކެއްގެ ޕީޗް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަ ކުލަތަކުގެ ތެރޭގައި، ހުދުކުލަ، އޮރެންޖް ކުލަ، ރީނދޫކުލަ، ރަތްކުލަ، އަދި ފިޔާތޮށި ކުލައިގެ ޕީޗް ހިމެނެއެވެ. ދިވެހި ނަން : ޕީޗް
އިގިރޭސި ނަން : Peach
ޢިލްމީ ނަން : Prunus Persica

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
0 މިލިގްރާމް ސޯޑިއަމް 39 ކިލޯކެލަރީ ހަކަތަ
190 މިލިގްރާމް ޕޮޓޭސިއަމް 9.54 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.91 ގްރާމް ޕްރޮޓީން
6 މިލިގްރާމް ކެލްސިއަމް 0.25 ގްރާމް ފެޓް
0.068މައިކްރޯގްރާމް ކޮޕަރ 1.5 ގްރާމް ފައިބަރު
1.60 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
9 މިލިގްރާމް މެގްނީޒިއަމް 4މައިކްރޯގްރާމް ފޮލިކް އެސިޑް
0.61 މިލިގްރާމް މެންގަނީޒް 0.806މިލިގްރާމް ނިއެސިން
11 މިލިގްރާމް ފޮސްފަރަސް 0.153މިލިގްރާމް ޕެންތޮނިކްއެސިޑް
0.17 މިލިގްރާމް ޒިންކް 0.025މިލިގްރާމް ޕައިރިޑޮކްސިން
- ސިލެނިއަމް 0.031މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.024މިލިގްރާމް ތިއެމިން
ކެރޮޓީން އަލްފާ 326 އައިޔޫ ވިޓަމިން އޭ
162 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 6.6 މިލިގްރާމް ވިޓަމިން ސީ
67 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.73 މިލިގްރާމް ވިޓަމިން އީ
91 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 2.6މައިކްރޯގްރާމް ވިޓަމިން ކޭ
- ލައިކޯޕީން

ޕީޗް އިން ލިބޭ ޞިއްޙީ ފައިދާތައް

• ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތު : ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަމަށް ސޯޑިއަމް މަދުވުމާއި، ޕޮޓޭސިއަމް ގިނަވުމަކީ ބޭނުންތެރި ކަމެކެވެ. ސޯޑިއަމް ގިނަވެ، ޕޮޓޭސިއަމް މަދުވުމަކީ ލޭމައްޗަށް ގޮސް، ހާޓް އެޓޭކް ޖެހުން އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުކުރުވާ ކަމެކެވެ. ޕީޗް އަކީ އޭގައި ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. މިސަބަބާހުރެ ޕީޗް ބޭނުންކުރުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި، ލޭމައްޗަށްދިއުމާއި، ގުރުދާގެ ބަލިތަކާއި، އަދި ލޭމަދުވުމުން ސަލާމަތްވުމަށް މުހިއްމު ކަމެކެވެ. އަދި މީގެ އިތުރުން ޕީޗްގައި ޑައެޓްރީ ފައިބަރު ހުރުމަކީ ލޭގެ ސަރުބީގެ މިންވަރު ދަށްކުރުމުގައި ވެސް އެހީތެރިވެދޭނެ ކަމެކެވެ.

• ހަޖަމުކުރުމުގެ ޞިއްޙަތު : ޕީޗް އަކީ ގިނަ އަދަދަކަށް ޑައެޓްރީ ފައިބަރު އެކުލެވޭ މޭވާ އެކެވެ. ފައިބަރު ގިނައިން ބޭނުންކުރުމަކީ ހަޖަމުކުރުން ފަސޭހަވެ، ބަނޑުހިކުން ރަގަޅުކޮށްދޭ ކަމެކެވެ. ޑައެޓްރީ ފައިބަރުގެ ދެވައްތަރެއް ހުރެއެވެ. އެއީ ފެނަށްގިރޭ ވައްތަރަކާއި ފެނަށްނުގިރޭ ވައްތަރެކެވެ. މީގެ ތެރެއިން ފެނަށް ނުގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީ، ގޮހޮރުގެ ފާރުގައި ހުންނަ ވިހަތައް ސާފުކޮށްދޭ އެއްޗެކެވެ. އަދި ބަނޑުގެ ރިހުން ކަނޑުވާލުމަށް ވެސް ޕީޗްގެ ބޭނުން ހިފައެވެ.

• ހަމުގެ ޞިއްޙަތު : ޕީޗް އަކީ ހަމުގެ ޓިޝޫތަކަށް ބޭނުންވާ ކާނާ ފޯރުކޮށްދީ، ހަމުގެ ޓިޝޫތައް އާކޮށްދޭ އެއްޗެކެވެ. މޫނުގައި ޕީޗް ޖޫސް އުގުޅައިފިނަމަ، މޫނު ސާފުވެފައި ތާޒާހެން ހީވާނެއެވެ.

• ލޮލުގެ ފެނުން ރަގަޅުކޮށްދީ، ރޭގަނޑު ރޯނާވުމުން ރައްކާތެރިކޮށްދިނުން: ޕީޗްގައި އެކުލެވޭ "ކެރޮޓިނޮއިޑް"(Carotenoid) އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، ރޭގަނޑު ރޯނާވުމުގެ މައްސަލަ ހުންނަ މީހުންނަށް އެހީތެރިވެދޭ މާއްދާ އެކެވެ. ކެރޮޓިނޮއިޑް ގެތެރެއިން ޕީޗްގައި ލައިކޯޕީން، ލޫޓިން، އަދި ޒިއެޒެންތިން ހުރެއެވެ. ކެރޮޓިނޮއިޑް ގައި ހިމެނޭ ބީޓާ ކެރޮޓީން އަށް ވިޓަމިން އޭ އަށް ބަދަލުވުމުގެ ގާބިލިއްޔަތު ލިބިފައި ވެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ އަލިދުލީ(Retina) ގައި ހުންނަ ރޭގަނޑު ތަންތަން ފެނުމަށް އެހީތެރިވެދޭ "ރޮޑޮޕްސިން"(Rhodopsin) އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.އަދި މީގެ އިތުރުން ވިޓަމިން އޭ އަކީ ލޯފުސްވުމުން ރައްކާތެރިކޮށްދީ، އުމުރުން ދުވަސްވުމުން ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން"ގެ މައްސަލަ ކުރިމަތިވުން ލަސްކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން އިރުގެ އަލިން ލޮލަށް ލިބޭ ގެއްލުން ވެސް ކެރޮޓިނޮއިޑް ގެ ސަބަބުން ކުޑަކޮށްދެއެވެ.

• ކެންސަރުން ރައްކާތެރިވުން : ޕީޗްގައި ހުންނަ ކެރޮޓިނޮއިޑް އަކީ ބައެއް ކަހަލަ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެއްކަން ވަނީ ހޯދިފައެވެ. އެގޮތުން މަސާނާ، ރަހިމުގެ ދޮރު، ޕްރޮސްޓޭޓް ގްލޭންޑް، ގޮހޮރު، އަދި ފުއްޕާމޭ ފަދަ ގުނަވަންތަކަށް ޖެހޭ ކެންސަރުން ރައްކާތެރިކޮށް ދިނުމުގައި ކެރޮޓިނޮއިޑް އެހީތެރިވެދެއެވެ. މީގެ އިތުރުން ޕީޗްގައި ވިޓަމިން ސީ އެކުލެވިގެންވުމަކީ ވެސް ދިފާޢީ ނިޒާމް ރަގަޅުކޮށް، ކެންސަރާ ދެކޮޅަށް ހަށިގަނޑު ކުރާ ހަނގުރާމާގައި އެހީތެރިކަން ފޯރުކޮށްދޭނޭ ކަމެކެވެ. ހަމަ މިހެން ޕީޗްގައި ފައިޓޯނިއުޓްރިއެންޓް ތައް ވެސް ހިމެނެއެވެ. ފައިޓޯނިއުޓްރިއެންޓް ތަކަކީ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޗައިނާގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ހަފްތާއަކު 2 ފަހަރަށްވުރެ ގިނައިން ޕީޗް ކާމީހުންނަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު އެބީދައިން ޕީޗް ނުކާމީހުންނަށްވުރެ ކުޑައެވެ.

• މާޔޫސްކަމާއި، ވަރުބަލިކަން ކުރިމަތިވެފައިވާ މީހުންނަށް ޕީޗްގައި އެކުލެވޭ ހަކުރާއި، ކާބޯހައިޑްރޭޓްގެ މިންވަރުގެ ސަބަބުން ތާޒާކަމާއި، ބާރު ގެނެސް ދެއެވެ. ޕީޗްގައި ފޮސްފަރަސް އެކުލެވޭތީ ނާރު ސެލްތަކަށް ލިބޭ ގެއްލުމުން ސަލާމަތްކުރުމަށް ޕީޗް ބޭނުންކުރުން އެހީއަކަށް ވެއެވެ. ޖަރާސީމްގެ ސަބަބުންޖެހޭ ބަލިތަކަށް ޕީޗް ބޭނުންކޮށްގެން ފަރުވާ ކުރެއެވެ. ޕީޗް ފަތް ނުވަތަ މާ ބޭނުންކޮށްގެން ތައްޔާރުކުރާ ސަޔަކީ ކެއްސުން ލުއިކުރުމަށް ބޭނުންކުރާ އެއްޗެކެވެ.

• ހެދުނު ސައިގެ ބަދަލުގައި ޕީޗް ބޭނުންކުރުމަކީ ގޮހޮރާއި، ފުރަމޭގެ މަސައްކަތްތައް ރަގަޅަށް އިންތިޒާމްކޮށްދޭ ކަމެކެވެ. އަދި މިއީ ލޭގެ "އަލްކަލަނައިޒޭޝަން"(Alkalinisation) އެއްހަމައެއްގައި ހިފަހައްޓައިދޭ ކަމެކެވެ. އެހެންކަމުން ކުޑަކަމުދާ ނިޒާމްގެ ބައިތަކުގައި ހިލައުފެދިއްޖެނަމަ، ގަވާޢިދުން ޕީޗް ކެއުމަކީ އެދެވިގެންވާ ކަމެކެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.